އެޗް.ޑީ.ސީ އިން ޑިޖިޓަލް އިންކްލޫސިވިޓީ އިވެންޓެއް ބާއްވަނީ

ޝުޖާޢަތު ރަޝީދު 31 އޮކްޓޯބަރު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އެޗްޑީސީގެ ގެ ސްމާޓްކޮމް ބްރޭންޑަށާއި، އޯޕަން އެކްސަސް ނެޓްވޯކްގެ ޚިދުމަތައް 1 އަހަރު ފުރުމުގެ މުނާސަބާ ފާހަގަ ކުރުމުގެ ގޮތުން އެ ކޯޕަރޭޝަންއިން ނޮވެމްބަރު 19 ވަނަ ދުވަހު ހުޅުމާލޭގައި ޑިޖިޓަލް އިންކްލޫސިވިޓީ އިވެންޓެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.

"ޑިޖިޓަލް އިންކްލޫސިވިޓީ" އިވެންޓަކީ ސްމާޓް ކޮމިއުނިޓީއާއި ސްމާޓް ރެޒިޑަންޓުން ހުޅުމާލޭގައި ޑިވެލޮޕް ކުރުމުގެ މަޤްސަދުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިވެންޓެކެވެ. މި އިވެންޓުގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ތަފާތު ޑިޖިޓަލް ޕްލެޓްފޯމްތަކަށް ލޯ ހުޅުވި، އާންމު ދިރިއުޅުމުގައި ޑިޖިޓަލް ޕްލެޓްފޯމްތައް ބޭނުން ކުރުމަށް ދަސްވެ، ފަސޭހަވެގެންދާނެ ކަމުގައިވެސް އެޗް.ޑީ.ސީގެ ބިޒްނަސް ސޮލިއުޝަންސް ޑިޕާޓްމަންޓުން ފާހަގަކޮށްފައިވެއެވެ.

އެޗް.ޑީ.ސީގެ މައި 5 ތަނބުތަކުގެ ތެރެއިން އެއް ތަނބުކަމުގައިވާ ޑްރައިވިންގ އިނޮވޭޝަން އެންޑް ޓެކްނޮލޮޖީގެ ދަށުން ސްމާޓް ސިޓީ އިނީޝިއޭޓިވްތަކެއް ވަނީ ފެށިފައެވެ. މި އިނީޝިއޭޓިވްގައި ސްމާޓްކޮމް ކިޔާ ބްރޭންޑެއް ވަނީ ތައްޔާރު ކުރެވިފައެވެ. މި ބްރޭންޑް ލޯންޗުކޮށްފައިވަނީ 2021 ވަނަ އަހަރު ޑިސެމްބަރު މަހުގައެވެ.

ސްމާޓް ސިޓީ އިނީޝިއޭޓިވްތައް ރާވައި ހިންގުމަކީ "ސްމާޓްކޮމް" މި ބްރޭންޑުގެ މައިގަނޑު ގޯލްތަކުގެ ތެރެއިން އެއް ގޯލް ކަމުގައި އެޗް.ޑީ.ސީއިން ހާމަކޮށްފައިވެއެވެ.ހުޅުމާލެ ސްމާޓް ސިޓީއަކަށް ހަދައި އިތުރަށް ހުޅުމާލޭގެ ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމަށް ފޭސް 2 އެއްގައި އެޗް.ޑީ.ސީގެ އޯޕަން އެކްސަސް ނެޓްވޯކެއްގެ ދަށުން އިންޓަނެޓާއި ކޭބަލް ޓީވީގެ ޚިދުމަތް ވެސް ވަނީ ފަށާފައެވެ.

ސްމާޓްކޮމްގެ ފަރާތުން ބާއްވާ ޑިޖިޓަލް އިންކްލޫސިވިޓީ އިވެންޓުގައި ދިވެހިން އުފައްދާފައިވާ މޮބައިލް އެޕްތަކާއި، ވެބްސައިޓްތަކާއި، އެހެނިހެން ޑިޖިޓަލް ޕްލެޓްފޯމްތަކަށް ބައިވެރިވުމަށް ފުރުސަތު ހުޅުވާލެވިފައިވެއެވެ.ޚިދުމަތްދޭ ހުރިހާ ސްޓާޓްއަޕްތަކަށާއި ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ފުރުސަތު ހުޅުވާލެވިފައިވާއިރު މިހާރުވެސް ބައެއް ޚިދުމަތް ދެ ފަރާތްތަކަށް ޑައިރެކްޓް އިންވިޓޭޝަން ފޮނުވާފައިވާކަމަށް އެޗް.ޑީ.ސީއިން ފާހަގަކުރިއެވެ.

މި އިވެންޓުން ޓެކްނޮލޮޖީ ބޭނުންކުރުމުގެ އިލްމު އިތުރަށް ރަނގަޅުކޮށް ހުޅުމާލޭގެ ރައްޔިތުންނާއި ބައިވެރިންނަށް ތަފާތު އެކި އޮންލައިން އެޕްތަކާއި ޚިދުމަތް ރައްކާތެރިކަމާއި އެކު ބޭނުން ކުރާނެ ގޮތާއި ޚިދުމަތްތަކަކީ ކޮބައިކަން އެނގިގެން ދާނެ ކަމުގައި އެޗް.ޑީ.ސީއިން ހާމަކުރިއެވެ.

