ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފޯރި މުޅި ދުނިޔޭގައި ފެތުރެމުންދާއިރު، ޗައިނާގެ އިންޓަނެޓް ޕްލެޓްފޯމްތަކުން ދަނީ 5ޖީ އާއި ވާޗުއަލް އިން "މެޓަވަރސް ކަހަލަ" ރިއަލިޓީ (ވީއާރު) ވިއުވިން ކުރެވޭ އެކްސްޕީރިއަންސެއް ހުށަހަޅައިގެން އެގައުމުގެ ގިނަ އަދަދެއްގެ ކުޅިވަރު ސަޕޯޓަރުން ވޯލްޑްކަޕް 2022 ތްރީޑީކޮށް ލައިވްކޮށް ދެމުންނެވެ.
މެޓާވާސް އަކީ ވާޗުއަލް ގޭމިން، ކޮންސެޓް އަދި ފުޓްބޯޅަ މެޗުތައް ލައިވް ސްޓްރީމް ކުރުން ފަދަ އެހެނިހެން ތަޖުރިބާހުރި އިވެންޓުތަކާއި ހަރަކާތްތައް މެދުވެރިކޮށް މުއާމަލާތް ކުރެވޭ ތްރީޑީ ވާޗުއަލް ސްޕޭސް އެކެވެ.
މި މަސައްކަތްތަކުގެ ސަބަބުން އިންޓަނެޓްގައި ހިންގާ ބޮޑެތި ކުންފުނިތަކަށް ކުޅިވަރު އިވެންޓުގެ ތެރޭގައި ޓްރެފިކް އިތުރުވަމުން އަންނަ ކަމަށް ތަހުލީލު ކުރާ ފަރާތްތަކުން ބުނި ނަމަވެސް އެއަށްވުރެ މުހިންމީ އާ ޓެކްނޮލޮޖީތައް ފުޅާދާއިރާއެއްގައި ބޭނުންކުރުމުން ކުންފުނިތަކަށް ޕްރޮޑަކްޓް އޮފާ ފުރިހަމަ ކުރުން ކަމުގައި ގިނަބަޔަކު ދެކެއެވެ.
މިކަމުގައި އެންމެ ފާހަގަކޮށްލެވޭ ދެ ބައިވެރިންނަކީ ޗައިނާ މޯބައިލްގެ ސަބްސިޑަރީއެއް ކަމަށްވާ ޗައިނާގެ ސްޓްރީމިން ސާވިސް މިގޫ އާއި ޗައިނާގެ ޓިކްޓޮކް ކަމަށްވާ ދައުޔިން އެވެ. މި ދެ ސްޓްރީމިން ޕްލެޓްފޯމްގައި ގަތަރު ވޯލްޑް ކަޕް ލައިވް އަދި އޮން ޑިމާންޑް ކަވަރޭޖް ދެއްކުމުގެ ސަބް ލައިސަންސް ހައްގުތައް ލިބިފައިވާއިރު، އެ އިވެންޓްތަކުގެ ޑިޖިޓަލް ކަވަރޭޖް ދައުލަތުގެ ބްރޯޑްކާސްޓަރު ޗައިނާ މީޑިއާ ގްރޫޕް (ސީއެމްޖީ) އާއި ހިއްސާކުރާނެ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިގޫ އާއި ދައުއިން ބްރޯޑްކާސްޓިން ރައިޓްސް އަށް ރަނގަޅު އަގެއް ދައްކާފައިވެ އެވެ. ވޯލްޑް ކަޕް މެޗުތައް ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ދީފައި ވަނީ ޗައިނާގެ އެންމެ ހަ ޗެނަލްގެ އިތުރުން މިގޫ ޗައިނާ މޯބައިލް އާއި ޑައުއިން އެވެ.
