ޒަމާނާއި އެކު އިންޓަނެޓް ބޭނުންކުރާ ގިނަ މީހުންނަށް އެމީހުންގެ އޮންލައިން އެކައުންޓުތައް ދަނީ ގިނަވަމުންކަން ފާހަގަކުރެވެއެވެ. އާ ހިދުމަތްތަކަށް އެކައުންޓު ހަދައި ސައިންއަޕް ކުރުމަށްފަހު އެ ހިދުމަތް ބޭނުން ނުކުރާ މީހުން މަދެއް ނުވާނެއެވެ.
މިގޮތަށް ބޭނުން ނުކުރާ އެކައުންޓުތައް ގިނަފަހަރަށް އެ ހުޅުވި ގޮތައް ހުންނަނީއެވެ. މީގެ އެއް ސަބަބަކީ އެކައުންޓު ފޮހެލުމަށް އެހާ ފަސޭހަ ނުވުމުވެ.
ބައެއް ވެބްސައިޓްތަކުގެ އެކައުންޓުތަކަކީ އެހާ ފަސޭހައިން ފޮހެލެވޭ އެއްޗެއް ނޫނެވެ. ވަކި ގޮތެއް ކަނޑައެޅިގެން އަހަރެމެންނަށް ނޭނގުނުކަމުގައިވިޔަސް، ބައެއް ވެބްސައިޓްތަކުން ވަރަށް ފަސޭހައިން އެކައުންޓު ފޮހެލެވޭ ގޮތް ހަދާފައިވެއެވެ.
ބައެއް ސައިޓްތަކުން ގަސްދުގައި ޔޫޒާ އެކައުންޓް ހިފެހެއްޓުމަށް، އެކައުންޓު ފޮހެވޭ ގޮތް ހުންނަނީ އުނދަގޫ ކޮށްފައެވެ. މިއީ ޔޫޒަރުންގެ މެޓްރިކްސްއަށް ފޯކަސްކޮށް ނުވަތަ ޔޫޒާ ބޭސް އިންވެސްޓަރުންނަށް މުހިންމުވާތީވެ ކުރާ ކަމަކަށްވެސް ވެދާނެއެވެ.
އެކައުންޓެއް ހުޅުވުމުގެ ކުރިން އެކައުންޓް ޑިސޭބަލް ކުރާނެ ގޮތާއި ޑިލީޓް ކުރާނެ ގޮތް ރަނގަޅަށް ބަލައިލާށެވެ.
މިކަން ކުރުމަށް މިހާރު ވެބްސައިޓްތަކުގެ ބެކްގްރައުންޑު ބަލައިދޭ ވެބްސައިޓް ހުރެއެވެ. މީގެތެރެއިން ފާހަގަކުރެވެނީ ބެކްގްރައުންޑްޗެކްސް (https://backgroundchecks.org) އެވެ.
އެކައުންޓަކީ ޑިޖިޓަލް ފުޓްޕްރިންޓެއްކަން ޔަޤީނެވެ. އޮންލައިން އެކައުންޓަކީ ގިނަ ފަހަރު ކޮންމެވެސް އީމެއިލް އެޑްރެސްއެއް ނުވަތަ ފޯނު ނަންބަރަކާއި ލިންކު ކުރެވިފައި ހުންނަ އެއްޗެކެވެ.
ޕްރައިވެސީއަށް ބަލާނަމަ ބޭނުން ނުކުރާ ޕްލެޓްފޯމްތަކުގައި އެކައުންޓު ބެހެއްޓުމަކީ އެހާ ރައްކާތެރި ކަމެއް ނޫނެވެ. ވެބްސައިޓް ނުވަތަ އޮންލައިން ޙިދުމަތަކީ ކޮންމެވެސް ހެކެއްގެ ޝިކާރައަކަށް ވާތަކެއްޗެވެ.
ގިނަ މީހުން މިހާރުވެސް އެކައުންޓަށް ސައިންއަޕް ކުރުމަށް ބޭނުންކުރަނީ ހަމަ އެއް އީމެއިލްއާއި ޕާސްވޯޑެވެ.
އޮންލައިން ހިދުމަތްތަކާއި ސައިޓްތަކުން އެކައުންޓް ބަންދުކޮށް ފޮހެލުމަށް ފަސޭހަ ކުރަން ޖެހެއެވެ.
ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.