ވައިގެ ހަކަތައިގެ ރޭވުންތަކުން ޚަރަދުތައް ސަލާމަތްކުރެވޭ

ޢާއިޝަތު ޝައިހާ 10 ޑިސެމްބަރު 2022

ފޮސިލް ފިއުލް އަންދާ ޕަވަރ ޕްލާންޓްސް ތަކުގެ ބަދަލުގައި ވައިގެ ހަކަތަ ބޭނުން ކުރަން ފައްޓައިފި ނަމަ ލިބިގެންދާ ސިއްޚީ ފައިދާތައް އަޅުގަނޑުމެންނަށް ގުނާ އަދަދު ކުރެވޭ ކަން މަސަޗޫސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އިން ބުނި ނަމަވެސް، އެމެރިކާ އިން ވައިގެ ހަކަތައާއި އެއްކޮޅަށް ބަދަލުކުރާ ޕްލާންޓްތަކާއި މެދު ފަރުވާތެރިކަން ބަހައްޓައިފި ނަމަ މި ލިބޭ ފައިދާތައް 4 ގުނަ އިތުރުވެގެން ދާނެއެވެ.

އާދައިގެ ޕަވަރ ޕްލާންޓްތައް ވައިގެ ހަކަތަ ބޭނުންވާ ވަރަށް ލިބޭ ނަމަ އަބަދުވެސް އެއިން ކުރާ މަސައްކަތް ކުޑަ ކުރި ނަމަވެސް، މިކަމުގެ ފަހަތުގައިވާ ދިރާސާވެރިން ބުނާ ގޮތުގައި މަސައްކަތް ހުއްޓާލަން ބޭނުންވާ ޕްލާންޓްތައް ދެނެގަތުމަށް ގިނަ ފަހަރު ބަލަނީ އޭގެ ޚަރަދު ކުޑަ ކަމަށާއި، އެ ޕްލާންޓަކުން ބޭރުވާ ވިހަ މާއްދާ ތަކުގެ މައްޗަށް ނޫން ކަމަށެވެ.

އެމްއައިޓީ ޓީމުން ވަނީ، 2011 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރާއި ހަމައަށް އެމެރިކާގެ އެކި ހިސާބުތަކުގައި، ގަޑިއިރެއްގެ ތެރޭގައި ވިންޑް ޓާރބައިން މަސައްކަތް ކުރާ ވަރާއި ފޮސިލް ފިއުލްގެ އެހީގައި މަސައްކަތް ކުރާ ޕަވަރ ޕްލާންޓުތަކުގެ އާސާރީ މައުލޫމާތުތައް ބަލާފައެވެ. އެމީހުން އެއްކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި، އެމީހުން ނިންމާފައި ވަނީ ސަރުކާރުން ހަދާ ގަވާއިދުތަކާއި ގުޅޭ ވައިގެ ހަކަތައިގެ ސަބަބުން ވައިގެ ފެންވަރު ރަނގަޅު ވާ ކަމަށާއި، މީގެ ސަބަބުން މުޅި އެމެރިކާއިން (ޚަރަދު ކުޑަ ކުރުމުގެ ތެރެއިން) ސިއްޚީ ނަފާގެ ގޮތުގައި 2 ބިލިއަން ޑޮލަރު ލިބިގެން ދެއެވެ.

ދިރާސާގައި ވާ ގޮތުގައި، ޕަވަރ ޕްލާންޓުތަކުން ކުރިން އަޅާފައިވާ ފިޔަވަޅުތައް އެހެން ފިޔަވަޅުތަކަށް ބަދަލުކުރުމުން މި އަދަދަށް ބޮޑު ކުރިއެރުމެއް އައިސް، އެމެރިކާގެ ސިއްޚީ ނަފާގެ ގޮތުގައި 8.4 ބިލިއަން ޑޮލަރު ލިބިގެން ދިޔައެވެ. "ސިއްޚީ ދާއިރާއަށް އިސްކަން ދިނުމަކީ އެމެރިކާގައި ޖުމްލަ ގޮތެއްގައި އެންމެ ގިނަ އަދަދަށް ނަފާ ހޯދޭނެ އެންމެ ރަނގަޅު ގޮތަށް ވާއިރު، މިއީ އެކަމުގައި ރަނގަޅު ކަންތައްތަކެއް ހިމެނޭ ކަމެއް،" އެމްއައިޓީ ޕްރޮފެސަރ އަދި ދިރާސާގެ ކޯ-އޯތަރ ނޮއެލް ސެލިން ބުނެފައި ވެއެވެ.

