ސެމްސަންގުން އެމެރިކާގެ 98 ޕޭޓެންޓް ހުވާވޭއަށް ބަދަލުކޮށްފި

އަޙްމަދު ދާއޫދު 27 ޑިސެމްބަރު 2022

ފާއިތުވި ދުވަސްތަކުގައި ސެމްސަންގާއި ހުވާވޭ ގުޅިގެން މަސައްކަތް ކުރާ ކަމުގެ އެކި ވާހަކަތައް ވަނީ ފެތުރިފަ އެވެ. އޮންލައިން ބައެއް ރިޕޯޓުތަކުގައި ބުނެފައި ވަނީ ހުވާވޭއިން ސެމްސަންގް އަދި އޮއްޕޯ ފަދަ ބައެއް ބްރޭންޑްތަކަށް އެ ކުންފުނީގެ 5ޖީ އަދި 5ޖީ ނޫން ބައެއް ޕޭޓެންޓްތައް ބޭނުން ކުރުމުގެ ހުއްދަ ދީފައިވާ ކަމަށެވެ. އަދި އެލެކްގެ އާ ރިޕޯޓެއްގައި ބުނެފައި ވަނީ ސެމްސަންގުން މިދިޔަ މަހު އެމެރިކާގައި އެ ކުންފުނީގެ ހިއްސާ އޮންނަ 98 ޕޭޓެންޓް ވާވޭ އަށް ޓްރާންސްފާ ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ސެމްސަންގުން 2019 ވަނަ އަހަރު ވާވޭއަށް ބަދަލުކުރި 81 ޕޭޓެންޓް ވެސް ހިމެނެ އެވެ. މިހާތަނަށް ދެކުނު ކޮރެއާގެ ކުންފުނިން ވަނީ ޖުމްލަ 179 ޕޭޓެންޓް ހުވާވޭއަށް ބަދަލުކޮށްފަ އެވެ.

ސެމްސަންގް އާއި ވާވޭގެ ޕޭޓެންޓް މައްސަލަ ނިމުމަކަށް ގެނައުމަށް ކްރޮސް ލައިސަންސް އެއްބަސްވުމެއްގައި ސޮއިކުރީ 2019 ވަނަ އަހަރު އެވެ. ސެމްސަންގުން ހުވާވޭއަށް ބަދަލުކުރި ޕޭޓެންޓްތަކުގެ އަދަދަކީ އެ މީހުންގެ ކްރޮސް ލައިސަންސް އެއްބަސްވުމުގައި ހުރި ތަފާތަކަށް ވެދާނެ ކަމަށް ބެލެވެ އެވެ. މި ފަހަރު އެއްބަސްވުން އާކުރުމާ ގުޅުން ހުރި ކަމަށް ބެލެވެ އެވެ. އޭގެ ތެރޭގައި ޓެލެކޮމިއުނިކޭޝަން، ޗާޖިން، ކެމެރާ، ޑިސްޕްލޭ އަދި އެހެނިހެން ކަންކަމާ ގުޅޭ ޕޭޓެންޓްތައް ހިމެނެ އެވެ. ކޮރެއާގެ ރަޖިސްޓްރީގައި ހިމެނޭ އެމެރިކާގެ ބައެއް ފެމިލީ ޕޭޓެންޓްތައް ވެސް ވަނީ ހަވާލުކޮށްފަ އެވެ.

ކްރޮސް ލައިސަންސިން ޑީލެއްގައި ބައެއް ފަހަރު އެއް ފަރާތަކުން އަނެއް ފަރާތަށް ވުރެ ގިނައިން ލައިސަންސް ފީ ދައްކަ އެވެ. އެއީ ދެ ފަރާތުގެ މެދުގައި ޕޭޓެންޓްގެ އަދަދާއި ކޮލިޓީ ތަފާތުވުމުގެ ސަބަބުންނެވެ. 2016 ވަނަ އަހަރު ވެސް ޝައުމީ އާއި މައިކްރޮސޮފްޓުން ވަނީ އެފަދަ ކްރޮސް ލައިސަންސިން އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ހުވާވޭ އާއި ސެމްސަންގް ޕޭޓެންޓް މައްސަލަ

