އައިފޯނު 14 ލޯންޗުކުރުމާއެކު 4 އައިފޯނެއް ޑިސްކޮންޓިނިއުކޮށްފި

ފާޠިމަތު އައިން ލަބީޤް 14 ސެޕްޓެމްބަރު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އައިފޯން 14 ލޯންޗުކުރުމާގުޅިގެން އެޕްލް އިން ދަނީ އައިފޯންގެ ލައިންއަޕްގައިވާ ބައެއް ފޯނުތައް ޑިސްކޮންޓިނިއު ކުރަމުންނެވެ. އެގޮތުން އެޕްލްއިން ވަނީ އައިފޯން 11، އައިފޯން 12 މިނީ، އައިފޯން 13 ޕްރޯ އަދި އައިފޯން 13 ޕްރޯ މެކްސް ރަސްމީކޮށް އުފެއްދުން ހުއްޓާލާފައެވެ.

މި ފޯނުތައް ގަންނަން ބޭނުންވާ ފަރާތްތަކުން ދެން ޖެހޭނީ އެމެޒޯން ނުވަތަ ބެސްޓް ބައި ފަދަ ތާޑް-ޕާޓީ ރީޓެއިލް ސްޓޯރ އަކުން ގަންނާށެވެ. މިފަދަ ރީޓެއިލް ސްޓޯރތަކުން ސްޓޮކް ހުސްވަންދެން ފޯނުތައް ގަންނަން ލިބެން ހުންނާނެއެވެ.

އެޕްލްގެ އާ އައިފޯން ލައިންއަޕް

ސެޕްޓެމްބަރ 7 ގައި އެޕްލްއިން ވަނީ މުޅިން އާ 4 އައިފޯނެއް ތައާރަފްކޮށްފައެވެ. މީގެ ތެރޭގައި އެންޓްރީ-ލެވެލް އޮޕްޝަންކަމަށްވާ 799 ޑޮލަރުގެ އައިފޯން 14 އާއި 899 ޑޮލަރުގެ އައިފޯން 14 ޕްލަސް ހިމެނެއެވެ.

999 ޑޮލަރުގެ އައިފޯން 14 ޕްރޯއާއި 1099 ޑޮލަރުގެ އައިފޯން 14 ޕްރޯ މެކްސް ވަނީ ބޮޑުތަނުން އަޕްގްރޭޑްކޮށްފައެވެ. އެގޮތުން އާ އޭ16 ބަޔުނިކް ޗިޕްސެޓަކާއި 48 އެމްޕީ ކެމެރާއެއް އައިފޯން 14 ޕްރޯ އާއި އައިޯން 14 ޕްރޯ މެކްސް ގައި ހުންނާނެއެވެ. އަދި ޓްރޭޑް-އިން ޑީލްތަކަކާއެކު އައިފޯން 14 ޕްރޯ ހިލޭ ލިބުމުގެ ފުރުސަތުވެސް ވަރަށް ބޮޑެވެ.

އާ މޮޑެލްތަކާއެކު އެޕްލްއިން ގެންދަނީ އަދިވެސް އައިފޯން 13 މެނިއުފެކްޗާ ކުރަމުނެނެވެ. އައިފޯން 13 ގެ އަގު ވަނީ މިހާރު 699 ޑޮލަރަށް އަގު ހެޔޮކޮށްފައެވެ. އަދި އައިފޯން 13 މިނީ މިހާރު 599 ޑޮލަރަށް ލިބެން ހުންނާނެއެވެ.

އައިފޯން 12 ވެސް މިހާރު 599 ޑޮލަރަށް ލިބޭނެއެވެ. ނަމަވެސް މިހާރު އެ ފޯނުތައްވްނީ އައުޓްޑޭޓެޑްވެފައެވެ.

އަދި އައިފޯން އެސްއީ ގިނަ ފީޗާސްތަކަކާއެކު 429 ޑޮލަރަށް ލިބެން އެބަހުއްޓެވެ. ނަމަވެސް އެ ފޯނުގެ ސްކްރީންގައި ހުރީ އެންމެ 4.7 އިންޗެވެ. ދެން ލޯންޗުކުރާ އައިފޯން އެސްއީގެ ސްކްރީން މިއަށްވުރެ ބޮޑުވާނެކަމަށް ގިނަ ފަރާތްތަކުން އުންމީދުކުރެއެވެ.

ފާޠިމަތު އައިން ލަބީޤް

ފާޠިމަތު އައިން ލަބީޤް

ފްރީލޭންސް ލިޔުންތެރިޔެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.