ސޮނީއިން ޕްލާސްޓިކް ޕެކޭޖިންގް ބޭނުންކުރުން ހުއްޓާލަނީ!

ފާޠިމަތު އައިން ލަބީޤް 30 ޑިސެމްބަރު 2022

އަންނަ އަހަރުން ފެށިގެން ސްމާޓްފޯންތަކާއި ކެމެރާ ފަދަ ކުދި އިލެކްޓްރޯނިކްސްތަކުގެ ޕްލާސްޓިކް ޕެކޭޖިންގް އުވާލަން ފަށާނެކަމަށް ސޮނީއިން އިއުލާންކޮށްފިއެވެ.

އަންނަ އަހަރުގެ އޭޕްރިލް އިން ފެށިގެން 1 ކިލޯ ނުވަތަ އެއަށްވުރެ ކުޑަ އުފެއްދުންތަކުގައި ޕްލާސްޓިކް ޕެކޭޖިންގް ބޭނުންނުކުރާނެއެވެ.

ޖަޕާނުގެ ކޮންގޮލޮމަރޭޓެއްކަމަށްވާ ސޮނީގެ އަމާޒަކީ 2025 ވަނަ އަހަރުގެ ނިޔަލަށް ޕްލާސްޓިކް ޕެކޭޖިންގް ބޭނުންކުރުން މުޅިން ހުއްޓާލުމެވެ.

"ޕްލާސްޓިކްގެ ބަދަލުގައި ދެން އަޅުގަނޑުމެން ބޮޑަށް ބޭނުން ކުރާނީ ކަރުދާސް އާއި ބޭމްބޫ، ކަރުދާސް އަދި ޝުގާރ ކޭން ބެޏުންކޮށްގެން ހަދާފައިވާ "އޮރިޖިނަލް ބްލެންޑެޑް މެޓީރިއަލް." ސޮނީގެ ތަރުޖަމާނަކު ވިދާޅުވިއެވެ.

ސޮނީއިން ދަނީ ޓީވީފަދަ ބޮޑެތި އިލެކްޓްރޯނިކްސްގެ ޕްލާސްޓިކް ޕެކޭޖިންގްވެސް ބޭނުންނުކުރުމަށް ކަނޑައަޅާފައެވެ. ނަމަވެސް މިކަން ކުރާނެ ވަކި މުއްދަތެއް އަދި ނިންމާފައެއް ނުވެއެވެ.

އަންމު ގޮތެއްގައި ގިނަ އެއްޗެހި ޕެކޭޖުކުރަން ބޭނުންކުރާ ޕްލާސްޓިކް އަކީ ގުދުރަތީ ގޮތުން ފަސޭހައިން ނައްތާލެވޭ އެއްޗެއް ނޫނެވެ.

ސޮނީއިން ވަނީ 2050ވަނަ އަހަރުގެ ނިޔަލަށް އެކުންފުނީގެ ހުރިހާ އުފެއްދުންތަކާއި ވިޔާފަރީގެ ހަރަކާތްތަކުގައި "ޒީރޯ އެންވާރޮމެންޓަލް ފުޓްޕްރިންޓް" ބޭނުންކުރުމަށްވެސް ގްލޯބަލް ޕްރޮޖެކްޓެއް އިއުލާންކޮށްފައެވެ.

ފާޠިމަތު އައިން ލަބީޤް

ފާޠިމަތު އައިން ލަބީޤް

ފްރީލޭންސް ލިޔުންތެރިޔެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.