ޓިކްޓޮކްއަށް އެޑިކްޓްވެފައިވާ ދަރިވަރުންދަނީ އިމްތިހާން ދުވަސްވަރު އެ އެޕް ޑިލީޓްކުރަމުންނެވެ.
ސައިކޮލޮޖިސްޓަކު ބުނެފައިވާގޮތުގައި ޓިކްޓޮކްގެ ޕާރސޮނަލައިޒްޑް އަލްގޮރިތަމްގެ ސަބަބުން ގިނަ ޒުވާނުން ދަނީ އެ އެޕްއަށް އެޑިކްޓްވަމުންނެވެ. ބޭންގޯ ޔުނިވާސިޓީގެ ޑރ. ނިއާ ވިލިއަމްސް ބުނެފައިވާގޮތުގައި ޓިކްޓޮކް އެޑިކްޓިވް ވަނީ ސިކުނޑިއަށް ޑޮޕެމިން ރިލީސްކުރާތީއެވެ.
އުމުރުން 22 އަހަރުގެ އެލެނޮރ ކްރެބް ބުނެފައިވާ ގޮތުގައި އޭނާ ޓިކްޓޮކް ޑިލީޓްކުރީ އިމްތިހާނަށް ރިވައިޒްކުރުމުގެ ބަދަލުގައި ޓިކްޓޮކްގައި މާ ގިނަ ވަގުތު ހޭދަކުރެވޭކަން ފާހަނގަކުރެވުމުންނެވެ.
"ޓިކްޓޮކް ރީޑައުންލޯޑް ކުރާއިރު އަހަރެން މަސައްކަތްކުރަނީ އަލްގޮރިތަމްއިން މަޖާ ކޮންޓެންޓް ހޯދަން. ނަމަވެސް ގިނަ ފަހަރު ފެންނަނީ ފިޓްނަސްއާއި ފެޝަން ކޮންޓެންޓް. އަހަރެން ޓިކްޓޮކް ވަރަށް ލައިކްވޭ. އެކަމަކު ބައެއް ކޮންޓެންޓްގެ ސަބަބުން ވަކި ގޮތަކަށް ހެދުން އެޅުމަށް ނުވަތަ ވަކި އެއްޗެއް ގަތުމަށް ވަރަށް ބޮޑު ޕްރެޝާރ އިހްސާސްކުރެވޭ." އެލެނޮރ ބުންޏެވެ.
24 އަހަރުގެ އެޑް ބާރންސް ބުނެފައިވާ ގޮތުގައި އޭނާވެސް ވަނީ އިމްތިހާން ދުވަސްވަރު ޓިކްޓޮކް ޑިލީޓްކޮށްފައެވެ. ނަމަވެސް އެލެނޮރއާއި ހިލާފަށް އޭނާ އަލުން ޓިކްޓޮކް ޑައުންލޯޑެއްނުކުރެއެވެ.
"އެހެން ހުރިހާ ސޯޝަލް މީޑިއާއާއި އަޅާބަލާއިރު އަހަރެން އެންމެ ބޮޑަށް އެޑިކްޓްވީ ޓިކްޓޮކަށް. ޓިކްޓޮކް ބޭނުންކުރާއިރު ވަގުތު ފާއިތުވިކަމުގެ އިހްސާސެއް ނުކުރެވޭ އަދި ކޮންމެ ވީޑިއޯއެއްވެސް ވަރަށް ފަސޭހައިން ބަލާލެވޭ. ދެން ގަޑިއަށް ބަލާއިރު 2 މިނެޓުގެ ބަދަލުގައި ޓިކްޓޮކް ބޭނުންކުރާތާ ދެ ގަޑިއިރު ވެއްޖެކަން ވިސްނޭ. ނަމަވެސް އެޕް ޑިލީޓްކުރިފަހުން އަލުން އެ އެޕް ބޭނުންކުރުމަށް އަހަރެން އެއްވެސްވަރަކަށް ބޭނުމެއްނުވޭ." ބާރންސް ބުނެޏެވެ.
ޓިކްޓޮކް އެހާ އެޑިކްޓިވް ވަނީ ކީއްވެ؟
ކުޑަކުދިންނާއި ފުރާވަރު އުމުރުގެ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ހާއްސަ ލެކްޗަރެއް އަދި ރިސާރޗާއެއް ކަމަށްވާ ޑރ.ވިލިއަމްސް ޓިކްޓޮކް އެހާ މަގުބޫލުވި ސަބަބު ބުންދީފައިވެއެވެ. "ޓިކްޓޮކްގެ ވީޑިއޯތަކުގެ ދިގުމިނަކީ ގިނަވެގެން ދެ މިނިޓް. އެހެންކަމުން އެއް ވީޑިއޯއިން އެނެއް ވީޑިއޯއަށް ދިއުމަށް ވަރަށް ފަސޭހަ. ޓިކްޓޮކްގައި ވަރަށް މަޖާ ކޮންޓެންޓްވެސް ހުރޭ. މިފަދަ ވީޑިއޯތައް ބެލުމުން އުފާވޭ. މިއީ ސިކުނޑިއަށް ޑޮޕެމިން ލިބޭ ކަމެއް. މި ޑޮޕެމިން ލިބުމުން އެޑިކްޓްވުމުގެ ފުރުސަތު ވަރަށް ބޮޑު."
ނިއުޕޯޓުގެ ކެތަރިން ކީނަން އަށް ޓިކްޓޮކްގައި 2.3 މިލިއަން ފޮލޮވަރުން ތިބެއެވެ. އޭނާ ބުނެފައިވާގޮތުގައި ދަރިވަރުން ޓިކްޓޮކް މުޅިން ޑިލީޓްކުރުމުގެ ބަދަލުގައި ދުވަހަކު އެއްގަޑިއިރު އެޕް ބޭނުންކުރުމުން ރަނގަޅުވާނެއެވެ.
"ޓިކްޓޮކްއިން ވަރަށް ފައިދާވެސް ކުރޭ. އެގޮތުން ބައެއް ވީޑިއޯތަކުން އިމްތިހާނަށް ބޭނުންވާ ޓިޕްތަކާއި، ސްޓްރެސް ހޭންޑްލް ކުރެވޭނެގޮތްވެސް އެނގިގެންދޭ. އިމްތިހާންތައް ކިތަންމެ މުހިންމު ނަމަވެސް އަހަރެން ދެކޭ ގޮރުގައި ނަފްސާނީ ދުޅަހެޔޮކަން މާ މުހިންމު." ކީނަން ބުނެފައިވެއެވެ.
ކީނަން އިތުރަށް ބުނެފައިވާގޮތުގައި ސޯޝަލް މީޑިއާ އިންފްލުއެންސާރއަކަށް ވާން ބޭނުންނަމަ ޓިކްޓޯކްއަކީ ކުރިއަށްދާން ވަރަށް ރަނގަޅު އެޕްއެކެވެ.
ފްރީލޭންސް ލިޔުންތެރިޔެއް