މޭރީލޭންޑުން ސްޓޭޓް އޭޖެންސީ ތަކުގައި ޓިކްޓޮކް މަނާކޮށްފި

ޢާއިޝަތު ޝައިހާ 07 ޑިސެމްބަރު 2022

މޭރީލޭންޑުން ޓިކްޓޮކްއާއި، އަދި ޗައިނާއާއި ރަޝިޔާއަށް ނިސްބަތްވާ ބައެއް މަންސަތަކުގެ ބޭނުން ކުރުން މަނާ ކުރަން ނިންމާފައި ވާކަމަށް، ސްޓޭޓުގެ ސަރުކާރުގެ އިސް ފަރާތުގެ ގޮފީގެ ގަވަނަރު ލެރީ ހޮގަން އަންގާރަ ދުވަހު އިއުލާނުކޮށްފިއެވެ. މިއާއި އެކު މޭރީލޭންޑް ވެގެން ދާނީ އެކި މަންސަތަކުން ކުރިމަތިވާ ނުރައްކާތަކާއި ދެކޮޅަށް ފިޔަވަޅު އަޅާ އެންމެ ފަހު ސްޓޭޓަށެވެ.

ރިޕަބްލިކަން ގަވަނަރު، މި މަންސަތަކުގެ ބޭނުންކުރުން މަނާ ކުރާ އެމަޖެންސީ ސައިބާސެކިއުރިޓީ ރަސްމީ އެންގުމުގައި ވާ ގޮތުގައި، މި މަންސަތައް ކޮމްޕިއުޓަރުތައް މެދުވެރިކޮށް ގާނޫނާއި ޚިލާފު ގޮތަކަށް ސަރުކާރުގެ ސިއްރު މައުލޫމާތުތައް ހޯދައި، ސަރުކާރުގައި ކަން ހިނގާ ގޮތަށް ފާރަލުމުގެ އިތުރުން މީހުންގެ ޒާތީ މައުލޫމާތު އެއްކުރުމަކީ އެކަށީގެންވާ ކަމެކެވެ.

"އަޅުގަނޑުމެންގެ އާންމު ދިރިއުޅުމަށް ބޭނުންވާ ސައިބާ ވަލްނެރަބިލިޓީ ތަކަށް ވުރެ ބޮޑު ނުރައްކަލެއް އަޅުގަނޑުމެންގެ އަމިއްލަ ރައްކާތެރިކަމަށާއި ގައުމީ ސަލާމަތަށް ނޯންނާނެ،" ހޮގަންގެ ބަޔާނުގައި ބުނެފައި ވެއެވެ. "އަޅުގަނޑުމެންގެ މި ނިޒާމުތައް އިތުރަށް ރައްކާތެރި ކުރުމަށްޓަކައި، އަޅުގަނޑުމެން މި ވަނީ، އަޅުގަނޑުމެންގެ ގުޅުން ބަލިކަށިކޮށް ބައިބައި ކޮށްލުމަށް މަސައްކަތް ކުރާ ބޭރުގެ ފަންނާނުންނާއި ޖަމްޢިއްޔާތަކާއި ދެކޮޅަށް އެމަޖެންސީ ރަސްމީ އެންގުމެއް އަންގާފަ."

މޭރީލޭންޑުން މި އެންގި ރަސްމީ އެންގުން އައިސްފައިވަނީ، ސައުތް ޑަކޯޓާގެ ގަވަނަރު އަދި ރިޕަބްލިކަން އެއް ކަމަށްވާ ކްރިސްޓީ ނޮއެމް، އެ ސްޓޭޓުގައި މަސައްކަތް ކުރާ ފަރާތްތަކާއި މަސައްކަތް ހަވާލުކުރާ ފަރާތްތަކުން ސްޓޭޓްގެ ޑިވައިސްތައް މެދުވެރިކޮށް ޓިކްޓޮކްއަށް ވަނުން މަނާކުރިތާ ހަފްތާއެއް ފަހުންނެވެ. މިކަމުން އެ ފަރާތްތަކާއި ޗައިނާއާއި އޮތް ގުޅުން ހާމަވެގެން ދެއެވެ. ހޯމަ ދުވަހު ސައުތް ކެރޮލައިނާގެ ގަވަނަރު އަދި ރިޕަބްލިކަން އެއް ކަމަށްވާ ހެންރީ މެކްމާސްޓާ ވަނީ ސްޓޭޓުގެ ޑިޕާޓްމެންޓް އޮފް އެޑްމިނިސްޓްރޭޝަން ކިބައިން އެތަނުން ބަލަހައްޓާ ހުރިހާ ސްޓޭޓުގެ ސަރުކާރުގެ ޑިވައިސްތަކުން ޓިކްޓޮކް މަނާ ކުރުމަށް އެދިފައެވެ. ނެބްރަސްކާގެ ގަވަނަރު ޕީޓް ރިކެޓްސް ވަނީ އޮގަސްޓް 2020 ގައި ސްޓޭޓުގެ އިލެކްޓްރޯނިކް ޑިވައިސްތަކުން ޓިކްޓޮކް މަނާކޮށްފައެވެ.

ޔޫއެސްގެ ސިފައިންވެސް ވަނީ މިލިޓަރީ ޑިވައިސްތަކުގައި މި އެޕް މަނާކޮށްފައެވެ.

