ނިމިދިޔަ އަހަރު 3.2 ބިލިއަން ގޭމަރުން ތިބޭނެ: ރިޕޯޓް

އަޙްމަދު ދާއޫދު 23 ނޮވެމްބަރު 2022

2022 ވަނަ އަހަރު 3.2 ބިލިއަން ގޭމަރުން މުޅިދުނިޔޭގައި ތިިބި ކަމަށާއި ނަމަވެސް 15 އަހަރު ފަހުން ފުރަތަމަ ފަހަރަށް ގޭމިން ސިނާޢަތުގެ އާމްދަނީ ދަށްވާނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ

ދުނިޔޭގެ އާބާދީގައި ހިމެނޭ އުމުރުން ސަތާރަ އަހަރުން މަތީގެ މީހުންގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުން ކަމަށްވާ 3.2 ބިލިއަން މީހުން ގޭމްގެ ދާއިރާއަށް މިއަހަރު އަންނާނެކަމަށް ލަފާކުރެވޭއިރު، މިއީ ހައިރާންވާންޖެހޭ އަދަދެއް ނޫނެވެ. ޕެންޑަމިކްގެ ސަބަބުން އޮންލައިން ގޭމަށް ދެވި ހިފި ޒުވާނުންނާއި، ޓީންއޭޖްގެ މީހުންވަނީ ރެކޯޑް ޢަދަދަކަށް ގިނަވެފައެވެ.

މިއަހަރު ގޭމިންގެ ދާއިރާއަށް އަލަށް އިތުވާމީހުންނާއެކު ޖުމުލަ 3.2 ބިލިއަން މީހުންގެ ހޮބީއަށް ޖުމްލަ 184.4 ބިލިއަން ޑޮލަރު ޚަރަދުކުރާއިރު، މިދިޔަ އަހަރާ އަޅާބަލާއިރު އެއީ ކުޑަކޮށް ދަށް އަދަދެއް ނަމަވެސް، މިއީ 2020/21 ވަނަ އަހަރުގެ ބަލިމަޑުކަމުގެ ސަބަބުން ގޭމިން އަށް އިތުރުވި އިތުރުވުމެއް ކަމަށް ބެލެވެއެވެ.

ނިއުޒޫގެ އެންމެ ފަހުގެ ގްލޯބަލް ގޭމްސް މާކެޓް ރިޕޯޓުން ދައްކާ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގޭމް ކުޅޭ މީހުންގެ އަދަދު މިއަހަރު ވަނީ %4.6 އިތުރުވެފައެވެ. އެއީ ވަކިން ހާއްސަކޮށް ލޮކްޑައުންގެ ދުވަސްވަރު ގޭގައި ތިބެގެން ވީޑިއޯ ގޭމް އާއި ސްޓްރީމިން ފަދަ މުނިފޫހިފިލުވުންތަކުގެ ސަބަބުން ގިނަ ބަޔަކު ގޭމް ކުޅެން ފެށުމުގެ ނަތީޖާއެވެ. އަލަށް ގޭމްގެ ތެރެއަށް ވަންނަމުން ދިޔަ ގިނަމީހުންގެތެރޭގައި ލެޕްޓޮޕް ބޭނުންކުރާ ފަރާތައް ހިމެނޭކަމަށްވެސް ނިއުޒޫގެ ރިޕޯޓްގައި ވެއެވެ.

މެދުއިރުމަތި އަދި އެފްރިކާގައި ކުޅުންތެރިންގެ އަދަދު އެންމެ ބޮޑަށް އިތުރުވެފައިވާއިރު، މިއަހަރު %8.2 އިތުރުވެ 488 މިލިއަނަށް އަރާފައިވެއެވެ. އަދި ލެޓިން އެމެރިކާއިން %4.8 އިތުރުވިއިރު، އެންމެ ކުޑަކޮށް މައްޗަށް ގޮސްފައިވަނީ އުތުރު އެމެރިކާ (2.6%) އެވެ.

މި ބަލިމަޑުކަމުގެ ސަބަބުން ގޭމްސްގެ އާމްދަނީ ވެސް ވަރަށް ބޮޑަށް އިތުރުވިއެވެ. 2020 އާއި 2022 އާ ދެމެދުގެ ކުރިއެރުމަކީ ނިއުޒޫ އިން ލަފާކުރި ވަރަށް ވުރެ 43 ބިލިއަން ޑޮލަރު އިތުރު ކުރިއެރުމެކެވެ. ފާއިތުވި 15 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ދަށްވެފައިވީ ނަމަވެސް ފާހަގަކޮށްލަންޖެހޭ މުހިންމު ކަމަކީ ގޭމިން އިން އަދިވެސް 2022 ވަނަ އަހަރުގެ އިގްތިސާދީ ހަލަބޮލިކަން އެހެން ގިނަ ސިނާއަތްތަކަށް ވުރެ ރަނގަޅަށް ތަހައްމަލު ކުރެވިފައިވާ ކަމެވެ.

ދުނިޔޭގެ ހުރިހާ ގޭމްތަކުން ލިބުނު އާމްދަނީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ލިބުނީ އޭޝިއާ ޕެސިފިކް ސަރަހައްދުން (87.9 ބިލިއަން ޑޮލަރު) ކަމަށާއި، އުތުރު އެމެރިކާއިން ލިބެނީ ކުއާޓަރަކަށް ވުރެ ކުޑަ އަދަދެއް (48.4 ބިލިއަން ޑޮލަރު) ކަމަށް ނިއުޒޫގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

އާދައިގެ މަތިން ގިނަ ފައިސާ ލިބުނީ މޯބައިލް ގޭމްތަކުން ކަމަށާއި، މިއީ 2022 ވަނަ އަހަރު ޖުމްލަ އާމްދަނީގެ %50 ނުވަތަ 92.2 ބިލިއަން ޑޮލަރު ލިބުނުއިރު، ކޮންސޯލް ގޭމްތަކުން (38.2 ބިލިއަން ޑޮލަރު)،ލިބުނު ކަމަށްވެސް ރިޕޯޓްގައި ބުނެފައިވެއެވެ. އަދި ބްރައުޒާ ޕީސީ ގޭމްސް އިން %1 (2.3 ބިލިއަން ޑޮލަރު) ލިބިފައިވާއިރު، ރިޕޯޓުން ދައްކާ ގޮތުގައި ބްރައުޒާ ނޫން ޕީސީ ގޭމްތަކުގައި އަހަރަކު އެންމެ ކުޑަ ދަށްވުމެއް ފެނިފައިވާއިރު، މިއީ އެންމެ %1.8 ދަށްވުމެކެވެ.

ދުނިޔޭގެ ގޭމަރުންގެ އަދަދާއި އެމީހުން ޚަރަދުކުރާ އަދަދު ވެސް ކުރިއަށް އޮތްތަނުގައި އަހަރުން އަހަރަށް އިތުރުވާނެ ކަމަށް ބެލެވެ އެވެ. ނިއުޒޫ އިން ލަފާކުރާ ގޮތުގައި 2025 ވަނަ އަހަރުގެ ނިޔަލަށް 3.5 ބިލިއަނަށް ވުރެ ގިނަ މީހުން އަލަށް ގޭމް ކުޅެފަށާއިރު، އެމީހުންގެ މައްޗަށް ގާތްގަނޑަކަށް 211.2 ބިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް ބެލެވެއެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.