އެމެރިކާއިން ޓެކްނޮލޮޖީއަށް 280 ބިލިއަން ޑޮލަރުގެ ހޭދައެއް!

އަޙްމަދު ދާއޫދު 11 ސެޕްޓެމްބަރު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ހައި ޓެކްގެ ދާއިރާގައި ޗައިނާއާ ވާދަކުރުމަށްޓަކައި އެމެރިކާއިން 280 ބިލިއަން ޑޮލަރު އިންވެސްޓްކުރަން ނިންމައިފިއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ޗައިނާއަށް ޓެކްނޮލޮޖީގެ ކުރިއެރުން ދުނިޔޭގެ ފެންވަރުގައި، ގެއްލިދާނެ ކަމުގެ ބިރު އޮތް ދަނޑިވަޅެއްގައި ހައި ޓެކް މެނުފެކްޗަރިން އާއި ސައިންޓިފިކް ރިސާޗަށް 280 ބިލިއަން ޑޮލަރު (232 ބިލިއަން ޕައުންޑް) ދިނުމަށް ލާޒިމް ކުރާ ގާނޫނެއްގައި ސޮއިކުރައްވައިފަ އެވެ.

އެ އިންވެސްޓްމަންޓްތަކުގެ ތެރޭގައި އެމެރިކާގައި ކޮމްޕިއުޓަރ ޗިޕް އުފައްދާ ޕްލާންޓްތައް އަޅާ ކުންފުނިތަކަށް ޓެކްސް ކުޑަކުރުންހިމެނެ އެވެ.

އެމެރިކާއިން މިނިންމުން ފާސްކޮށްފައިވާއިރު، ޗައިނާއަށް ބަރޯސާވުން މަދުކުރަން ޖެހޭ ކަމަށް ބުނެ ވިޔަފާރި ޖަމާއަތްތަކުން ސަރުކާރުގެ އިތުރު ތާއީދު ހޯދުމަށް ގިނަ ދުވަސްތަކެއް ވަންދެން ބާރުއަޅަމުން އަންނަ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

އަދި މުޅި ދުނިޔޭގައި އުފައްދާ މައިކްރޯޗިޕްގެ ބޮޑު ޕަސަންޓޭޖެއް ޗައިނާއިން ހިއްސާކުރާއިރު، އެއުފެއްދުންތައް މިހާރު އެތައްބުނައެއް މަދުވުމުން މިއީ މިދަނޑިވަޅުގައި އެމެރިކާއިން އެޅި ރަނގަޅު ފިޔަވަޅެއްކަމުގައިވެސް ގިނަބަޔަކު ބުނެއެވެ.

ސެނެޓްގެ ޓޮޕް ޑިމޮކްރެޓިކް ޗަކް ޝުމަރ ވިދާޅުވީ މި ބިލަކީ ކުރިއަށް އޮތް ގަރުނުގައި އެމެރިކާގެ ލީޑަޝިޕާއި ތަނަވަސްކަން ކަށަވަރުކޮށްދޭނެ "ގޭމް ޗޭންޖަރ" އެއް ކަމަށެވެ.

"ޚުދުމުޚުތާރު ވެރިން ތިބީ އަހަރެމެން ބަލިވާނެ ދުވަހަކަށް އިންތިޒާރުކޮށްކޮށް، އަހަރެމެންގެ ބޮލަށް ފައިންއެރޭނެ ކަމަށް އުންމީދު ކުރަމުން،" "ޗިޕްސް އެންޑް ސައިންސް ގާނޫނު، ގާނޫނަކަށް ހެދުމުން އަޅުގަނޑުމެން މި ސާފުކޮށްދެމުން މިދަނީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އެމެރިކާގެ ތަރައްޤީގެ ރަންޒަމާނެއް ކުރިއަށް އޮތްކަން." އޭނާ ވިދާޅުވި އެވެ.

އެމެރިކާގައި މިހާރު ދުނިޔޭގެ ސަޕްލައިގެ ގާތްގަނޑަކަށް 10% އަކީ ސެމީކޮންޑަކްޓަރސް އެވެ. މިއީ ކާރުތަކުން ފެށިގެން މޯބައިލް ފޯނާ ހަމައަށް ހުރިހާ އެއްޗެއްގެ ވެސް ތަޅުދަނޑިއެވެ. 1990 ވަނަ އަހަރު މި އަދަދު ވަނީ ގާތްގަނޑަކަށް 40% އަށް ދަށްވެފައެވެ.

އަނެއްކޮޅުން ޔޫރަޕިއަން ޔޫނިއަނުން ބުނީ ކޮމްޕިއުޓަރ ޗިޕް އުފެއްދުން އިތުރުކުރުމަށް 40 ބިލިއަން ޔޫރޯއަށް ވުރެ ގިނައިން ކޮމިޓްކުރާނެ ކަމަށާއި ޗައިނާއިން ވެސް ދަނީ ސައިންސާއި ޓެކްނޮލޮޖީއަށް ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރަމުންނެވެ.

ވޮޝިންޓަންގައި ހުންނަ ޗައިނާ އެމްބަސީން ވަނީ ސެމީކޮންޑަކްޓަރ ބިލާ ދެކޮޅު ހަދައި، އެއީ "ފިނި ހަނގުރާމައިގެ ވިސްނުމެއް" ހަނދާންކޮށްދޭ ބިލެއް ކަމަށް ބުނެފަ އެވެ.

ޗިޕް އިންވެސްޓްމަންޓްތަކުގެ އިތުރުން ރޮބޮޓިކްސް އާއި ވައިލެސް ކޮމިއުނިކޭޝަން ފަދަ ދާއިރާތަކަށް އިންވެސްޓްމަންޓްތައް އިތުރުކުރުމުގެ މަގުސަދުގައި ނޭޝަނަލް ސައިންސް ފައުންޑޭޝަން ފަދަ އިދާރާތަކަށް ގާތްގަނޑަކަށް 200 ބިލިއަން ޑޮލަރު އެ ބިލުގައި ޑައިރެކްޓްކޮށްފައިވެ އެވެ.

މިސްޓަރ ބައިޑަން އެއީ "ޖީލަކަށް އެއްފަހަރު" ކުރާ އިންވެސްޓްމަންޓެއް ކަމަށް ވަނީ ވިދާޅުވެއެވެ. އަދި އެމެރިކާގައި މިހާރުވެސް އެ ދާއިރާއިން ކުރިއެރުން ލިބެމުންދާ ކަމަށްވެސް ވަނީ ވިދާޅުވެއެވެ. އިތުރު 40،000 ވަޒީފާ އުފެދޭނެ ކަމަށް ލަފާކުރެވޭ މަޝްރޫއެއް ކަމަށްވާ މެމޮރީ ޗިޕް އުފެއްދުމަށް 40 ބިލިއަން ޑޮލަރު ޚަރަދު ކުރުމަށް މައިކްރޯންއިން ވެސް ވަނީ ރާވާފަ އެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.