މިގޫގެ ޗީފް ކޮންޓެންޓް އޮފިސަރު ގަން ޔޫޗިންގް ވިދާޅުވީ މުބާރާތް ބަލާލުމަށް ދުނިޔޭގެ ފުރަތަމަ ވާޗުއަލް އިންޓަރެކްޓިވް ސްޕޭސްއެއް އުފައްދާނެ ކަމަށާއި، ޗައިނާގެ ފުޓްބޯޅަ ސަޕޯޓަރުންނަށް ސުރިއަލް އިހުސާސެއް ދިނުމަށް 5ޖީ އަދި ވީއާރު ފަދަ ޓެކްނޮލޮޖީތަކުން އިވެންޓް ލައިވްސްޓްރީމް ކުރާނެ ކަމަށެވެ.
ސިނާ ވެއިބޯގެ ރަސްމީ އެކައުންޓުގައި މިގޫ އިން ވަނީ "މެޓަވަރސް ވޯލްޑް ކަޕް މިއުޒިކް ފެސްޓިވަލް" އެއް ބާއްވަން ރާވާފައިވާކަން އިއުލާންކޮށް، 2070 ވަނަ އަހަރުން ފެށިގެން "ސަޕްރައިޒް ވިޒިޓާ" އެއް އެ އިވެންޓުގައި ފެނިގެންދާނެ އެވެ.
ދައުއިން ވަނީ އެ ކުންފުނީގެ ރަސްމީ ވެއިބޯ އެކައުންޓުގައި "ވޯލްޑް ކަޕް ލައިވް ބްރޯޑްކާސްޓް އޮން ޑައުއިން ބައްލަވާ" ގެ ޝިއާރު ފްލެގްކޮށްފަ އެވެ. ބައިޓްޑާންސްގެ ވެސް ވީއާރު ހެޑްސެޓް އުފައްދާ ކުންފުނި ޕީކޯ އިން ބުނީ ވޯލްޑް ކަޕްގެ ލައިވް ބްރޯޑްކާސްޓްތައް ވީއާރު ގޮގްލްސް ބޭނުންކޮށްގެން ބަލާލެވޭނެ ކަމަށާއި ފުޓްބޯޅަ ސަޕޯޓަރުންނަށް ދުރުން އަމިއްލަ ޑިޖިޓަލް ރޫމްތަކަށް ދައުވަތުދީގެން އެކުގައި މެޗުތައް ބަލާލެވޭނެ ކަމަށެވެ.
ދުނިޔޭގެ ކުޅިވަރު އިވެންޓެއްގެ ގޮތުގައި ވޯލްޑް ކަޕަށް ވަރަށް ބޮޑު ނުފޫޒެއް ފޯރުވާއިރު، ޝައްކެއްވެސްނެތްގޮތުގައި މިއީ ކޯޕަރޭޓް މާކެޓިންއަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ކެންޑޮންގް އެޕްގެ ކޯ ފައުންޑަރ ޔޫ ޝީ ހުކުރު ދުވަހު ގްލޯބަލް ޓައިމްސްއަށް ވިދާޅުވި އެވެ.
މީގެ އިތުރުން ފުޓްބޯޅަ މެޗަކީ އާ ޓެކްނޮލޮޖީތައް ބޭނުން ކުރުމަށް ފުރިހަމަ މަންޒަރެއް ކަމަށާއި، މި އިވެންޓަކީ ޗައިނާގެ ވީއާރު އަދި މެޓަވަރސް އިންޑަސްޓްރީއަށް ބޮޑު ބާރަކަށް ވާނެ ކަމަށް ޔޫ ވިދާޅުވި އެވެ.
"އެމެރިކާގެ ޓެކް ޖަޔަންޓް ފޭސްބުކް މެޓާއަށް ބަދަލުވެ މެޓާވަރސްގެ ކޮންސެޕްޓް ކުރިއަށް ގެންދިޔަ ފަހުން ކުރިއެރުންތައް ދިޔައީ މަޑުމަޑުން. އެކަމަކު ޗައިނާއިން ދަނީ ގައުމީ ފެންވަރުގައި ވެސް އަދި ކުންފުނީގެ ފެންވަރުގައި ވެސް ތަރައްގީ ކުރިއަށް ގެންދަމުން،" އިންޑަސްޓްރީގެ މިނިވަން އޮބްޒާވަރެއް ކަމަށްވާ ޗެން ޖިއާ ގްލޯބަލް ޓައިމްސް އަށް އާދީއްތަ ދުވަހު ބުންޏެވެ.
