އިންސްޓާގްރާމް އިން ޔޫޒަރުންގެ ޢުމުރު ކަށަވަރު ކުރަނީ

އަޙްމަދު ދާއޫދު 14 އޮކްޓޯބަރު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އުމުރު ޔަގީންކުރުމަށް އާ ވީޑިއޯ ސެލްފީ އޮޕްޝަނެއް އިންސްޓަގްރާމް އިން ތައާރަފްކޮށްފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި މި އޮޕްޝަން އަދި މިހާތަނަށް ތަޢާރަފްކުރީ އިންޑިއާގައި އިންސްޓާގްރާމް ބޭނުންކުރާ ފަރާތްތަކަށެވެ.

މެޓާ ހިއްސާވާ އިންސްޓަގްރާމް އިން އިންޑިއާއަށް އޮރިޖިނަލް އައިޑީ ނުވަތަ ވީޑިއޯ ސެލްފީއެއް މެދުވެރިކޮށް އެމީހުންގެ އުމުރު ކަށަވަރު ކުރުމަށް އާ ފީޗާއެއް ގެނެސްފައި މިވަނީ، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޕްރޮފައިލް އުފެއްދުމަށް ކުޑަކުދިން އުފަންތާރީހު ފޭކް ޑޭޓްތައް ބޭނުން ކުރަމުންދާ ކަމުގެ ކަންބޮޑުވުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

މި އޮޕްޝަން ތަޢާރަފް ކުރުމުން، އިންޑިއާގައި 18 އަހަރުން ދަށުގެ ނުވަތަ އެއަށް ވުރެ ދޮށީ އުމުރުގެ މީހަކު އިންސްޓަގްރާމްގައި އެމީހުންގެ އުފަން ތާރީހު އެޑިޓްކުރަން މަސައްކަތް ކޮށްފި ނަމަ، އެ ކުންފުނިން މިހާރު އެ މީހެއްގެ އުމުރު ކަށަވަރު ކުރަން ދެ ގޮތެއް ކަނޑައަޅާފައިވެއެވެ. އެ ދެގޮތުގެ ތެރެއިން އެއްގޮތަކީ އައިޑީ ކާޑު ނުވަތަ ފޮޓޯ ޖެހި ރަސްމީ ލިޔުމެއް އަޕްލޯޑް ކުރުމެވެ. އަނެއްގޮތަކީ ވީޑިއޯ ސެލްފީއެއް ރެކޯޑް ކުރުމަށްފަހު އެވީޑިއޯ އިންސްޓާގްރާމަށް އަޕްލޯޑް ކުރުމެވެ.

"އަޅުގަނޑުމެން މިކަން ޓެސްޓް ކުރަމުން މިދަނީ ފުރާވަރު އުމުރުގެ ކުދިންނާއި ބޮޑެތި މީހުންގެ ޢުމުރު ޔަޤީންކުރުމަށް، ޕްލެޓްފޯމްގެތެރެއިން އެމީހުންގެ ޢުމުރާ ގުޅޭ ތަކެތި އެމީހުންނަށް ފޯރުކޮށްދިނުމަށް މިކަމަކީ ވަރަށް މުހިންމުކަމެއް، މިއޮޕްޝަން އެމެރިކާގައި މި އަހަރުގެ ޖޫން މަހު ޓެސްޓު ކުރަން ފެށި، މިހާރު އިންޑިއާ އާއި ބްރެޒިލް އަށް ދަނީ ފުޅާވަމުން،" އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނިން ރާވާފައި ވަނީ މިއަހަރު ނިމުމުގެ ކުރިން އިނގިރޭސިވިލާތާއި އީޔޫއަށް މި ޓެސްޓް ފުޅާކުރުމަށެވެ.

މެޓާއިން ބުނީ އިންސްޓަގްރާމަށް މީހުން ސައިންކުރަން ވާނީ ދަށްވެގެން 13 އަހަރު ފުރިފައިވާ މީހުންކަމަށެވެ.

މި ހަފުތާގެ ކުރީކޮޅު އިނގިރޭސިވިލާތުގެ މީޑިއާ ވޮޗްޑޯގް އޮފްކޮމް އިން ބުނީ 13 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން ތިންބައިކުޅަ އެއްބަޔަށް ވުރެ ގިނަ ކުދިން ފޭކް ތާރީހުތަކާ އެކު ސައިންކުރުމަށް ފަހު ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް ބޭނުން ކުރަމުން އަންނަ ކަމަށެވެ.

"އަހަރެމެންގެ އެންމެ ފަހުގެ ދިރާސާއިން ދައްކާ ގޮތުގައި އަށް އަހަރާއި 17 އަހަރާ ދެމެދުގެ ސޯޝަލް މީޑިއާ ބޭނުންކުރާ (77 ޕަސެންޓް) މީހުންގެ އަމިއްލަ އެކައުންޓެއް ނުވަތަ ޕްރޮފައިލް އެއް މަދުވެގެން ސޯޝަލް މީޑިއާގެ ބޮޑު އެއް ޕްލެޓްފޯމްގައި އެބަ ހުއްޓެވެ،" އޮފްކޮމް އިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

މި އާގަވާޢިދުގެ ދަށުން، ޔޫޒަރުންނަށް އެމީހުންގެ ޕްރޮފައިލް އުފެއްދުމަށް އައިޑީ ކާޑު އަޕްލޯޑް ކުރުމުގެ އިހްތިޔާރު އޮންނައިރު، އޭގެތެރޭގައި ޑްރައިވިން ލައިސަންސްބޭނުން ކުރެވިދާނެއެވެ. އިންސްޓަގްރާމް އިން ބުނަނީ މި އައިޑީ ކާޑުތައް ނުވަތަ ޑްރައިވިންގ ލައިސަންސްތައް ސާވާތަކުގައި ރައްކާތެރިކަމާއެކު ރައްކާކުރެވޭނެ ކަމަށާއި އެހެންނަމަވެސް 30 ދުވަހުގެ ތެރޭގައި އޮޓޮމެޓިކުން ފުހެލާނެކަމަށެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.