ސެމްސަންގާއި ވާވޭއާ ދެމެދު އުފެދިފައިވާ ޕޭޓެންޓް ޑިސްޕިއުޓްގައި ޓެލެކޮމްއާ ގުޅުންހުރި ޕޭޓެންޓްތައް ހިމެނޭއިރު، ވާވޭގެ އަތުގައި އިތުރު ޕޭޓެންޓްތަކެއް އެބަހުއްޓެވެ. ކްރޮސް ލައިސަންސް އެއްބަސްވުމުގައި މައިގަނޑު ގޮތެއްގައި 5ޖީ ޕޭޓެންޓް ހިމެނޭތީ ސެމްސަންގުން ޕޭޓެންޓް ޓްރާންސްފާ ކުރާނެ ކަމަށް ބެލެވެ އެވެ. މިގޮތުން ހުވާވޭއަށް ވުރެ ސެމްސަންގްގެ ޕޭޓެންޓް މަދުކަން ފާހަގަކޮށްލެވެއެވެ. އޮނަރ މޯބައިލް ފޯނު ބްރޭންޑް މަނާކޮށް ސްޕިން ކުރުމަށް އެކި އެކި ސަބަބުތަކާ ކުރިމަތިލާން ޖެހުނު ހިސާބުން ފެށިގެން ހުވާވޭ އިން އަންނަނީ ޕޭޓެންޓް ލައިސަންސިން އާމްދަނީ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ހަގީގަތުގައި ޕޭޓެންޓްތަކުން އެ ކުންފުންޏަށް ލިބޭ އާމްދަނީ ދަނީ އިތުރުވަމުންނެވެ.

ހުވާވޭއިން އޮޕޯ ގުއާންޑޮންގް މޮބައިލް ކޮމިއުނިކޭޝަންސް ކޮމްޕެނީ، ލިމިޓެޑާއެކު 5ޖީ ސްޓޭންޑާޑްސް އާއި އެހެނިހެން ޒަރޫރީ ޕޭޓެންޓް ޓެކްގެ ދަށުން ގްލޯބަލް ޕޭޓެންޓް ކްރޮސް ލައިސަންސް އެއްބަސްވުމެއްގައި ސޮއިކުރިކަން އިއުލާނު ކުރުމާ އެކު، ހުވާވޭ އާއި ސެމްސަންގް ގްރޫޕުން ވެސް ވަނީ އެ ދެ ކުންފުނީގެ ސްޓޭންޑަޑް އެސެންޝަލް ޕޭޓެންޓް ޕެކޭޖްތަކުގެ ކްރޮސް ލައިސަންސިން އެއްބަސްވުމަކަށް އައިސްފަ އެވެ.

ޕޭޓެންޓް ކްރޮސް ލައިސަންސިން ޑީލްތަކަކީ އާންމުގޮތެއްގައި ރަނގަޅު ޕެޓެންޓެއް އޮންނަ ދެ ބްރޭންޑެއް ނުވަތަ އެއަށްވުރެ ގިނަ ބްރޭންޑެއް، ވަކި ޝަރުތުތަކެއްގެ ދަށުން އެކަކު އަނެކަކަށް ރަނގަޅު ޕޭޓެންޓް ރައިޓްސްގެ ލައިސަންސް ދިނުމެވެ. ޕޭޓެންޓް ކްރޮސް ލައިސަންސިން އިން ދައްކުވައިދެނީ އިންޓަލެކްޗުއަލް ޕްރޮޕަޓީ ރައިޓްސް އަށް ޕާޓީތަކުން ކުރާ އިހުތިރާމެވެ. ހަމައެއާއެކު ޕޭޓެންޓް ބޭނުންކުރުމުގެ ޚަރަދު ވެސް ކުޑަކޮށްދެއެވެ. މިއީ ޓެކްނިކަލް އެކްސްޗޭންޖްތައް ކުރިއެރުވުމަށާއި ރިސާޗް އެންޑް ޑިވެލޮޕްމަންޓަށް މަގުފަހިވާ ކަމެކެވެ. އަދި މާކެޓަށް ރަނގަޅު ޕްރޮޑަކްޓްތަކެއް ވެސް ފޯރުކޮށްދެ އެވެ.