"މިއީ ނަގަން ޖެހޭ ވަރުގެ ހިރާސްއެއް ނޫން ކަން ސަރުކާރުތަކަށް މި ދަނީ ދޭހަ ވަމުން،" ޓްރެންޗްކޯޓް އެޑްވައިޒާސްގެ ކޯ-ފައުންޑަރ އަދި ކުރީގައި ބެއިޖިންގ އަދި ކައުންޓަރ އިންޓެލިޖެންސްގައި މަސައްކަތް ކުރި އެފްބީއައި ސަރުކާރުގެ އޮފިޝަލެއް ކަމުގައިވާ ހޯލްޑެން ޓްރިޕްލެޓް ބުނެފައި ވެއެވެ.

ޗައިނާ ސަރުކާރުން ޓިކްޓޮކްގެ މައުލޫމާތުތައް އެއްކުރުމާއި ގުޅޭ ގޮތުން ބަހުޘްތައް ކުރެވޭ ނަމަވެސް، ޓްރިޕްލެޓް ބުނެފައި ވަނީ އެޕުން ސާފުކޮށް ނުރައްކާތަކެއް ކުރިމަތި ވާކަން އެނގެން އޮތް ކަމަށެވެ. ސަބަބަކީ ޓިކްޓޮކްގެ ވެރިފަރާތް، ޗައިނާގެ ކުންފުނި ބައިޓްޑާންސް، ޗައިނާގެ ސެކިއުރިޓީއާއި އިންޓެލިޖެންސް އިން އެދޭ އެދުމަށް މައުލޫމާތުތައް ހިއްސާކުރަން ޖެހޭނެއެވެ. މި މައުލޫމާތުތަކުގެ ތެރޭގައި މަސައްކަތް ކުރާ ފަރާތް ހުރި ތަނާއި މުއާމަލާތު ކުރާ ފަރާތްތަކުގެ މައުލޫމާތުތައް ހިމެނުން އެކަށީގެންވެއެވެ.

ބައިޓްޑާންސްގެ ހެޑްކުއާޓާސް ސިންގަޕޫރަށް ބަދަލުކޮށްފައި ވަނީ 2020 ވަނަ އަހަރުގައެވެ.

ނިއު ޔޯކް ސިޓީ ޔުނިވާސިޓީގައި ހިލޭ ސާބަހަށް މަސައްކަތް ކުރާ ގްލޯބަލް ވިތްނެސް އެންޑް ސައިބަރ ސެކިއުރިޓީ ފޯ ޑިމޮކްރަސީގެ ޓީމުން ބުނާ ގޮތުގައި، ޓިކްޓޮކްއަށް ވަނީ އެމެރިކާގެ އިލެކްޝަންތަކާއި ގުޅޭ ދޮގު މައުލޫމާތު ހިމެނޭ އިސްތިހާރުތައް ދެނެގަންނަން ދަތިތަކާއި ކުރިމަތިލާފައެވެ.

ނަމަވެސް ޓިކްޓޮކްގެ ތަރުޖަމާނު ޖަމާލް ބްރައުން ބުނެފައި ވަނީ މަނާކުރުމުގެ ފިޔަވަޅުތަކުގެ މައްސަލަތައް "ބޮޑުވެފައި ވަނީ ކުންފުންޏާއި ގުޅޭ ދޮގު މައުލޫމާތު ތަކާއި ގުޅިގެން" ކަމަށެވެ.

"އަޅުގަނޑުމެންގެ ޒާތީ މައުލޫމާތު ހިފެހެއްޓުމާއި ސަލާމަތާއި ގުޅޭ ކަންތައްތަކާއި މެދު މަޝްވަރާ ކުރުމަށް ސްޓޭޓްގައި ގާނޫނު އެކުލަވާލާ ބޭފުޅުންނާއި ބައްދަލުކޮށް ވާހަކަ ދެއްކުމަކީ އަބަދުވެސް އަޅުގަނޑުމެންގެ އުފަލެއް،" ބްރައުން ބުނެފައި ވެއެވެ. "މުޖްތަމަޢުއެއް އެކުލަވާލާ މީހުންނާއި ގުޅުމަށް ޓިކްޓޮކް ބޭނުން ކުރި ސަރުކާރުގެ މުއައްސަސާތަކާއި، އޮފީސްތަކާއި އަދި ޔުނިވާސިޓީތަކަށް އަޅުގަނޑުމެންގެ މަންސައަށް ވަނުމަށް ދެން އެއްވެސް ހުއްދައެއް ނެތުމަކީ އަޅުގަނޑުމެން ހިތާމަ ކުރާ ކަމެއް."

ލޮސް އެންޖެލެސްގައި މަސައްކަތް ކުރާ ޓިކްޓޮކްގެ ޗީފް އޮޕަރޭޓިންގ އޮފިސަރު ވެނެސާ ޕަޕަސް، ބުނެފައި ވަނީ ކުންފުނިން އެމެރިކާގައި ޓިކްޓޮކް ބޭނުން ކުރާ ފަރާތްތަކުގެ މައުލޫމާތު ރައްކާކުރާ ކަމަށާއި، މި މައުލޫމާތުތަކަށް ޗައިނާ ސަރުކާރުގެ އިސްވެރިންނަށް ލިބުމުގެ ހުއްދައެއް ނޯންނާނެ ކަމަށެވެ.

އަދި އަންގާރަ ދުވަހުގައި، ވިސްކޮންދިންގެ ރިޕަބްލިކަނުން ކޮންގްރެސްގައި ވަނީ ޑިމޮކްރެޓިކް ގަވަނަރު ޓޯނީ އެވާސް އަށް، ވީޑިއޯ މަންސަ ޓިކްޓޮކް އެއީ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ބުނެ، ހުރިހާ ސަރުކާރު ޑިވައިސްތަކުން މި މަންސަ ޑިލީޓް ކުރުމަށް ގޮވާލާފައެވެ.


ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.