ބިލް ގޭޓްސްގެ އަމާޒު ސޯލާ ފާމްތައް އެޅުމަށް

ފާޠިމަތު އައިން ލަބީޤް 01 ސެޕްޓެމްބަރު 2022

ބޮޑެތި ސޯލާރ ފާމްތައް އިގްތިސާދީ ގޮތުން ފައިދާހުރި ގޮތެއްގައި ހެދުމަށް މަސައްކަތްކުރަމުންދާ ކުންފުންޏެއް ކަމަށްވާ ޓެރަބޭސް އެނާރޖީއަށް ބިލް ގޭޓްސްގެ ފަރާތުން ކޯ-ސައިން އެއް ލިބިއްޖެއެވެ. މި ފައިސާ ލިބުނީ ކްލައިމެޓް ޗޭންޖްގެ މައްސަލަތަކަށް ހައްލެއް ހޯދުމަށް މަސައްކަތްކުރަމުންގެންދާ ވެންޗާ ކެޕިޓަލް ކުންފުންޏެއް ކަމަށްވާ ބިލް ގޭޓްސް ގެ ބްރޭކްތްރޫ އެނާރޖީ ވެންޗާރސްއިނެނެވެ.

މިއީ ސޯލާ ޕަވާރގެ ޓެރަވެޓްސް، ޔޫޓިލިޓީ ސްކޭލް ސޯލާރ ފާމްތަކުގައި އިތުރުކުރުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

ފާއިތުވި ތިރީސް އަހަރުގެ ތެރޭގައި ސޯލާ ޕެނެލްތަކާއި އެހެނިހެން ފޮޓޯވޮލްޓިކް ޓެކްތަކުގެ އަގު ވަނީ ވަރަށް ބޮޑަށް ދަށަށްގޮސްފައެވެ. ޔުޓިލިޓީ ސްކޭލް ސޯލާ ފާމްތައް އެޅުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ބިން، މަސައްކަތު މީހުން، އަދި އިމާރާތްކުރަން ބޭނުންވާ ވެހިކަލްތަކާއި އެހެނިހެން ސާމާނުތަކަށް ހޯދުމަށް ދާ ހަރަދެވެ.

"ފާއިތުވި އަހަރުތަކުގެ ތެރޭގައި ސޯލާ ޕެނެލްތަކާއި އެހެނިހެން ހާޑްވެއާ ކޮމްޕޯނެންޓްތައް ޓެކްނޮލޮޖީގެ ގޮތުން ކުރިއެރުވުމަށް ސޯލާ އިންޑަސްޓްރީއިން ވަނީ ފޯކަސްކޮށްފަ. ނަމަވެސް އިންޖިނިއަރިންގް އާއި ކޮންސްޓްރަކްޝަންގެ ވަސީލަތްތަކުގެ އުސޫލަށް އެހާ ބޮޑު ބަދަލުތަކެއް އައިސްފައިނުވޭ." ބްރޭކްތްރޫ އިންޖިނިއަރިންގްގެ ކާމައިކަލް ރޮބާރޓަސް ބުނެފައިވެއެވެ.

މޫސުމާބެހޭ ލަނޑުދަނޑިތަކަށް ވާސިލްވުމަށް އެހީތެރިވެދޭނެ ޔުޓިލިޓީ ސްކޭލް ސޯލާ ޕަވަރ އަވަހަށް އަދި އަގުހެޔޮކޮށް އަޅަން ބޭނުންނަމަ އިންޑަސްޓްރީއިން ސޯލާ ފާމްތައް ޑިޒައިންކޮށް އަޅާ ގޮތަށް ބަދަލުތައް ގެންނަން ޖެހޭ ކަމަށްވެސް ރޮބާރޓްސް ބުންޏެވެ.

ފާޠިމަތު އައިން ލަބީޤް

ފާޠިމަތު އައިން ލަބީޤް

ފްރީލޭންސް ލިޔުންތެރިޔެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.