ސެމްސަންގްގެ މޮބައިލް ޑިވިޝަނުން އާ ޗިޕް ޑެވްއެއް އުފައްދަނީ.

މޮބައިލް ފޯނުގެ ބާޒާރުގައި ސެމްސަންގް އެގްޒިނޯސް ޗިޕްސް އެެހާ ގިނައިން ނުފެނެ އެވެ. މި ސަބަބަށްޓަކައި ސެމްސަންގްގެ އަމިއްލަ ޗިޕްތަކެއް ހުރި ނަމަވެސް ސްނެޕްޑްރެގަން ހައި އެންޑް ޗިޕްސް ބޭނުންކުރަން މަޖުބޫރުވެއެވެ. މިދިޔަ މަހު ބޭއްވި ކުއާޓާ 4 ގެ އާނިންސް ކޯލްގައި ކުއަލްކޮމް އިން ބުނީ ގެލެކްސީ އެސް23 އިން ދުނިޔޭގެ ފެންވަރުގައި ބޭނުންކުރާނީ އެސްޑީ8 ޖެން 2 ޗިޕް ކަމަށެވެ. އަންނަ ތިން ފޯނު (ސެމްސަންގް ގެލެކްސީ އެސް23، އެސް23 ޕްލަސް، އަދި އެސް23 އަލްޓްރާ) ވަނީ ގީކްބެންޗުން ފެނިފަ އެވެ. ގީކްބެންޗް ލިސްޓިންއިން އެނގޭ ގޮތުގައި އެ ހުރިހައި ފޯނެއްގައިވެސް ބޭނުންކުރަނީ ސްނެޕްޑްރެގަން 8 ޖެން 2 ޗިޕް އެވެ. ނަމަވެސް ސެމްސަންގުން އިން ހައުސް ޗިޕް އުފެއްދުމުގެ ޕްލޭންތައް ދޫކޮށްލާފައި ނުވާ ކަމަށް އެލެކް އިން ގަބޫލުކުރެ އެވެ.

އެތައް އަހަރެއް ވަންދެން ސެމްސަންގުން އެކުންފުނީގެ އެގްޒިނޯސް ޗިޕްސް އުފެއްދުމުގެ މަސައްކަތް ސެމްސަންގްގެ ސިސްޓަމް އެލްއެސްއައި ޑިވިޝަނަށް ފޯރުކޮށްދިނެވެ. މިއީ ސެމްސަންގްގެ އެމްއެކްސް (މޮބައިލް އީއެކްސްޕީރިއަންސް) ޑިވިޝަނާ ވަކި ން އުފައްދާފައިވާ ކުންފުންޏެކެވެ. ސެމްސަންގުން މިހާރު އަންނަނީ އެ ކުންފުނީގެ މޮބައިލް ޑިވިޝަންގެ ތެރޭގައި އާ ޗިޕް/އޭޕީ ޑެވް ޓީމެއް އުފައްދަމުންނެވެ. މި ޔުނިޓުގައި އިސްކޮށް ހުންނަވާނީ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް ޗޮއި ވޮން-ޖޫން އެވެ. އޭނާ ސެމްސަންގްއާ ގުޅުނީ 2016 ވަނަ އަހަރު ކުއަލްކޮމް އިންނެވެ.

ސެމްސަންގުން ގެލެކްސީ އެސް ސީރީޒްގެ ފުރަތަމަ އެކްސްކްލޫސިވް ކަސްޓަމް ޗިޕް 2025 ވަނަ އަހަރު ނެރެން އުޅޭ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. ނަމަވެސް 2023 ވަނަ އަހަރާއި 2024 ވަނަ އަހަރު އާ އެގްޒިނޯސް ހައި އެންޑް ޗިޕެއް ތައާރަފް ކުރުމުގެ ވިސްނުމެއް މިވަގުތު އެ ކުންފުނިން ނުގެންގުޅެ އެވެ.

