ރާނީ އެލިޒަބަތު ޓެކްނޮލޮޖީ ގެންގުޅުއްވި ގޮތް

ޝުޖާޢަތު ރަޝީދު 10 ސެޕްޓެމްބަރު 2022

ކުއީން އެލިޒަބަތު 2 އެއީ ވަރަށް ގިނަ މީހުންނަށް އެކި ގޮތްގޮތުން މަޝްހޫރު މީހެކެވެ. ނަމަވެސް އެކަމަނާ އަކީ ބްރިޓިޝްގެ އެންމެ ފުރަތަމަ ހައި-ޓެކް މޮނާކް ކަން ދަންނާނީ ވަރަށް މަދު މީހެކެވެ.

1953 ވަނަ އަހަރު ބޭއްވުނު އެކަމަނާގެ ފުރަތަމަ ކޮރޮނޭޝަން ސެރަމަނީ އަކީ އެންމެ ފުރަތަމަ ޓީވީއިން ލައިވްކޮށް ދެއްކުނު ސެރަމަނީއެވެ.

1976 ވަނަ އަހަރު ކުއީން އެލިޒަބަތު އެކަމަނާގެ ފުރަތަމަ އީމެއިލް ރޯޔަލް ސިގްނަލްސް އެންޑް ރޭޑާ އެސްޓަބްލިޝްމަންޓްއިން ކުރެއްވިއެވެ.

ގިނަ މީހުން ބުނާ ގޮތުގައި ކުއީންގެ ގިނަ އީމެއިލްތަކަކީ އެކަމަނާ އަމިއްލަފުޅަށް ލިޔުއްވާ ތަކެއްޗެއް ނޫނެވެ.

ހަމަ 1976 ވަނަ އަހަރު ކުއީން އެލިޒަބަތު ފުރަތަމަ ރޯޔަލް ވެބްސައިޓް ލޯންޗު ކުރެއްވިއެވެ. މިއީ ޔޫކޭގެ އޭރުގެ ގިނަ މީޑިއާ ޕަބްލިކޭޝަންތައް އޮންލައިނަށް ބަދަލުވުމަށް ނުނިންމަނީސްއެވެ.

ޑިސެމްބަރު 2007 ވަނަ އަހަރު އެކަމަނާ ރޯޔަލް އާއިލާގެ ޔޫޓިއުބް ޗެނަލް ލޯންޗުކޮށް މިއަދާ ހަމަޔަށް 973،000 ސަބްސްކްރައިބަރުން އެބަތިއްބެވެ. ކުއީން އެލިޒަބަތަކީ މީސްމީޑިއާ ޕްލެޓްފޯމްތަކަށްވެސް އައު މީހެއް ނޫނެވެ. އެކަމަނާ ޓްވިޓާއާއި އިންސްޓަގްރާމް އެކައުންޓުވެސް ރޯޔަލް އާއިލާގެ ނަމުގައި ހުޅުވާފައިވެއެވެ.

2014 ވަނަ އަހަރު ކުއީން އެލިޒަބަތު ބްރިޓިޝްމޮނާކީގެ ޓްވިޓާ ހޭންޑަލްއިން ލައިވް އޯޑިއަންސް ކުރިމަތީގައި ޓްވީޓް ކުރެއްވިއެވެ. މި ޓްވިޓާ ހޭންޑަލް މިހާރު "ދަ ރޯޔަލް ފެމިލީ" ނަމަށް ވަނީ ބަދަލުކޮށްފައެވެ.

މާރިޗު 7، 2019 ވަނަ އަހަރު ކުއީން އެލިޒަބަތު ރޯޔަލް ފެމިލީގެ އޮފިޝަލް އިންސްޓަގްރާމް އެކައުންޓުގައި ޕޯސްޓެއް ކުރެއްވިއެވެ. މިއީ ޗާލްސް ބަބޭޖް ޕްރިންސް އަލްބާޓަށް 1843 ގައި ފޮނުވާފައިވާ ސިޓީއެއްގެ ފޮޓޯއެކެވެ. ޗާލްސް ބަބޭޖްއަކީ ދުނިޔޭގެ އެންމެ ފުރަތަމަ ޑިޖިޓަލް ޕްރޮގްރާމަބަލް ކޮމްޕިއުޓަރ އިންވެންޓް ކުރި އިނގިރޭތި މެތަމަޓިޝަން، އަދި މަޝްހޫރު ފިލޮސަފަރެކެވެ.

ކުއީން އެލިޒަބަތަކީ ތަފާތު ޓެކްނޮލޮޖީތަކަށް ވަރަށް ސަޕޯޓު ކޮށް، ޓެކްނޮލޮޖީގެ ފުރަތަމަ ދުވަސްކޮޅު އެޑޮޕްޓް ކުރައްވަން މަސައްކަތް ކުރި މީހެކެވެ.

އިނގިރޭސި ރައްޔިތުންނަށާއި އިނގިރޭސި ބަހުން ވާހަކަ ދައްކާ ދުނިޔޭގެ އެހެން ޤަޢުމުތަކަށް ޓެކްނޮލޮޖީ ތަޢާރަފް ކޮށްދިނުމުގައި އެކަމަނާ އެހީތެރިވެދެއްވިއެވެ.

ތާރީހުން އެނގެން އޮތް ގޮތުގައި ހަމައެކަނި ރީޑް-އޮންލީ މެމޮރީގެ ފުރަތަމަ ޕެޓަންޓް ހަދާފައިވަނީ ހަމަ އެއަހަރު އެކަމަނާ ރާނީއަކަށް ވެވަޑައިގަތުމުންނެވެ. އޭރު އައި.ބީ.އެމް 305 ރާމާސީ - ފުރަތަމަ ހާޑް ޑިސްކް، ނުކުތީ 3.76 މެގަބައިޓްގެ ސްޓޯރޭޖް ކެޕޭސިޓީއާއި އެކުއެވެ.

ޓެކްނޮލޮޖީއަށް ވަރަށް ބޮޑަށް ލޯބިކުރައްވާ، ރާނީ ވަރަށް ގިނައިން ބާރުއަޅުއްވަމުން ގެންދެވީ، ކޮމްޕިއުޓަރުތައް ހުންނަނީ ހަމައެކަނި މުވާޞަލާތު ކުރުމަށް މަގުފަހިކުރުމަށް ކަމަށެވެ.

އެކުވެރިކަން އުފައްދައި، އޯގާތެރިކަން އުފައްދައި، ޓޮލަރެންސް ބިނާކުރުމަކީ، ކޮމްޕިއުޓަރަކަށް ކުރެވޭނެ ކަމެއް ނޫންކަމުގައި އެކަމަނާ ވިދާޅުވެފައިވެއެވެ. އެހުރިހާ ކަމަކީވެސް އަޅުގަނޑުމެން އުފައްދަންވީ ކަންކަން ކަމުގައިވެސް އެކަމަނާ ހާމަކޮށްފައިވެއެވެ.

ރާނީއާއި މެދު މީހުންގެ ވިސްނުން ކޮންމެ ގޮތަކަށް ހުރި ނަމަވެސް، އެކަމަނާ ރަނގަޅު ނުވަތަ ނުރަނގަޅު ކޮންމެ ކަމެއް ކުރި ނަމަވެސް، ގާތްގަނޑަކަށް ވިއްސަކަށް އަހަރު ވަންދެން ޓެކްނޮލޮޖީގެ ކުރިއެރުމަށް އެކަމަނާ ހެކިވެ އެވެ.



ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.