ފަލަސްތީނު ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަނެވިއްޖެ: މެޓާ

އަޙްމަދު ދާއޫދު 24 ސެޕްޓެމްބަރު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ގުޅުން ބިނާކުރުމާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީހުންނަށް މިނިވަންކަމާއެކު އަޑު އުފުލާ ޚިޔާލު ފާޅުކުރުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ ބޭނުމުގައި ބިނާކޮށް އުފެއްދި ކުންފުނި މެޓާއިން މިދިޔަ އަހަރު ކަންތައް ކުރީ އެމީހުންގެ މަޤޞަދުތަކާއި، ސީދީ އިދިކޮޅަށް ކަމަށާއި ފަލަސްތީނުގެ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމާ ހިލާފު ވާހަކަ ދެއްކުމުގެ ސިޔާސަތުތައް ތަންފީޒުކުރި ކަމަށް ފޭސްބުކުގެ ބެލެނިވެރި ކުންފުނިން އަމިއަލައަށް އެއްބަސްވެއްޖެއެވެ.

މެޓާގެ ސިޔާސަތުތަކުގެ ސަބަބުން ފަލަސްތީނުގެ އަސާސީ އިންސާނީ ހައްގުތަކަށް ނޭދެވޭ އަސަރުތަކެއް ކުރި ކަމަށް ބުނާ އެ އެސެސްމަންޓަކީ ބިގް ޓެކްގެ ފާޑުކިޔުންތެރިއެއްގެ ފަރާތުން ނުވަތަ ރުޅިގަދަ ކުރީގެ މުވައްޒަފަކު ކުރި ކަމެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ މެޓާ ކޮމިޝަނުން ކުރި ހިއުމަން ރައިޓްސް އެސެސްމަންޓަކުން އައި ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

ބިޒްނަސް ފޯ ސޯޝަލް ރެސްޕޮންސިބިލިޓީ (ބީއެސްއާރު) އިން ކުރިއަށް ގެންދިޔަ މި ރިޕޯޓުގައި ޣައްޒާގައި 260 މީހުން މަރުވެ 2،400 އަށް ވުރެ ގިނަ ހައުސިން ޔުނިޓް ބިމާ ހަމަކޮށްލައިފައިވާ ކަމަށް ރިޕޯޓްތައް ބުނާ ކުރު ނަމަވެސް އަނިޔާވެރި އިސްރާއީލުގެ އަސްކަރީ ބާރުގަދަ ދުވަސްވަރު މެޓާގެ އަމަލުތަކާއި ސިޔާސަތުތަކުގެ ނިންމުންތަކުން ކުރި އަސަރު ތަހުގީގުކޮށްފައިވެއެވެ.

ބީއެސްއާރުގެ ރިޕޯޓުގައި ކަނޑައެޅި ގޮތުގައި މެޓާއިން އެއްފަހަރާ ގޯސް ކޮންޓެންޓްތައް ނައްތާލިއިރު، ހަގީގަތުގައި ވަނީ ގެއްލުން ހުރި، ހިލާފު ކޮންޓެންޓްތައް ތަންފީޒު ނުކުރެވި އެވެ.

