ޔޫޓިއުބް ރީޑިޒައިން: އާ ފީޗާތަކާއި ތަފްސީލްތައް

ހަސަން ޒަޔާން 26 ޑިސެމްބަރު 2022

ޔޫޓިއުބް ރީޑިޒައިންއިން ލޯންގް ފޯމް ވީޑިއޯ، ޝޯޓްސް އަދި ލައިވް ވީޑިއޯތަކަށް ޗެނަލް ޕޭޖްތަކުގައި އެމީހުންގެ އަމިއްލަ ޓެބްތައް ލުމުގެ ފުރުސަތުތަ ލިބެއެވެ.

ޔޫޓިއުބުން އަންނަނީ އެ ކުންފުނީގެ ޕްލެޓްފޯމްގައި ވީޑިއޯތައް ފެންނަ ގޮތަށް ބަދަލުތަކެއް ގެންނަމުންނެވެ. އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ވީޑިއޯ ކޮންޓެންޓް މިހާރު ހުރިހާ ޗެނަލް ޕޭޖްތަކެއްގައި ތަފާތު ތިން ޓެބަކަށް ބަހާލާފައިވާ ކަމަށާއި އެއް ޓެބަކީ ޔޫޓިއުބްގެ ޓްރެޑިޝަނަލް ލޯންގް ފޯމް ކޮންޓެންޓް، ޔޫޓިއުބް ޝޯޓްސް އަށް އެކަނި އަދި ލައިވް ވީޑިއޯތަކަށް ތިން ވަނަ ޓެބެއް ކަމަށެވެ.

މި ބަދަލުތަކުގެ ސަބަބުން ޔޫޓިއުބުގެ ވީޑިއޯތައް ބަލާލަން ބޭނުންވާ ކެޓަގަރީތަށް ފަސޭހަކަމާއެކު ބަލައިލެވޭނެ އެވެ.

ޔޫޓިއުބުން ބުނީ މިއީ ޔޫޒަރ ފީޑްބެކްގެ މައްޗަށް ބިނާކޮށް ގެމެސްފައިވާ ބަދަލެއްކަމަށެވެ.

އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ ކްރިއޭޓަރެއްގެ ޗެނަލް ޕޭޖެއް އެކްސްޕްލޯ ކުރާއިރު އެންމެ ޝައުގުވެރިވާ ކަހަލަ ކޮންޓެންޓަކަށް ނެވިގޭޓް ކުރަން ބޭނުންވާ ކަން ބެލުންތެރިންގެ ފަރާތުން އަޑުއިވި، މި މޭކްއޯވާ އަށް މަގުފަހިވާ ކަމަށެވެ.

މި އަޕްޑޭޓްގެ މާނައަކީ ޗެނަލް ޕޭޖުގެ މައި ވީޑިއޯ ޓެބްގައި ޝޯޓްސްގެ ކޮންޓެންޓާއި ލައިވް ސްޓްރީމްތައް މިހާރު ނުފެންނާނެ ކަމަވެ.

ނަމަވެސް ޝޯޓްސް ބަލަން ލޯބިކުރާ މީހުންނަށް ރީޑިޒައިންގެ ސަބަބުން ޔޫޓިއުބަށް އިތުރު ޝޯޓް ފޯމް ވީޑިއޯތަކަށް ޑައިރެކްޓް ކުރެވޭނެ މަގު ފަހިކޮށްދެ އެވެ.

މިހާރު މައި ޔޫޓިއުބް އެޕްގައި ޝޯޓްސް ފީޑްގައި ޝޯޓްސް ވީޑިއޯތައް ބެލުމަށްފަހު ކްރިއޭޓަރުގެ ޗެނަލަށް ނެވިގޭޓް ކުރާއިރު، އިތުރު ޝޯޓްސް ކޮންޓެންޓް ބެލުމަށް ސީދާ މި އާ ޝޯޓްސް ޓެބަށް ނެވިގޭޓް ވާނެއެވެ. މީގެ ސަބަބުން ޝޯޓްސްއަށް ޔޫޓިއުބުން ދެކޭ ގޮތް އިތުރުކުރެވިދާނެއެވެ.

މި ބަދަލުތަކާ ބެހޭ ގޮތުން ޔޫޓިއުބްގެ ޕޯސްޓަށް ރައްދުދީ ޓްވިޓާގައި މީހުންގެ ފީޑްބެކް ރަނގަޅުވެފައިވާއިރު، ކޮންމެ ބާވަތެއްގެ ކޮންޓެންޓަކަށް ވެސް ވަކި ކެޓަގަރީއެއް ދީފައިވާތީ އެކަމަށް ތައުރީފު ކުރަމުން އަންނަ ކަމަށް ފާހަގަކުރެވެއެވެ.

ފޮޓޯ ކްރެޑިޓްސް: ޔޫޓިއުބް

ޔޫޓިއުބުން ބުނީ ޓެބްޑް ރީޑިޒައިން މިހާރު ތައާރަފްކުރަން ފަށާފައިވާ ކަމަށާއި ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ހުރިހާ ޑިވައިސްތަކެއް ބޭނުންކުރާ ފަރާތްތަކަށް ވެސް މި އަޕްޑޭޓް ލިބޭނެ ކަމަށެވެ.

ހަސަން ޒަޔާން

ހަސަން ޒަޔާން

ޑިވެލޮޕާރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.