ނަމަވެސް، ސެލިން ވަނީ މި ދިރާސާގެ ތެރެއިން ފެނުނު އެހެން ކަމެއް ފާހަގަ ކޮށްފައެވެ؛ އެމީހުންގެ މޮޑެލް ކިތައްމެ ވަރަކަށް ތަރުތީބު ކުރި ނަމަވެސް، ނަސްލީ އަދި އިޤްތިޞާދީ ސަބަބުތަކާއި ހުރެ ވައި ތަޣައްޔަރު ވުމަށް މަގުފަހި ވެގެން ދިޔައެވެ.

ފަސޭހަ، ބްރީޒީ އަދި ތަޣައްޔަރު ވުމުން ފުރިފައިވާ ކްލައިމެޓް މެޕް

އާސާރީ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، އެމްއައިޓީ ޓީމުން ވަނީ ވައިގެ ފަށަލައިގެ ކެމިސްޓްރީ ބޭނުން ކުރާ ކްލައިމެޓް މޮޑެލްއެއް ތައްޔާރު ކޮށްފައެވެ. މި މޮޑެލް މެދުވެރިކޮށް ފައިން ޕާޓިކިއުލޭޓް ތަކާއި އޯޒޯންއަށް އަމާޒުކޮށް މުޅި ގައުމުގައި ވައި ދައުރުކުރާ ގޮތާއި ބޭރުވާ މިންވަރު މޮޑެލް ކުރެވޭނެއެވެ. މި މޮޑެލްއަށް ވަނީ އެކި އާބާދީތަކަށް ތަޣައްޔަރުވުމުން ކުރާ އަސަރު ދެއްކުމަށްޓަކައި އެމެރިކާގެ ބޯހިމެނުމުގެ މައުލޫމާތު ވެސް އިތުރުކޮށްފައެވެ.

ޕްލާންޓްތަކުގައި ވައިގެ ހަކަތައާއި އެއްކޮޅަށް ފިޔަވަޅުތައް އަޅާފައިވާ ހާލަތްތައް ވަނީ 3 ގޮތަކަށް ތަރުތީބު ކުރެވިފައެވެ: އެންމެ ގިނަ ސަލްފާ ޑައިއޮކްސައިޑް އުފައްދާ ޕްލާންޓްތަކަށް ހުއްދަ ނުދިނުން، އެންމެ ގިނަ ކާބަން ޑައިއޮކްސައިޑް އުފައްދާ ޕްލާންޓްތަކަށް ހުއްދަ ނުދިނުން އަދި އާންމު ގޮތެއްގައި "ސިއްޚަތަށް އެންމެ ގެއްލުން ހުރި" ޕްލާންޓްތަކަށް ހުއްދަ ނުދިނުމެވެ. މި 3 ޙާލަތްތަކުގައި ވެސް ރަނގަޅު އަސަރުތަކެއް ފެނިގެން ދިޔަ ކަމުގައި ވިޔަސް، އެންމެ ފަހު ހާލަތުގެ ސަބަބުން ސިއްޚީ ދާއިރާއަށް ކުރި ޚަރަދުތައް 4 ގުނަ ސަލާމަތްވެގެން ދިޔައެވެ.

ކަން މިހެން އޮތް ކަމުގައި ވިޔަސް، ފަގީރު އަދި ކުދި އާބާދީތަކުން މި ކަމުން ލިބުނު ނަފާ ކުޑައެވެ. އަސްލު މައުލޫމާތުތަކުން މި އާބާދީތަކަށް 30 އިންސައްތައިގެ ސިއްޚީ ނަފާ ލިބިގެން ދިޔަކަން ފެންނަން އޮތް ނަމަވެސް، ތަފާތުތަކަށް ބަދަލެއް ނައިސް ދެމިއޮތެވެ.

