ވަޓްސްއެޕުން އޮޓޯއިން ބޮޑެތި ގުރޫޕްތައް މިއުޓް ކުރަނީ

އަޙްމަދު ދާއޫދު 12 ނޮވެމްބަރު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ވަޓްސްއެޕް އިން އަންނަނީ އަންނަ ނޮޓިފިކޭޝަންތައް މަދުކުރުމުގެ ގޮތުން ބޮޑެތި ގްރޫޕްތައް އޮޓޮމެޓިކުން މިޔުޓް ކޮށްދޭނެ އާ ފީޗާއެއް ޓެސްޓް ކުރަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މި ފީޗާ އެންޑްރޮއިޑް ބީޓާ ބޭނުންކުރާ ފަރާތްތަކަށް ތައާރަފް ކުރަމުން އަންނައިރު، ވަރަށް އަވަހަށް އާންމުންނަށް ނެރޭނެ އެވެ. މިއީ 1024 ބައިވެރިންނާ ހަމައަށް ބޮޑު ގްރޫޕް ޗެޓް ސައިޒެއް އެކުންފުނިން އާންމުކުރިތާ މާގިނަ ދުވަހެއް ތަޢާރަފްކުރާ ފީޗާއެކެވެ.

ވަޓްސްއެޕްގެ ޚަބަރުތައް ގެނެސްދޭ ޚާއްޞަ މަސްދަރު ޑަބްލިޔުއޭބީޓޭއިންފޯ އިން ބުނި ގޮތުގައި ވަޓްސްއެޕް އިން ވަނީ އެންޑްރޮއިޑްގައި ބީޓާ ބޭނުންކުރާ ފަރާތްތަކަށް އާ ފީޗާއެއް ތައާރަފްކޮށްފައެވެ. މި ފީޗާގެ ސަބަބުން ބޮޑެތި ގްރޫޕް ނޮޓިފިކޭޝަންތައް އޮޓޮމެޓިކުން މިއުޓް ކުރާނެ އެވެ.

މިއީ ވަޓްސްއެޕް އިން ލިބޭ ނޮޓިފިކޭޝަންތަކާ ގުޅޭ ގޮތުން ތަޖުރިބާ ކުރުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ބުނެވެ އެވެ. މިފީޗާގެ ބޭނުމަކީ އާންމުކޮށް އެވްރެޖްކޮށް އެކްޓިވް ޔޫޒަރަކަށް ބޮޑު ގްރޫޕަކުން ދުވާލަކު 500+ އާއި ހަމައަށް ލިބޭ ނޮޓިފިކޭޝަންތައް މަދުކުރުމެވެ. އެކަމުން ލިބިދާނެ އުނދަގުލުން ޔޫޒަރު ސަލާމަތް ކޮށްދިނުމެވެ.

މިހާރު ވަޓްސްއެޕް ގްރޫޕް ސައިޒް ލިމިޓް 1024 އަށް އިތުރުކޮށްފައިވާއިރު، ނޮޓިފިކޭޝަންތައް މަދުކުރުމަކީ ބިނަބަޔަކު ޤަބޫލުކުރާގޮތުގައި މުހިންމު ރަނގަޅު ގޮތެކެވެ. އެއީ މެޓާގެ ވަޓްސްއެޕް އިން މާކުރިންވެސް ކުރަން ރާވާފައިވާ ކަމެކެވެ.

ވަޓްސްއެޕް އިން ބޮޑެތި ގްރޫޕްތައް އޮޓޮމެޓިކުން މިއުޓް ކުރި ނަމަވެސް ބޭނުން ނަމަ ކޮންމެ ވަގުތަކު ވެސް އަންމިއުޓް ކުރެވޭނެ އެވެ.

އާންމުންނަށް މި ފީޗާ ރަސްމީކޮށް ތައާރަފްކުރުމާ ބެހޭ އެއްވެސް ތަފްސީލެއް އަދި ލިބިފަނުވާއިރު، ވަޓްސްއެޕް އިން އައިއޯއެސް ޑިވައިސްތަކަށް މިފީޗަރ ޓެސްޓް ކުރާތަނެއްވެސް ނުފެނެއެވެ. މިކަމުން ދޭހަވަނީ ވަޓްސްއެޕް އިން އާންމުކޮށް މި ފީޗާ ނެރެން އަދިވެސް ވަގުތުކޮޅެއް އޮވެދާނެ ކަމަށެވެ.

މިކަމާ ގުޅޭ ޚަބަރުތަކުގައި ވާގޮތުން ވަޓްސްއެޕް އިން ދާދި ފަހުން ޓެސްޓް ކުރަމުން ދިޔައީ މެސެޖް ޔޫސެލްފް އޮޕްޝަން އެވެ. މި ފީޗާ އިން ބުނާ ގޮތަށް ކަންތައް ކޮށްފިނަމަ، އަމިއްލައަށް މެސެޖު ކުރެވޭނެ އެވެ. މިއީ ހަމައެކަނި މެސެޖިން އެޕެއްގެ އިތުރުން ނޯޓް ނެގުމުގެ އެޕެއްގެ ގޮތުގައި ވެސް ވަޓްސްއެޕް ބޭނުން ކުރެވޭތީ މޮޅު ފީޗާއެކެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.