އެމޭޒަނުން ބުނެފައިވާ ގޮތުގައި މިދިޔަ ހޮނިހިރު ދުވަހު "ދަ ލޯޑް އޮފް ރިންގްސް: ދަ ރިންގްސް އޮފް ޕަވަރ" ގެ ފުރަތަމަ އެޕިސޯޑުން، ހަމައެކަނި ފުރަތަމަ ދުވަހު، ދުނިޔޭގެ އެކި ކަންކޮޅުތަކުން 25 މިލިއަނަށް ވުރެ ގިނަ މީހުންގެ މަގުބޫލުކަން ލިބި، އޭގެ ޕްރައިމް ވިޑިއޯ ސްޓްރީމިންގ ޚިދުމަތުގެ އެންމެ ފުރަތަމަ ޝޯއެއްގެ އެންމެ ފުރަތަމަ ބޮޑު ފެށުމަށް މި ޝޯ ވެގެން ގޮއްސިއެވެ.
މި ސީރީޒް ބިނާކޮށްފައި ވަނީ ޖޭ.އާރް.އާރް. ޓޯލްކިއެންގެ 'ލޯޑް އޮފް ރިންގްސް' ގެ ފޮތްތަކަށް ބިނާކޮށް ކަމުގައި ވާއިރު، މިއީ މިހާތަނަށް އުފެއްފި އެންމެ އަގުބޮޑު ޓީވީ ސީރީޒްއެވެ.
"ކޮންމެވެސް ގޮތަކުން ޓޯލްކިއަންގެ ވާހަކަތަކާއި ގުޅިގެން ދިޔުމަކީ މި ފަޚުރުވެރި ވަގުތުކޮޅަށް އަޅުގަނޑުމެން ވާޞިލްކޮށްދިން ކަންތައް،" އެމޭޒަން ސްޓޫޑިޔޫސްގެ ގެ އިސްވެރިޔާ ޖެނިފާރ ސޯލްކް ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
މި ޝޯގެ ޔޫކޭ ޕްރިމިއަރ ގައި، އެމޭޒަންގެ ފައުންޑަރ އަދި ބިލިއަނަރު ޖެފް ބެޒޯސް ވަނީ ފޭނުންނަށް މި ސީރީޒްއަކީ ކިހާ އަގުހުރި އެއްޗެއްކަމުގެ އިޝާރާތެއް ކޮށްފައެވެ. އޭނާ ބުނެފައިވާ ގޮތުގައި އޭނާގެ އެއް ފިރިހެން ދަރިފުޅު، ވާހަކައިގެ ހައްގުތައް އެމޭޒަނުން ގަންނަ ޚަބަރު ލިބުމުން "މިކަން ބޮއްސުން ލައިގެން ދިޔަ ނުދޭތި"، އެހެން ބުނެފައި ވާ ކަމަށެވެ.
އެމޭޒަން ޕްރައިމުން ކޮންމެ ހަފްތާއަކު ޝޯ ގެ އާ އެޕިސޯޑެއް ނެރުމައިގެން ކުރިއަށް ދާނެއެވެ.
މި މަހުގެ ކުރީ ކޮޅުގައި އެޗްބީއޯ އިން ބުނެފައި ވަނީ، 'ގޭމް އޮފް ތްރޯންސް' ގެ ޕްރީކުއެލް އެއް ކަމަށްޗާ 'ހައުސް އޮފް ދަ ޑްރެގަން' އަކީ އޭގެ ތާރީޚުގައި ފެނިގެން ދިޔަ އެންމެ ބޮޑު ސީރީސް ޕްރިމިއާއެވެ.
އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.