ނޮވެމްބަރު 1 ވަނަ ދުވަހު ޗައިނާގެ މިނިސްޓްރީ އޮފް އިންޑަސްޓްރީ އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީން ސަރުކާރުގެ އިތުރު ހަތަރު އިދާރާއަކާ ގުޅިގެން ވީއާރު އިންޑަސްޓްރީގެ ތަރައްގީ ކުރިއެރުވުމަށް 2022 އިން 2026 އަށް ފަސް އަހަރުގެ ޕްލޭނެއް (48.1 ބިލިއަން ޑޮލަރު) ތައާރަފްކުރި އެވެ.
މި ޕްލޭންގައި ޖުމްލަ އަމާޒަކީ ތްރީ ޑައިމޭންޝަނަލިޓީ ފަދަ މުހިންމު ޓެކްނޮލޮޖީތަކުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދުމާއި އިގްތިސާދީ ތަރައްގީ ކުރިއެރުވުމަށް ވީއާރު ތައާރަފް ކުރެވޭ ގޮތަށް އިކޯސިސްޓަމް ރަނގަޅު ކުރުމެވެ.
"މި ވޯލްޑް ކަޕްގެ މެޓަވަރސްގައި އެކި މަންޒަރުތައް އެޕްލިކޭޝަން މެދުވެރިކޮށް ޗައިނާއަށް ވެސް ވާޗުއަލް ރިއަލިޓީ ޓެކްނޮލޮޖީގެ ދާއިރާއިން އިންޑަސްޓްރީ ޗޭންގެ ޖުމްލަ ކޮލިޓީ ޓެސްޓް ކުރެވޭނެ، އަދި މިހެންވުމުން މި ދާއިރާގައި އަވަސް ފިޔަވަޅުތަކެއް ހޯދިދާނެ،" ޗެން ފާހަގަކުރެއްވި އެވެ.
ނަމަވެސް އިންޓަނެޓްގެ ވެޓެރަން އެނަލިސްޓެއް ކަމަށްވާ ގުއޯ ޓާއޯ ފާހަގަކުރެއްވި ގޮތުގައި މުޅި މެޓަވަރސް އަދިވެސް އޮތީ ތަރައްގީގެ ފުރަތަމަ މަރުހަލާގަ އެވެ. މާކެޓުން ޔަގީން ކުރަން ޖެހޭ އިމަޗުއަރ ޓެކްނޮލޮޖީތަކާއި ވިޔަފާރީގެ މޮޑެލްތައް ފަދަ ބައެއް މައްސަލަތައް އެބަހުއްޓެވެ.
"ކުޅިވަރު އިވެންޓްތަކުގައި އެޕްލިކޭޝަން މައިގަނޑު ގޮތެއްގައި ކޮންސެންޓްރޭޓް ކުރެވިފައިވަނީ ވާޗުއަލް އިވެންޓްތަކާއި ވާޗުއަލް އެންކަރުތަކާއި ވާޗުއަލް ސްޓޫޑިއޯތަކާއި ޑިޖިޓަލް މެނޭޖްމަންޓާއި އެހެނިހެން ދާއިރާތަކަށް ކަމަށާއި ޔޫޒަރ އެކްސްޕީރިއަންސް އެކަށީގެން ނުވާ ކަމަށާއި ޕްރޮޑަކްޓް ސްޓިކިނެސް ފުދޭވަރުގެ ކަމެއް ނޫން،" ގްލޯބަލް ޓައިމްސްއަށް އާދީއްތަ ދުވަހު ގުއޯ ވިދާޅުވި އެވެ .
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.