އައިފޯނުގެ ސެކިއުރިޓީ ފީޗާސް އެންޑްރޮއިޑަށްވުރެ މޮޅު

ފާޠިމަތު އައިން ލަބީޤް 04 ސެޕްޓެމްބަރު 2022

ދާދި ފަހުން ކުރި ސާވޭއަކުން ދައްކާ ގޮތުގައި އެންޑްރޮއިޑް ބޭނުންކުރާ މީހުންގެ ތެރެއިން 49% މީހުން އައިފޯނަށް ބަދަލުވުމުގެ ވިސްނުން ގެންގުޅެއެވެ. މީގެ މައިގަނޑް ސަބަބަކީ އެޕްލްގެ ޕްރައިވެސީ އާއި ސެކިއުރިޓީ، އެންޑްރޮއިޑް އަށްވުރެ މޮޅުވުމެވެ. ގިނަ ފަރާތްތަކުން ބުނެފައިވާގޮތުގައި ސެމްސަންގް ގެލެކްސީ އެސް20 އަލްޓްރާގެ ބަދަލުގައި އައިފޯން 13 ބޭނުންކުރުމުން ޕްރައިވެސީ ލިބި މާ ރައްކާތެރިކަން ބޮޑެވެ.

ކްލައުޑް ސާވިސެސްގެ ސަބަބުން އެންޑްރޮއިޑް އާއި އެޕްލް ބޭނުންކުރާ ފަރާތްތަކަށް ކުރާ އަސަރުވެސް ދިރާސާއިން ހާމަވެގެންދިޔައެވެ.

އަލަށް ނެރުނު އޮޕަރޭޓިންގް ސިސްޓަމްތަކުގެ ސެކިއުރިޓީ ފީޗާސް އިތުރަށް ރަނގަޅުކޮށްފައިވާތީ، އަންނަ މަހު އައިއޯއެސް 16 ނެރުމުން އެންޑްރޮއިޑް ބޭނުންކުރާ %33 މީހުން އައިފޯނަށް ބަދަލުވުމަށް ވިސްނަމުންދާކަމަށްވެސް ސާވޭއިން ދައްކައެވެ.

އައިފޯން ބޭނުންކުރާ ފަރާތްތަކުން 4-ޑިޖިޓް ޕިންތަކުގެ ބަދަލުގައި 6-ޑިޖިޓް ޕިން ބޭނުންކުރާތީ އައިފޯން ޔޫޒަރުން ޑިޖިޓަލް ސޭފްޓީއަށް ވަރަށް ބޮޑަށް ސަމާލުކަންދޭކަމަށްވެސް ރިޕޯޓުގައި ފާހަނގްކޮށްފައިވެއެވެ. އަދި އައިފޯންގެ ފޭޝަލް ރެކޮގްނިޝަންއާއި ލޮކޭޝަން ޓްރެކިންގް އެންޑްރޮއިޑް ފޯންތަކާ އަޅާބަލާއިރު މާ މޮޅުކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ފާޠިމަތު އައިން ލަބީޤް

ފާޠިމަތު އައިން ލަބީޤް

ފްރީލޭންސް ލިޔުންތެރިޔެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.