ގޫގުލް ކްރޯމް އަޕްޑޭޓް ސަސްޕިޝަސްކަމަށް މައިކްރޯސޮފްޓު ޓެގްކުރަނީ

ފާޠިމަތު އައިން ލަބީޤް 06 ސެޕްޓެމްބަރު 2022

މައިކްރޯސޮފްޓް ޑިފެންޑަރ ފޯ އެންޑް ޕޮއިންޓްއިން ގެންދަނީ ގޫގުލް އަޕްޑޭޓް މެދުވެރިކޮށް ޑެލިވަރީ ކުރާ ގޫގުލް ކްރޯމް އަޕްޑޭޓްތައް ސަސްޕިޝަސް އެކްޓިވިޓީގެ ގޮތުގައި ޓެގް ކުރަމުންނެވެ.

ވިންޑޯޒް ސިސްޓަމް އެޑްމިން ރިޕޯޓުތަކުން ބުނެފައިވާގޮތުގައި، ސެކިއުރިޓީ ސޮލިއުޝަން (މައިކްރޯސޮފްޓް ޑިފެންޑަރ އޭޓީޕީ) އިން މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ދަނީ ކްރޯމް އަޕްޑޭޓްތައް ސަސްޕިޝަސް އެކްޓިވިޓީގެ ގޮތުގައި މާކް ކުރަމުންއެވެ.

މި މައްސަލަ ދިމާވި ފަރާތްތަކުން ރިޕޯޓުކޮށްފައިވާގޮތުގައި ޑިފެންޑާރ ފޯ އެންޑްޕޮއިންޓް ބޭނުންކޮށްގެން މޮނިޓަރ ކުރެވޭ ވިންޑޯސް އެންޑްޕޮއިންޓްތަކުގައި "މަލްޓި ސްޓޭޖް އިންސިޑެންޓް އިންވޮލްވްއިންގް އެގްސެކިއުޝަން އެންޑް ޑިފެންސް އިވޭޝަން' އެލާޓްސްތައް ފެނިފައިވެއެވެ.

މި އެލާޓް ތަކުގެ ރިޕޯޓުތައް އޮންލައިންކޮށް ފެންނަން ފެށުމުން މައިކްރޯސޮފްޓްއިން ހާމަކޮށްފައިވާ ގޮތުގައި އެލާޓްތައް ޓްރިގާ ވެފައިވަނީ ފޯލްސް ޕޮޒިޓިވްއެއްގެ ސަބަބުންނެވެ.

ރިޕޯޓުތައް ލިބެން ފެށުނުތާ އެއްގަޑިއިރު ތެރޭގައި ފޯލްސް ޕޮޒިޓިވް އެޑްރެސްކުރެވި، ސާރވިސް ރީސްޓޯރ ކުރެވުނުކަމަށް މައިކްރޯސޮފްޓްއިން ބުންޏެވެ.

ފާއިތުވި ދެ އަހަރުގެ ތެރޭގައި ވިންޑޯސް އެޑްމިންތައްވަނީ ވަރަށް ގިނަ ޑިފެންޑާރ ފޯ އެންޑްޕޮއިންޓް ފޯލްސް ޕޮސިޓިވް މައްސަލަތަކާ ކުރިމަތިލާންޖެހިފައެވެ.

މިދިޔަ ނޮވެމްބަރު މަހު ޑިފެންޑަރ އޭޓީޕީއިން ވަނީ ފައިލްތައް އިމޯޓެތް މެލްވެއަރގެ ގޮތުގައި ފޯލްސް ޕޮސިޓިވްކޮށް ޓެގްކޮށް، އޮފީސް ޑޮކިއުމެންޓްތައް ލޯންޗުކުރުން ހުއްޓުވާފައެވެ. އަދި އޭގެ އެއް މަސް ފަހުން ލޮގް4ޖޭ ޕްރޮސެސްގެ ސްކޭނާރ ކަމަށްވާ މައިކްރޯސޮފްޓް 365 ޑިފެންޑާރ ސްކޭނާރގައި "ސެންސަރ ޓެމްޕަރިންގް" އެލާޓްސްވެސް ޑިސްޕްލޭކޮށްފައިވެއެވެ.

މިފަދަ އެހެން ޑިފެންޑަރ ފޯ އެންޑްޕޮއިންޓް މައްސަލަތަކުގެ ތެރޭގައި ކޯބަލްޓް ސްޓްރައިކް އިންފެކްޓްވެފައިވާ ނެޓްވޯކް ޑިވައިސްތަކާއި ޕީއެޗްޕީ ބެކްޑޯރސްގެ ގޮތުގައި ކްރޯމް އަޕްޑޭޓްތަކުގެ އެލާޓްތައް ހިމެނޭއިރު، މި ދެ މައްސަލަވެސް ދިމާވެފައިވަނީ ފޯލްސް ޕޮސިޓިވް ޑިޓެކްޝަންގެ ސަބަބުންނެވެ.

ފާޠިމަތު އައިން ލަބީޤް

ފާޠިމަތު އައިން ލަބީޤް

ފްރީލޭންސް ލިޔުންތެރިޔެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.