“2021 ވަނަ އަހަރުގެ މެއި މަހު މެޓާގެ އަމަލުތަކުގެ ސަބަބުން އިންސާނީ ހައްގުތަކަށް ނޭދެވޭ އަސަރުތަކެއް ކޮށްފައިވާ ކަމަށް ފެނޭ...ފަލަސްތީނުގެ ޔޫޒަރުންގެ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި، ސިޔާސީ ބައިވެރިވުމާއި، އަދި ތަފާތު ނުކުރުމުގެ ހައްގުތަކަށް، އަދި ހަމައެހެންމެ ފަލަސްތީނުގެ މައުލޫމާތު ހިއްސާކުރުމުގެ ގާބިލްކަމަށް އަދި... އެކަންކަން ދިމާވި ގޮތަށް އެމީހުންގެ ތަޖުރިބާތަކާ ބެހޭ ގޮތުން ވިސްނުންތަކެއް ލިބިގެންދާނެ،” ރިޕޯޓުގައިވެ އެވެ. “މިކަން ފާހަގަކުރެވުނީ އަސަރުކުރި ސްޓޭކްހޯލްޑަރުންނާއެކު ދެއްކި ވާހަކަތަކުން، އޭގެ ތެރެއިން ގިނަ ބަޔަކު ބީއެސްއާރުއާ ހިއްސާކުރި ގޮތުގައި މެޓާ އަކީ އެމީހުންގެ އަޑު ކަނޑުވާލާ އަނެއް ބާރުގަދަ ފަރާތެއް ކަމަށް ޤަބޫލުކުރެވެއެވެ.

ބީއެސްއާރު ރިޕޯޓުގައި ބުނެފައި ވަނީ މެޓާ އިން ޢަރަބި ބަހުން ވާހަކަ ދައްކާ ޔޫޒަރުންނަށް ކޮންޓެންޓް ރިމޫވް ކުރުން އޯވަރ އެންފޯސް ކުރީ ޔޫޒަރަކަށް ވުރެ މަތީ އަސާސެއްގެ މަތިން ކަމަށެވެ. އެ ތަފާތު ކުރުމަކީ ފަލަސްތީނުގެ އަޑުތައް ހިމޭން ކުރުމަށް މަގުފަހިވާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

ހަމައެއާއެކު، މެޓާގެ "ޕްރޮއެކްޓިވް ޑިޓެކްޝަން" ރޭޓްތަކުގައި އަރަބި ކޮންޓެންޓާ ހިލާފުވެދާނެ ކަމަށް ބެލެވޭ މިންވަރު ހިބުރޫ ( އިސްރާއީލްގެ ރަސްމީ ބަސް ) ކޮންޓެންޓަށް ވުރެ މާ މަތި ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

މެޓާ އިން ޢަރަބި ބަހަށް “ޢަދާވާތްތެރި ސްޕީޗް ކްލަސިފައިއަރ” އެއް އުފައްދާފައިވާއިރު، ހިބުރޫ ބަހަށްވެސް އެއްވެސް ހިފެހެއްޓުމެއް ނެތެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ފޭސްބުކާއި އިންސްޓަގްރާމްގައި ކޯޅުން ފެށުނުއިރު މުރާޖައާ ކުރުމަށް ހުށަހެޅި ގަވާއިދާ ހިލާފުވެދާނެ މައްސަލަތައް ގިނަވެފައިވެ އެވެ. ބީއެސްއާރުގެ ފިޔަވަޅުތަކުން ބަލާއިރު، ޕްލެޓްފޯމްތަކުގައި ޕީކް ދުވަސްތަކުގައި ކޭސް ވޮލިއުމް ދިހަ ގުނަ އިތުރުވި އެވެ. އެ ރިޕޯޓުގައިވާ ގޮތުން މެޓާގައި ފަސޭހައިން ޢަރަބި ނުވަތަ ހިބުރޫ ބަހުން ވާހަކަ ދައްކާ މުވައްޒަފުންތަކެއް ނެތެވެ.

“މި ގޯސްތަކުގެ ސަބަބުން އިންސާނީ ހައްގުތަކަށް ކުރި އަސަރުތައް މާ ބޮޑުވީ، ހާއްސަކޮށް އެކްޓިވިސްޓުންނާއި ނޫސްވެރިންނަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ޖަމިއްޔާ ޖަމާއަތް ހެދުމުގެ މިނިވަންކަމާއި، ރައްކާތެރިކަން ފަދަ ހައްގުތަކުގެ މުހިންމުކަން ބޮޑުވެފައިވާ ކޮންޓެކްސްޓަކަށް ބަލާއިރު، ” ރިޕޯޓުގައިވެ އެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.