ހުވާވޭގެ އާ ޕެޓެންޓުން އެއާކްރާފްޓް އެއާ ޓްރާންސްޕޯޓްގެ އެފިޝަންސީ ރަނގަޅު ކުރެވޭނެ

ހުވާވޭ އަކީ "މޯބައިލް ފޯން" ބްރޭންޑެއްގެ ގޮތުގައި ގިނަ ބަޔަކު ދެނެގަންނައިރު، މޯބައިލް ފޯނަށް ވުރެ ޗައިނާގެ އެ ކުންފުނިން ގިނަ ކަންތައްތަކެއް ކުރެ އެވެ. ހުވާވޭއަކީ މުވާސަލާތީ ދާއިރާއިން ފެށިގެން ސްމާޓް ކާރުތަކާ ހަމައަށް އާންމު ޓެކްނޮލޮޖީގައި ހިމެނޭ ކުންފުންޏެކެވެ. ޗައިނާ ޕޭޓެންޓް ޕަބް އަންނޫގައި ބުނެފައިވެއެވެ. ސްޓޭޓް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ (އެޕްލް. ޕަބް. ނަންބަރު: ސީއެން115470881އޭ)، ވާވޭ ޓެކް، "މެތަޑް އެންޑް ޑިވައިސް ފޯ ޑިޒައިނިން އެއާކްރާފްޓް ފްލައިޓް ސްޓްރެޓެޖީ" ގެ ނަމުގައި ޕޭޓެންޓަކަށް އެދުނެވެ. އެ އޮފީހުން ވަނީ ހުވާވޭ ޓެކް އަށް ވެސް ޕޭޓެންޓް ދީފަ އެވެ.

ޕޭޓެންޓްގެ އެބްސްޓްރަކްޓުން އެނގެނީ މަތިންދާބޯޓެއްގެ ފްލައިޓް ސްޓްރެޓެޖީ ކަނޑައެޅޭނެ މެތަޑަކާއި ޑިވައިސްއެއް ފޯރުކޮށްދޭ ކަމެވެ.

ޕޭޓެންޓް ސަމަރީއިން ދައްކާ ގޮތުގައި މެތަޑްގައި ހިމެނެނީ:

ފުރަތަމަ މޮޑެލް ހޯދުން، ފުރަތަމަ މޮޑެލް ބިނާވެފައި ވަނީ ފުރަތަމަ ތަމްރީނުގެ ޑޭޓާގެ މައްޗަށެވެ

ތަމްރީނުގެ ތެރެއިން ހޯދާ އެސް620 އާ އެއްގޮތްވާ ގޮތުގެ މަތިން ފުރަތަމަ ޕެރަމިޓަރ ހޯދުން

ތިންވަނަ މަތިންދާބޯޓު އެސް630 ގެ ފްލައިޓް ސްޓްރެޓެޖީ ހޯދުމަށް ފުރަތަމަ މޮޑެލްއަށް ފުރަތަމަ ޕެރަމިޓަރ އިންޕުޓް ކުރުން

މި މެތަޑް މެދުވެރިކޮށް މަލްޓި އެޖެންޓަށް ގިނަ އަދަދެއްގެ ތަމްރީނާއި އުނގެނުމުގެ ތެރެއިން މަތިންދާބޯޓުގެ މަގު އަމިއްލައަށް އިޚްތިޔާރު ކުރެވޭނެ އެވެ. އަދި އެ މަގުގައި މަތިންދާބޯޓުގެ ސްޕީޑް ވެސް އެޑްޖަސްޓް ކުރެވިދާނެ އެވެ. މީގެ ސަބަބުން ޓާމިނަލް ސަރަހައްދުގައި ފްލޯ ޑިސްޓްރިބިއުޓް ކުރުން އޮޕްޓިމައިޒްކޮށް ވައިގެ ދަތުރުފަތުރުގެ އެފިޝަންސީ ރަނގަޅު ކުރުމަށް ވެސް މަގުފަހިވެގެންދާނެ އެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.