މި އަހަރު 5.3 ބިލިއަން ފޯނު ކުނީގެ ގޮތުގައި އުކާލާނެ: ދިރާސާ

އަޙްމަދު ދާއޫދު 15 އޮކްޓޯބަރު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ކޮންމެ އަހަކަރުވެސް އެތައްބައިވަރު ސްމާޓް ފޯނު ކުނީގެ ގޮތުގައި ދުނިޔޭގެ އެކި ހިސާބުތަކުގައި އުކާލެވޭ ކަމަށާއި، މި އަހަރު ވެސް ގާތްގަނޑަކަށް 5.3 ބިލިއަން ފޯނު ކުނީގެ ގޮތުގައި އުކާލާނެކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

2018 ވަނަ އަހަރުގެ ދިރާސާއަކުން ލަފާކުރި ގޮތުގައި 2040 ވަނަ އަހަރުގެ ނިޔަލަށް މުވާސަލާތީ ދާއިރާގެ އެންމެ ތިމާވެއްޓަށް ގެއްލުން ލިބޭ ބަޔަކީ ސްމާޓްފޯނާއި ޑޭޓާ ޕްރޮސެސިން ސެންޓަރުތަކެވެ.

ސްމާޓްފޯނުތައް ރީސައިކަލް ކުރުމުގެ އިޚްތިޔާރުތައް ހުރިއިރު، ފޯނުތަކާއި އެހެނިހެން ކުނި އިލެކްޓްރިކަލް އަދި އިލެކްޓްރޯނިކް އިކުއިޕްމަންޓްތައް (ވީއީއީ) ރީސައިކަލް ނުކުރެވެނީ ތަފާތު ސަބަބުތަކާ ހުރެ އެވެ.

އިންޓަނޭޝަނަލް އެލްކްޓްރޯނިކްސް ވޭސްޓް ޕްރޮޑިޔުސަރަ ރެސްޕޮންސިބިލްޓީ އޮގަނައިޒޭޝަންސް އިން ބައިނަލް އަޤުވާމީ ފެންވަރުގައި ކުރިއަށް ގެންދާ ފޯރަމެއް ކަމުގައިވާ 'ޑަބްލިއުއީއީއީ' ފޯރަމް އާއި އދ. ކޮންޓެކްސްޓަށް ބަލާއިރު، ބޭނުން ނުކުރާ ގިނަ ފޯނުތައް އެކަކު އަނެކެއްގެ މައްޗަށް ސްޓޭކް ކުރުމުން ގާތްގަނޑަކަށް 31،000 މޭލު ވައިގެ ތެރެއަށް އުފުލިގެންދާނެއެވެ. ލެޕްޓޮޕާއި ފޯނު ފަދަ ތަކެތި ކުނިކޮށިތަކަށް އުކާލުމުން އެތަކެތިން ތިމާވެއްޓަށް ވިހަ ކެމިކަލް ލީކުވެއެވެ.

މިއަދު ޔުނައިޓެޑް ނޭޝަންސް އިންސްޓިޓިއުޓް ފޯ ޓްރޭނިން އެންޑް ރިސާޗް (ޔުނިޓާ) ސަސްޓެއިނަބަލް ސައިކަލްސް (އެސްސީއައިކަލް) ޕްރޮގްރާމްއާ ގުޅިގެން ޑަބްލިއުއީއީއީ ފޯރަމް އިން ވަނީ އެހާ ގިނަ އިލެކްޓްރޯނިކްސް މަރާމާތު ނުވަތަ ރީސައިކަލް ނުކުރެވޭ ސަބަބު ތަހުގީގު ކުރުމަށް ވީއީ ފޯރަމުން ކުރި ސާވޭތަކުގެ ނަތީޖާ އާންމުކޮށްފަ އެވެ. 2022 ވަނަ އަހަރުގެ ޖޫން މަހުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ސާވޭތަކުގައި ޔޫރަޕްގެ 6 ގައުމެއްގެ 8،775 ގޭބިސީ ހިމަނާފައިވާއިރު އެޤައުމުތަކުގެ ތެރޭގައި ޕޯޗުގަލް، ނެދަލެންޑްސް، އިޓަލީ، ރޫމިނިއާ، ސްލޮވޭނިއާ، އަދި އިނގިރޭސިވިލާތް ހިމެނެއެވެ.

