އެމެރިކާގެ ސޯލާ ކަރަންޓު ކިލޯވޮޓަކަށް 0 ޑޮަލަރަށް ފެނިދާނެ؟

ޝުޖާޢަތު ރަޝީދު 03 ނޮވެމްބަރު 2022

އިންފްލޭޝަން ރިޑަކްޝަން އެކްޓް (އައި.އާރް.އޭ) އަކީ ޓްރާންސްފޯމޭޓިވް ޑޮކިއުމެންޓަކަށް ވެ، ގައުމީ ފެންވަރުގައި ހަކަތަ އުފެއްދުމުގައި ބޮޑު އެކްސްޕެރިމެންޓަކަށް މަގުފަހިވެދާނެކަމުގައި ކްރެޑިޓް ސުއިސްއިންވެސް ލަފާކުރެއެވެ.

އެ ޖަމިއްޔާއިން ގަބޫލުކުރާ ގޮތުގައި މިހާރުވެސް ފޮސިލް އިންޑަސްޓްރީގައި އޮތް ފަދައިން ސާފު ހަކަތައިގެ ދާއިރާއިން ދުނިޔޭގެ ލީޑަރަކަށް ވުމުގެ ފުރުސަތު އެމެރިކާއަށް އެބައޮތެވެ.

މި ލިޔުމުގައި ބަޔާންކޮށްފައިވާ ގިނަ ޚިޔާލުތަކުގެ ތެރޭގައި ފާހަގަކޮށްލެވޭ ފަދަ އަންދާޒާއެއް ހިމެނެއެވެ- 2029 ވަނަ އަހަރު 0.4¢/ކިލޯވޮޓް (4/މެގަވޮޓް) ގެ ނިސްބަތުން ތިރިވާ، ކަރަންޓުގެ ލެވަލައިޒްޑް ކޮސްޓް އޮފް ކަރަންޓް (އެލް.ސީ.އޯ.އީ) ކިލޯވޮޓް ގަޑިއަކަށް 1 ލާރިއަށްވުރެން ދަށަށް ދާ ސޯލާ ޕަވަރ ޕްރޮޖެކްޓްތައް ވެސް ހުރެދާނެއެވެ.

ހަކަތައިގެ ލެވަލައިޒްޑް ކޮސްޓަކީ ޕްރޮޖެކްޓަކާއި އެކު ކުރިއަށް ދާނެތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގައި ވަރަށް މުހިންމު މެޓްރިކެކެވެ. އެލް.ސީ.އޯ.އީ އިން ކަނޑައަޅާނީ ޕްރޮޖެކްޓެއް ބްރޭކް އީވަން ނުވަތަ ފައިދާވާނެތޯ އެވެ.

މި އަގުތައް 2025 ވަނަ އަހަރު ފެނިދާނެކަމަށް ޤަބޫލުކުރެވޭއިރު، 2030 ވަނަ އަހަރުން ފެށިގެން އެ އަގުތައް ދެމިއޮންނާނެކަމަށްވެސް މިލިއުމުން ލަފާދޭތީވެ ޤަބޫލުކުރެވެއެވެ.

މި އަގުތައް އިތުރަށް ދައްވެދާނެ ކަމަށްވެސް ގަބޫލު ކުރެވެނީ މި ލިޔުމުގައި ދައްކާފައިވާ ދިރާސާގެ ޑޭޓާ ޕޮއިންޓުތަކަށް ބަލާލުމުންނެވެ.

މި ޤަރުނު ނިމޭ ހިސާބުގައި މިއަގުތައް އިތުރަށް ލުއިވެދާނެކަމަށް ބެލެވެނީ މިހާރުގެ ޑިމާންޑަށާއި، މާކެޓުގެ ކުރިއަށް އޮތް އަހަރުތަކުގެ ޕްރޮޖެކްށަން އޮތް ގޮތުންނެވެ.

ރިޕޯޓުން އިތުރަށް އަންގައިދެނީ އެމެރިކާއަކީ ކުރިއަށް އޮތް ދުވަސްތަކުގައި ސޯލާ މޮޑިއުލް ގްލޯބަލް މާކެޓަށް ނެރެވޭ ފަދަ ނެޓް އެކްސްޕްލޯރާއަކަށް ވެދާނެ ކަމެވެ.

މިއީ މެނުފެކްޗަރ ކުރުމުގެ ހަރަދު 2030 ނިމެންވާއިރަށް މަދު ކުރަމުން ކުރެވިދާނެ ކަމެކެވެ. ފާހަގަ ކުރެވެނީ މިއީ އަދިވެސް %33 ޗައިނާއިން މެނުފެކްޗަރ ކުރާ ހަރަދަށް ވުރެން ބޮޑު އަދަދެއް ކަމެވެ.

އެކަން ޤަބޫލުކުރަން ވަގުތުކޮޅެއް ނެގިޔަސް ކްރެޑިޓް ސުއިސް އިން އެ ލިޔުމުގައި ވާ ހަމައެކަނި ވަޔާއި ސޯލާއަށް ވުރެ މާ ދުރުގައި ސަތޭކަ ސަފުހާއަށް ވުރެ ގިނަ ސަފުހާ ހޭދަކުރީ ކީއްވެކަން އެނގެ އެވެ.

މި ލިޔުމުގައި ބާކީ އޮތް ސަފްހާ ތަކުގައި އަގުހެޔޮކޮށް އުފައްދާ ފެހި ހައިޑްރޮޖަންއާއި ބެހޭ ގޮތުން ވެސް ގިނަ ވާހަކަތަކެއް ދެކެވެ އެވެ. ހައިޑްރޯޖަންގެ އަމިއްލަ އިތުރު އިނާޔަތަކީ ކިލޯއަކަށް ތިން ޑޮލަރެވެ.

މިފަދަ ދިރާސާތަކުގެ މައްޗަށް ބިނާކޮށް ހެދޭ ރިޕޯޓު ތަކުން ހާމަކޮށްދެނީ ކަރަންޓާއި އިތުރު ހަކަތަ އުފެއްދުމަކީ ބުރަ މަސައްކަތަކަށް ވެފައި ވަރަށްވެސް އަގުބޮޑު މަސައްކަތެއް ކަމެވެ. އަދި އަހަރެމެންނާއި ހަމަޔަށް ކުދި އަގު ތަކުގައި މިފަދަ ހަކަތައް ލިބުމަށް ވަރަށް ގިނަ އަހަރުތަކެއްވެސް އެބައޮތެވެ.

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.