މައިކްރޯ ސޮފްޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ސަތިޔާ ނަޑެއްލާގެ ވިސްނުންވަރަށް ރަނގަޅު ކަމުގައި ގިނަބަޔަކު ޤަބޫލުކުރެއެވެ. ޚާއްޞަކޮށް ޓެކްނޮލޮޖީ ވިޔަފާރިތަކާމެދު އޭނާ ދެކޭގޮތް ނުވަތަ ޓެކް ވިޔަފާރީގެ މައިދާނުގައި މައިކްރޮސޮފްޓްގެ ކާމިޔާބީ ތަކަކީ ނަޑެއްލާގެ ހިކުމަތްތެރި ރޭވުންކަމުގައި ގިނަބަޔަކު ބުނެއެވެ.
ޓެކްނޮލޮޖީގެ ދާއިރާއިން އެންމެ އުހަށް 2014 ވަނަ އަހަރު ޕްރޮމޯޓްވި ފަހުން ނަޑެއްލާ ވަނީ އަގުބޮޑު ވިޔަފާރިތަކެއް ފަށައިފަ އެވެ. އެކަން ފެށުނީ ހިޓް ގޭމް މައިންކްރާފްޓް 2.5 ބިލިއަން ޑޮލަރަށް ގަތް ހިސާބުން ފެށިގެންނެވެ. އޭގެ ފަހުން މައިކްރޮސޮފްޓުން ވަނީ ލިންކްޑްއިން 26 ބިލިއަން ޑޮލަރަށް އަދި ސްޕީޗް ރިކޮގްނިޝަން އާއި އާޓިފިޝަލް އިންޓެލިޖެންސް ސޮފްޓްވެއާ ޑިވެލޮޕަރު ނިއުއެންސް 20 ބިލިއަން ޑޮލަރަށް ގަނެފަ އެވެ. މީގެ އިތުރުން އެންމެ ބޮޑުއަގަކަށް އަދި މިހާތަނަށް މައިކްރޯސޮފްޓުން ގަތް ގޭމް އުފައްދާ ކުންފުނި އެކްޓިވިޝަން ބްލިޒާޑްވެސް 69 ބިލިއަން ޑޮލަރަށް ވަނީނަގާފައެވެ.
އަދި ހަމަ އެއާއެކު ދުނިޔޭގެ ވަރަށް ގިނަބައެއްގެ ޚާއްޞަކޮށް ޒުވާނުންގެ މަޤުބޫލުކަން ހޯދި"ކޯލް އޮފް ޑިއުޓީ" އުފެއްދި ކުންފުނި އެކްޓިވިޝަންގެ މިލްކްވެރިކަމާއެދު މައިކްރޮސޮފްޓުން ދަނީ އެމެރިކާގެ ޓްރަސްޓްބަސްޓާތަކާ ހަނގުރާމަ ކުރަމުންނެވެ. ގޭމިންގެ ދާއިރާގައި އެންމެ ބޮޑު ކުންފުނި އެކްސްބޮކްސް އާ އެކްޓިވިޝަންއާއި އެއް ފުރާޅެއްގެ ދަށުގައި ނުވަތަ އެ ދެކުންފުނި އެއްކޮލުމަށް މައިކްރޯސޮފްޓުން ގެންގުޅޭ ވިސްނުމުގެ ސަބަބުން މާކެޓް ޑޮމިނޭޝަނާ މެދު ރެގިއުލޭޓަރީ ކަންބޮޑުވުންތަކެއް ވަނީ އުފެދިފަ އެވެ.
ވާދަވެރިންގެ ބައެއް ފިއްތުންތަކާ ހުރެ ނަޑެއްލާއަށް ވީޑިއޯ ގޭމް ކުންފުނި "އެކްޓިވިޝަން" ގެއްލުނު ކަމުގައި ވިޔަސް، ނެޓްފްލިކްސް މިލްކުކުރުމަކީ ސްޓްރެޓެޖިކް ޕްލޭނެއްގެ ދަށުން މައިކްރޯސޮފްޓަށް ބޮޑުފައިދާއެއް ލިބިގެންދާނެ އަދި ވޮޝިންޓަން އާއި ބްރަސެލްސްގައި ފަސޭހައިން މާކެޓް ކުރެވިދާނެ ވިޔަފާރިއެއް ކަމަށް ވެދާނެ އެވެ.
މައިކްރޯ ސޮފްޓާއި ނެޓްފްލިކްސް އަކީ މިހާރުވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ދެ ކުންފުންޏެކެވެ. އެގޮތުން ނެޓްފްލިކްސް އިން ވަނީ އެޑްވަޓައިޒިން ސަޕޯޓްކުރާ އާ ސަބްސްކްރިޕްޝަން ހިދުމަތެއްގެ އެޑްވަޓައިޒިން ޕާޓްނަރަކަށް މައިކްރޮސޮފްޓް ހޮވައިފަ އެވެ. އަދި އޭގެ އިތުރުން މައިކްރޮސޮފްޓްގެ ރައީސް ބްރެޑް ސްމިތު ވެސް ނެޓްފްލިކްސްގެ ބޯޑުގައި އިންނަވަ އެވެ.
އެހެންކަމުން މައިކްރޯސޮފްޓުން ނެޓްފްލިކްސް ގަތުމުގެ އެއްބަސްވުމަކަށް އައުމުގެ ފުރުޞަތު ބޮޑުވެގެން ދާނެކަމަށް ދިރާސާވެރިން ދެކޭއިރު، ނެޓްފްލިކްސް މައިކްރޯސޮފްޓުން ގަތުމަށް ބޭނުންވާ ސަބަބުތަކުގެ ތެރޭގައި މައިކްރޮސޮފްޓުން ބޭނުންވަނީ ގިނަ ޑިވައިސްތަކެއްގެ މައްޗަށް ވީޑިއޯ ގޭމް ސްޓްރީމިންގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށް ދިރާސާވެރިން ލަފާކުރައްވައެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.