މިސާވޭއިން ދެއްކިގޮތުގައި އެވްރެޖްކޮށް ގޭބިސީއެއްގައި ފޯނު، ޓެބްލެޓް، ލެޕްޓޮޕް، އިލެކްޓްރިކް ޓޫލްސް، ހެއާ ޑްރައިއާ، ޓޯސްޓަރ އަދި އެހެނިހެން ސާމާނު ފަދަ 74 އީ-ޕްރޮޑަކްޓް ހިމެނޭކަން ފާހަގަކުރެވުނެވެ. އެ އީ-ޕްރޮޑަކްޓްގެ ތެރެއިން 13 ޕްރޮޑަކްޓެއް ބޭނުން ކުރަމުންދާއިރު، ނުވަ ޕްރޮޑަކްޓް ބޭނުން ނުކޮށް ބާއްވާފައި އޮވެއެވެ. އަދި އޭގެތެރެއިން ހަތަރު އީ-ޕްރޮޑަކްޓް ހަލާކުވެފައި އޮވެއެވެ.

މި ސާވޭއިން ދެއްކި ގޮތުގައި އެންމެ ގިނައިން އެއްކުރާ ކުދި އީއީއީތަކަކީ ހެޑްފޯނާއި ރިމޯޓް ކޮންޓްރޯލް ފަދަ ކުދި ކޮންސިއުމަރ އިލެކްޓްރޯނިކްސް އާއި އެކްސެސަރީޒް އާއި ގަޑި ފަދަ ގޭގައި ބޭނުންކުރާ ސާމާނާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ސާމާނާއި މޯބައިލް އަދި ސްމާޓްފޯނާއި ކާބޯތަކެތި ތައްޔާރުކުރުމަށް ބޭނުންކުރާ ސާމާނެވެ.

“އަޅުގަނޑުމެން މިއަހަރު ފޯކަސް ކުރީ ކުދިކުދި އީ-ވޭސްޓް ތަކެތި ގޭބިސީތަކުގައި ބޭނުން ނުކޮށް ހުންނަ މިންވަރު ނުވަތަ އާދައިގެ ކުނިކޮށިތަކަށް އުކާލަން ގެންދެވޭ މިންވަރު ދެނެގަތުން. މި ހުރިހާ އެއްޗެއްގެ އަގު ބޮޑުކަން މީހުންނަށް ނޭނގެނީ، އަދި ދުނިޔޭގެ ނިސްބަތުން މިއީ ބޮޑު ވޮލިއުމްތަކެއް،” ވީއީއީ ފޯރަމްގެ ޑިރެކްޓަރު ޖެނެރަލް ޕަސްކަލް ލެރޯއީ ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވި އެވެ.

މީގެ އިތުރުން ރީސައިކަލް ކުރުމުން ވީއީއީ އިން ރަން، ކޮޕަރ، ރިހި، އަދި ޕެލެޑިއަމް ފަދަ އަގުހުރި ބައެއް ތަކެތި ހޯދައި، އެހެން ތަކެތީގައި އަލުން ބޭނުން ކުރެވޭނެ އެވެ. ސްމާޓްފޯނެއް ހަލާކުވުމުން އެއްލައިލުމުގެ ބަދަލުގައި ރިސައިކަލު ކުރުމަށް އެންމެ ރަނގަޅު ގޮތްތަކަކީ ސީދާ ފޯނު އުފައްދާ ފަރާތަކަށް، ނުވަތަ ރީޓެއިލް ފިހާރައަކަށް ދިނުމެވެ. ނުވަތަ ޗެރިޓީއަކަށް ހަދިޔާކޮށްގެން ވެސް ރީފަރބިޝް ކުރުމެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.