ޓެލެގްރާމް އެޕް 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

އަޙްމަދު ދާއޫދު 19 އޮކްޓޯބަރު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޖަރުމަނުގެ ގާނޫނަށް އަމަލު ނުކުރާތީ ކަމަށްބުނެ މެސެޖިން އެޕް ޓެލެގްރާމްގެ އޮޕަރޭޓަރުން 5.125 މިލިއަން ޔޫރޯ (5 މިލިއަން ޑޮލަރު) އިން ޖޫރިމަނާ ކުރަން ޖަރުމަނުގެ ކަމާބެހޭ އިދާރާއަކުން ހޯމަ ދުވަހު އިއުލާންކޮށްފި އެވެ.

ފެޑެރަލް އޮފީސް އޮފް ޖަސްޓިސް އިން ބުނީ ޓެލެގްރާމް އެފްޒެޑް-އެލްއެލްސީން ގަވާއިދާ ހިލާފަށް ކޮންޓެންޓް ރިޕޯޓް ކުރެވޭނެ ގާނޫނީ ގޮތެއް ގާއިމްކޮށްފައި ނުވާ ކަމަށާއި ރަސްމީ މުއާމަލާތް ލިބޭނެ ފަރާތެއްގެ ނަން ޖަރުމަނުގައި ކަނޑައަޅާފައި ނުވާ ކަމަށެވެ. މި ދެ ކަންތައް ވެސް ލާޒިމް ކުރަނީ ބޮޑެތި އޮންލައިން ޕްލެޓްފޯމްތައް ރެގިއުލޭޓްކުރާ ޖަރުމަނުގެ ގާނޫނުތަކުގެ ދަށުންނެވެ.

ޖަރުމަނުގެ އޮފިޝަލުން ބުނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ކަމާބެހޭ ފަރާތްތަކުން އެކަމުގައި އެއްބާރުލުން ދިންކަމުގައިވިޔަސް ދުބާއީގައި ހުންނަ ޓެލެގްރާގެ މައި އިދާރާއަށް އެމައްސަލައާއި ގުޅުން ހުރި ކަރުދާސްތައް ފޯރުކޮށްދިނުމަށް ޖަރުމަނުގެ އޮފިޝަލުން ކުރަމުންދާ މަސައްކަތުގައި އެކަށީގެންވާ ގޮތެއްގައި އެއްބާރުލުން ލިބެމުން ނުދާތީ ތަކުރާރުކޮށް ނާކާމިޔާބުވެފައިވާ ކަމަށެވެ.

އަދި ޖަރުމަނުގައި ހުންނަ ލޯ ފާމަކުން ޓެލެގްރާމް ތަމްސީލުކުރާ ކަމަށް އިއުލާން ކުރި ނަމަވެސް މިއީ ޖޫރިމަނާ ކުރުން ހުއްޓުވުމަށް ފުދޭވަރުގެ ކަމެއް ނޫން ކަމަށް ފެޑެރަލް އޮފީސް އޮފް ޖަސްޓިސް އިން ބުނެ އެވެ.

ޖަރުމަނުގެ ފެޑެރަލް ފުލުހުން މިއަހަރުގެ ކުރީކޮޅު އިންޒާރު ދީފައި ވަނީ އެ އެޕް ވެގެން ގޮސްފައިވަނީ ކޮރޯނާ ވައިރަސްގެ އެންމެ ބާރު ބޮޑު ދުވަސްވަރު ސިޔާސީ ބޭފުޅުންނާއި ސައިންސްވެރިންނާއި ޑޮކްޓަރުންނަށް އަމާޒުކޮށްގެން ބައެއް ފަރާތްތަކުން ބޭނުންކުރި "ރެޑިކަލައިޒޭޝަންގެ މީޑިއަމަކަށް" ކަމަށެވެ.

"މެސެޖިން ހިދުމަތްތަކާއި ސޯޝަލް ނެޓްވޯކްތައް ހިންގާ ފަރާތްތަކުން އެމީހުންގެ ޕްލެޓްފޯމްތަކުގައި ނަފްރަތާއި އަނިޔާވެރިކަމަށް ބާރުއެޅުމާ ދެކޮޅަށް ޒިންމާދާރު ކަމާއެކު މަސައްކަތް ކުރެވެން ޖެހޭނެ،" ޖަސްޓިސް މިނިސްޓަރު މާކޯ ބުޝްމަން ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.

ޖަރުމަނު ވިލާތުން ހުށަހެޅި އެ ޖޫރިމަނާ ބައިނަލް އަޤުވާމީ ކޯޓްތަކުގައި އިސްތިއުނާފު ކުރެވޭނެކަމަށް ރިޕޯޓްތައް ބުނެއެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.