"އަޅުގަނޑުމެން މި ވަނީ މަގުގެ ނިމުމާއި ހަމައަށް ފޯރާފަ. ދެން ޑިސްޕްލޭސް ކުރަން ވީ ކޮން ޕްލާންޓް ތަކެއްތޯ ބެލުމުގައި ވިސްނުންތެރި ވެގެން ނޫނީ މި ތަފާތުތަކަށް ހައްލެއް ނުހޯދޭނެ،" ސެލިން ބުނެފައި ވެއެވެ.

މިފަދަ މޮޑެލް އެއް އެންމެ ފުރިހަމަ ގޮތުގައި މަސައްކަތް ކުރާނެ ކަމަށް ދެކުމަކީ ކުރެވޭނެ ކަމެއް ނޫން ކަން އެމްއައިޓީ އިން ވަރަށް ރަނގަޅަށް ދަނެއެވެ. މި މޮޑެލް އިން ކުރާ ކަމަކީ، އަލުން އިއާދަ ކުރެވޭ ތަކެތިތައް ގްރިޑްއަށް ސެންޓްރަލް ވަމުން ދާ ވަރަކަށް ޕަވަރ ޕްލާންޓުތައް ވަކި އިންތަކެއްގެ ތެރޭގައި ގެންގުޅުމަށްޓަކައި ޚަރަދު ކުޑަ ކުރުމާއި އެކު ސިއްޚީ ފައިދާތަކަށް ބަލާނެ މަގެއް ފަހިކޮށްދިނުމެވެ.

"އަޅުގަނޑުމެންގެ ދައުރަކީ މި ގޮންޖެހުންތަކާއި ކުރިމަތިލާނެ އެންމެ ރަނގަޅު ރޭވުންތައް ރޭވުން،" ސެލިން ބުނެފައި ވެއެވެ. މި ދިރާސާއިން ކުރަން ވަކި ކަންތައްތަކެއް ފާހަގަކޮށްފައި ނުވާ ނަމަވެސް، ތަފާތުތަކާއި ދުރުވުމަށް "ވަކި ޚާއްސަ ކަންތައްތަކެއް ކުރަން ޖެހޭ" ކަން ވަނީ ފާހަގަކޮށްފައެވެ.

މި މޮޑެލް އިން ވަކި އަމާޒެއް ފޯރުކޮށްދޭ އިރު، ފާހަގަކޮށްލަން ޖެހޭ ކަމަކީ 2021 ވަނަ އަހަރުގެ ޖަނަވަރީ މަހު އެމެރިކާ ސަރުކާރުން ބުނެފައިވާ ގޮތުގައި "ސާފު ހަކަތައިގެ ސަރަހައްދުތަކުގެ ވުނަކުރުންތައް ހިމެނޭހެން، ބައެއް ފެޑެރަލް ވުނަތަކުގެ 40 އިންސައްތަ ދާނީ ފަގީރު އާބާދީތަކަށެވެ."

މިއީ ދިރާސާގައި ފާހަގަކުރި ކަންތައްތަކާއި ސަރުކާރުން އަމާޒު ހިފާފައިވާ ގޮތާއި މެދުގައިވާ 10 އިންސައްތައިގެ ތަފާތެކެވެ. އަދި މިފަދަ ބައެއް ސޯސްތައް ހޯދުމަށް ސެލިންގެ ޚިޔާލެއް ވެއެވެ. އެއީ ކަރަންޓު ދާއިރާގެ ބޭރުން ހޯދުމެވެ.

"ވައި ތަޣައްޔަރުވުމުގައި ހުރި ތަފާތުތައް ދެނެގަތުމަށްޓަކައި، ވައި ތަޣައްޔަރުވާ އެހެން ސަބަބުތަކަށް ބަލައި، ޕްލާންޓްތައް ހުންނަ ސަރަހައްދުތަކާއި މީހުން ދިރިއުޅޭ ހިސާބުތައް ދެނެގަތުމަށްޓަކައި އޭގެއަޑީގައިވާ ސިސްޓަމެޓިކް ސަބަބުތަކަށް ބަލަން ވާނެ،" ސެލިން ބުނެފައި ވެއެވެ.

ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.