ވަޓްސްއެޕުން ވިޔަފާރި ކުރެވޭނެ އާ ފީޗާއެއް ތައާރަފްކުރަނީ

އަޙްމަދު ދާއޫދު 19 ނޮވެމްބަރު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ވަޓްސްއެޕްގެ ޕްލެޓްފޯމްގައި ވިޔަފާރިތައް ހޯދުމަށް ވަޓްސްއެޕްގެ ސަބްސްކްރައިބަރުންނަށް އާ ފީޗާއެއް ތައާރަފް ކުރަމުން އަންނަ ކަމަށް ބުނެފި އެވެ. ވިޔަފާރިތައް ހޯދުމުގެ އިތުރުން މި އާ ފީޗާގެ ސަބަބުން ވިޔަފާރިތަކާ ޗެޓްކޮށް އެ ކުންފުނިތަކުން އުފެއްދުންތައް ގަތުމުގެ ފުރުސަތު ވެސް ލިބިގެންދާނެ އެވެ.

މެޓާގެ މެސެޖިން އެޕް އިން ކުރި ބްލޮގް ޕޯސްޓެއްގައި ބުނެފައި ވަނީ މި އާ ފީޗާގެ ސަބަބުން ވަޓްސްއެޕް ބޭނުންކުރާ ފަރާތްތަކަށް ވިޔަފާރިތައް ކެޓަގަރީ އަށް ބަލައިގެން ދަތުރު ނުވަތަ ބޭންކިން ފަދަ ނުވަތަ ވިޔަފާރީގެ ނަމުން ސަރޗް ކުރެވޭނެ ކަމަށެވެ. "މިކަމުގެ ސަބަބުން ވެބްސައިޓްތަކުން ފޯނު ނަންބަރު ހޯދަން މަސައްކަތްކުރަން ނުޖެހޭނެ،" އެ ކުންފުނިން އިތުރަށް ބުންޏެވެ.

އަދި ވަޓްސްއެޕް ބޭނުންކުރާ ފަރާތްތަކަށް ކުންފުނީގެ އިންޓަފޭސްއިން ނުނިކުމެ އުފެއްދުންތައް ގަނެވޭނެ ގޮތަށް އެކި ޕޭމަންޓް ޕާޓްނަރުންނާ ޕާޓްނަރޝިޕް ހަދަމުންދާ ކަމަށް ވެސް އެކުންފުނިން ބުނެއެވެ. މި ފީޗާއަކީ މިއަހަރުގެ ކުރީކޮޅު ވަޓްސްއެޕްގައި ޖިއޯމާޓް ޝޮޕިން އެކްސްޕީރިއަންސް ތައާރަފްކުރުމާއެކު އިންޑިއާގައި ތައާރަފްކުރި ފަންކްޝަނަލިޓީއާ އެއްގޮތް ފީޗާއެކެވެ. މިހާރު އެ ކުންފުނިން ދަނީ މި ފަންކްޝަނަލިޓީގެ ދާއިރާ އިތުރު ގައުމުތަކަށް ފުޅާކުރަމުންނެވެ.

މީގެ އިތުރުން ވަޓްސްއެޕް އިން ބުނެފައިވަނީ މި ފީޗާ ބިނާކޮށްފައިވަނީ މީހުންގެ ޕްރައިވެސީ ރައްކާތެރި ކުރެވޭ ގޮތަށް ކަމަށެވެ. "ތިމާ ހޯދާ އެއްޗަކީ ތިމާގެ އެކައުންޓާ އަނބުރާ ލިންކް ނުކުރެވޭ ގޮތަށް ޕްރޮސެސް ކުރެވޭ އެއްޗެއް،" އެ ކުންފުނިން ކުރި ބްލޮގް ޕޯސްޓެއްގައި ލިޔެފައިވެ އެވެ.

ލިބޭނެ ގޮތާ ބެހޭ ގޮތުން ވަޓްސްއެޕް އިން ބުނީ މި ފީޗާ ބްރެޒިލް، ކޮލަމްބިއާ، އިންޑޮނޭޝިއާ، މެކްސިކޯ، އަދި އިނގިރޭސިވިލާތުގައި ވެސް ލިބޭނެ ކަމަށެވެ.

ވަޓްސްއެޕް އިން ވިޔަފާރި ހޯދާނެ ގޮތް

ފިޔަވަޅު 1: ސްމާޓްފޯނުން ވަޓްސްއެޕް ހުޅުވާލާށެވެ.

2 ވަނަ ފިޔަވަޅު: ޗެޓް އައިކޮން އަށް ފިތާލުމަށްފަހު ‘ޑިސްކަވަރ’ އޮޕްޝަންގެ ދަށުން ‘ވިޔަފާރިތައް’ އަށް ފިތާލާށެވެ.

3 ވަނަ ފިޔަވަޅު: މިހާރު ތިމާގެ ލޮކޭޝަން ޝެއަރިންގ ޕްރެފެރެންސް ހޮވާށެވެ.

4 ވަނަ ފިޔަވަޅު: ތިމާގެ ސަރަހައްދުގައި ވިޔަފާރިތައް ހޯދުމަށް ތިމާގެ ލޮކޭޝަން ބޭނުން ކުރުމަށްޓަކައި ‘ކޮންޓިނިއު’ އަށް ފިތާލުމަށްފަހު ‘އެލޯ ވަންސް’ އަށް ފިތާލުމުން ވަޓްސްއެޕް އިން ތިމާގެ ލޮކޭޝަން ޑޭޓާއަށް ވަދެވޭނެ ގޮތް ހަނިކުރެވޭނެއެވެ.

5 ވަނަ ފިޔަވަޅު: ހޯދަން ބޭނުންވާ ވިޔަފާރިއަށް ކިއުއަރީ ޓައިޕް ކުރާށެވެ.

6 ވަނަ ފިޔަވަޅު: ލިސްޓުގެ އެންމެ މަތީގައި ހުންނަ ފިލްޓަރ ޗިޕަކަށް ފިތާލުމުން ހޯދުން އިތުރަށް ރީފައިން ކުރެވޭނެއެވެ. ވިޔަފާރިތައް ކެޓަގަރީ، ދުރުމިން، އޮޕަން ސްޓޭޓަސް ނުވަތަ ކެޓަލަގަށް ބަލައިގެން ފިލްޓަރ ކުރެވޭނެއެވެ.

7 ވަނަ ފިޔަވަޅު: ފެންނަ ލިސްޓުން ވިޔަފާރިއެއްގެ ވިޔަފާރީގެ ޕްރޮފައިލް ބަލާލުމަށްޓަކައި ވިޔަފާރިއަކަށް ފިތާލާށެވެ.

8 ވަނަ ފިޔަވަޅު: މިހާރު، ވިޔަފާރިއާއެކު އާ ޗެޓެއް ފެށުމަށްޓަކައި، ޗެޓް ބަޓަން އަށް ފިތާލާށެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.