މި އިވެންޓު ބޭއްވުމަށް ހަމަޖެހިފައިވަނީ 2 ސެޝަންއަކަށް ބަހާލައިގެންނެވެ. އެއް ސެޝަންއަކީ 16:00-18:00 އަކަށް ބޭއްވުމަށް ހަމަޖެހިފައިވާ ސެޝަންއެކެވެ. އަނެއް ސެޝަންއަކީ ރޭގަނޑު 20:00-22:00 އަށް ހަމަޖެހިފައިވާ ސެޝަންއެކެވެ. މި އިވެންޓު ބޭއްވުމަށް ހަމަޖެހިފައިވަނީ ފޭސް 2 އެއްގައި ހިޔާ ފްލެޓްތައް ކުރިމަތީގައި އޮންނަ ރުއްގަނޑު 3 އެއްގައެވެ.

މި ސެޝަންތައް ކުރިއަށްދާއިރު ޕެނަލް މަޝްވަރާތަކެއްވެސް ކުރިއަށްދާނެ ކަމުގައި އެޗްޑީސީއިން ވަކިން ފާހަގަކުރިއެވެ. މި ޕެނަލް މަޝްވަރާތަކުގައި އަލި އަޅުވާލަން ހަމަޖެހިފައިވަނީ ސްމާޓް ސިޓީއިން ރައްޔިތުންނަށް ފައިދާވާނެ ގޮތްތަކާއި، ސައިބާ ސެކިއުރިޓީގެ މުހިންމުކަމާއި ރައްކާތެރިކަން ހޯދިދާނެ ގޮތްތަށް މަޝްވަރާ ކުރެވިގެންދާނެއެވެ.

އިވެންޓުގައި ބޭނުންކުރާނެ ތަނުގެ އިތުރުން މޭޒާއި ގޮނޑި އަދި ކަރަންޓާއި އިންޓަނެޓް އެޗް.ޑީ.ސީއިން އިވެންޓުގައި ބައިވެރިވާ ޚިދުމަތްދޭ ފަރާތްތަކަށް ފޯރުކޮށްދޭނެ ކަމުގައި ހާމަކުރިއެވެ. އަދި މީގެ އިތުރަށް ސްޕޮންސާ ޕާޓްނަރުންގެ ލޯގޯ ޖަހާފައި ހުންނަ ޓެންޓުވެސް ބޭނުން ކުރަން ހިޔާރު ކުރާނަމަ އެގޮތަށްވެސް ބޭނުންކުރެވޭނެކަމަށް އެޗްޑީސީއިން ހާމަކުރެއެވެ. ޓެކްނޮލޮޖީގެ އެހީގައި ޚިދުމަތްދޭ އެކި ފަރާތްތަކަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލާފައިވާ މިފުރުސަތުގައި ރަޖިސްޓްރޭޝަން ފީއަކާ ނުލާ ސްޓާޓްއަޕްތަކަށް ބައިވެރިވުމުގެ ފުރުސަތުވެސް މަގުފަހިކޮށްދޭނެކަމަށް އެޗްޑީސީއިން ހާމަކުރެއެވެ.

އިވެންޓުގައި ބައިވެރިވުމަށް ބޭނުންވާ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން އެޗް.ޑީސީއިގެ ސޯޝަލް މީޑިއާ ޕޯސްޓުގައި ދީފައިވާ ލިންކުގައިވާ އޮންލައިން ފޯމް ނުވަތަ އެޗް.ޑީ.ސީގެ ވެބްސައިޓްގައިވާ ފޯމް BSI-2022-FRM-003 ފުރުމަށްފަހު ހުށަހެޅުމަށް ލަފާދީފައިވެއެވެ. މި ފޯމް ހުށަހެޅުމަށް ދީފައިވާ ސުންގަޑިއަކީ 6 ނޮވެމްބަރު 2022 ގެ 14:00 އެކެވެ.

މި އިވެންޓަށް ވަންނަ މީހުންގެ ތެރޭގައި އެޗް.ޑީ.ސީ ކައުންޓަރުގައި ރަޖިސްޓާވާ މީހުންގެ މެދުގައި ގުރުއަތު ނަގައި އަގު ހުރި އިނާމްތަކެއް ދިނުންވެސް ވަނީ ހަމަޖެހިފައި ކަމަށް އެޗް.ޑީ.ސީއިން ހާމަކުރެއެވެ.

އިތުރު މަޢުލޫމާތު ބޭނުންވާ ނަމަ އެޗް.ޑީ.ސީގެ biz.solutions@hdc.com.mv އަށް އީމެއިލްކޮށް މަޢުލޫމާތު އޮޅުންފިލުވޭނެ އިންތިޒާމްވެސް ވަނީ ހަމަޖެހިފައެވެ.




ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.