ފްލޮޕީ-ޑިސްކްގެ ވާހަކަ ހުއްޓާލެވޭކަށްނެތެވެ. އެހެނީ ފްލޮޕީ-ޑިސްކް ވިޔަފާރީގައި ދެމިހުރި 'އެންމެ ފަހު މީހާ' ކަމަށް ބުނާ ފަރާތުން ހާމަކުރާ ގޮތުގައި އެއާލައިންތަކުން ގަދީމީ ސްޓޯރޭޖް ޓެކްނޮލޮޖީއަށް ފްލޮޕީ ބޭނުން ކުރުމަށް އަދިވެސް އަންނަނީ އޯޑަރު ދެމުންނެވެ.
އާސާރީ ފްލޮޕީ ޑިސްކަކީ އެމެރިކާގައި އަޅުގަނޑުމެން ހީކުރިވަރަށް މުސްކުޅިވެފައިވާ އެއްޗެއް ނޫނެވެ. އެއީ އެހެން ޒަމާނެއްގެ އާސާރުތަކެއް ނަމަވެސް، މަދުވެގެން އެއް ސިނާއަތެއް އަދިވެސް ޝައުގުވެރިވަނީ ސްޓޯރޭޖް ޑިވައިސްތަކަށް "ފްލޮޕީ ޑިސްކް ކަމަށް އެ ވިޔަފާރީގައި ދެމިހުރި އެންމެ ފަހުގެ މީހާ" ކަމަށް ބުނާ މީހާ ބުންޏެވެ.
ފްލޮޕީ ޑިސްކް ވިއްކައި ރީސައިކަލް ކުރާ ފްލޮޕީޑިސްކް ޑޮޓްކޮމްގެ ބާނީ ޓޮމް ޕާސްކީ ބުނީ ނިކް ހިލްކްމަން އާއި ތޯމަސް ވޯލްސްކާރ ލިޔެފައިވާ އާ ފޮތް "ފްލޮޕީ ޑިސްކް ފީވަރ: ދަ ކިއުރިއަސް އަފްޓާލައިވްސް އޮފް އަ ފްލެކްސިބަލް މީޑިއަމް" ގައި ފާހަގަ ކޮށްފައިވާ އެއާލައިން އިންޑަސްޓްރީ އަކީ އޭނާގެ އެންމެ ބޮޑު އެއް ކަސްޓަމަރެވެ.
"އަހަރެންގެ އެންމެ ބޮޑު ކަސްޓަމަރުން ، އަދި ގިނަ ފައިސާ ލިބޭ ތަން ، ސިނާއީ ގޮތުން ބޭނުންކުރާ މީހުން،" މިދިޔަ ހަފްތާގައި އައި އޮން ޑިޒައިންގައި އޮންލައިންކޮށް ޝާއިއުކުރި ފޮތުން ދިން އިންޓަވިއުއެއްގައި ޕާސްކީ ބުންޏެވެ.
ޕާސްކީ އިތުރަށް ބުނީ "މިސާލަކަށް އެއާލައިން އިންޑަސްޓްރީ ނަގާށެވެ. ފަހަރެއްގައި މިއަދު ދުނިޔޭގެ އެއާ ފްލީޓުގެ ދެބައިކުޅަ އެއްބައި 20 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު އަދިވެސް ބައެއް އެވިއޮނިކްސްގައި ފްލޮޕީ ޑިސްކް ބޭނުން ކުރަނީ. އެއީ ވަރަށް ބޮޑު ކޮންސިއުމަރެއް."
އަދި މެޑިކަލް ދާއިރާގައި އަދިވެސް ބޭނުންކުރަނީ ފްލޮޕީ ޑިސްކް ކަމަށް އޭނާ ބުންޏެވެ. އަދި ދެން ތިބީ "ހޮބީސްޓުން"، "ދިހަ، 20، ނުވަތަ ފަހަރެއްގައި 50 ފްލޮޕީ ޑިސްކް ގަންނަން" ބޭނުންވާ މީހުންނެވެ.
ފްލޮޕީ ޑިސްކް ޚަބަރަށް ގިނަބައެއްގެ ސަމާލުކަން ލިބިގެން ދިޔައީ ދާދި ފަހުން ޖަޕާނުގެ ޑިޖިޓަލް މިނިސްޓަރު ޓާރޯ ކާނޯ އެ ޑިވައިސްތަކާ މެދު "ހަނގުރާމައެއް" އިއުލާން ކުރުމުންނެވެ. އޭނާ މި މަހުގެ ކުރީކޮޅު ޓްވީޓް ކުރެއްވި ގޮތުގައި ޖަޕާނުގެ ޑިޖިޓަލް އެޖެންސީން ވިޔަފާރިތަކުން ފްލޮޕީ ޑިސްކާއި ސީޑީ ބޭނުން ކުރަން ޖެހޭ ގަވާއިދުތަކަށް ބަދަލު ގެނެސް، އޭގެ ބަދަލުގައި އޮންލައިން ހިދުމަތްތަކަށް ބަދަލު ކުރާނެ އެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.