މިއަހަރު ގެއަށް އިތުރުކޮށްލެވޭނެ ސްމާޓް ޑިވައިސްތަކެއް

ޝުޖާޢަތު ރަޝީދު 01 ޖެނުއަރީ 2023


ޓެކަށް ލޯބިކުރާ މީހެއްނަމަ މިހާރު ގޭގައި ސްމާޓް އެޕްލައަންސް ނުގެންގުޅޭ މީހުން މަދުވާނެއެވެ. މިއީ ގޭތެރޭގެ ކަންތައްތައް އޮޓޮމޭޓް ކުރުމަށް އެހީއެއް ގޮތުގައި ގިނަ ބަޔަކު ބޭނުން ކުރާ ޑިވައިސްތަކެކެވެ.

ކުރިއަރަމުންދާ ކޮންސިއުމާ ޓެކްނޮލޮޖީ ދިރާސާ ކުރާ ފާމެއް ކަމުގައިވާ ޕާކްސް އެސޯސިއޭޓްސްއިން 2022 ވަނަ އަހަރު އޮކްޓޯބަރު މަހު އެމެރިކާގެ 10،000 ގެއެއް ދިރާސާކޮށްފައިވެއެވެ. މި ދިރާސާގެ ރިޕޯޓުން ހާމަވާ ގޮތުގައި 27 އިންސައްތަ ގެއަށް ސްމާޓް ހޯމް ޑިވައިސް ފާއިތުވެގެންދިޔަ 12 މަސް ތެރޭގައި ގަނެފައިވެއެވެ.

ހަމަ މި ރިޕޯޓުން ހާމަވާ ގޮތުގައި 44 އިންސައްތަ އެމެރިކާގެ ގެތަކުން ސްމާޓް ޑިވައިސް ގަތުމަށް ޕްލޭންކޮށްފައިވެއެވެ.

އެންމެ މަޤުބޫލުކަން ޓިކްޓޮކުގައި 4.2 ބިލިއަން ވިއުއާއިއެކު ހޯދަމުންދަނީވެސް ސްމާޓް ހޯމް ޓްރެންޑް ވީޑިއޯތަކުންނެވެ.

ދެން ވިސްނާލެވެނީ ސްމާޓް ހޯމް ޑިވައިސްތަކުގެ ތެރެއިން އެންމެ ރަނގަޅީ ކޯއްޗެއްތޯއެވެ. މިފަދަ ސްމާޓް ހޯމް ޑިވައިސްއެއް ގެންގުޅުމުގެ ކުރިން ޑޭޓާ ޕްރައިވެސީއަކީ ސައިބާސެކިއުރިޓީ އެކްސްޕާޓުން ބުނާ ގޮތުގައި އެންމެ އިސްކަމެއް ދޭންވީ އެެއްކަމެވެ.

އެއީ، މީގެ ބައެއް ޑިވައިސްތަކަކީ އަހަރެމެންނަށް އަބަދު އަޑުއަހަންތިބޭ ޑިވައިސްތަކަށް ވުމުންނެވެ.

މީގެ އިތުރުން މިފަދަ ޑިވައިސްތަކުގެ އަގަކީވެސް އަހަރެމެންނަށް އިސްކަމެއް ދެވޭ ކަމެކެވެ. މި އާޓިކަލްގައި އަލިއަޅުވާލާނީ ގެއެއް ސްމާޓް ކުރުމަށް އެހީވެދޭނެ 7 ޑިވައިސްއަކަށެވެ.

1. ސްމާޓް ލައިޓް

ރޭނގަޑުގެ ވަގުތުގަކުގައި ލައިޓް ނިއްވާލުމަށް ފަސޭހައަކަށް ސްމާޓް ލައިޓް ނުވަތަ ބަލްބެއް ބޭނުން ކޮށްލެވޭނެއެވެ. މިއީ ވޮއިސް ކޮންޓްރޯލް އަދި އެޕް ކޮންޓްރޯލްއާއި އެކު ބެލެހެއްޓޭނެ ޑިވައިސްއެކެވެ. ދުވަހުގެ ކޮންމެ ވަގުތެއްގައިވެސް ބޭނުން ވުމުން ލައިޓް ދިއްލައި، ނިވާލެވޭނެއެވެ.

ޖީއީ ސީ.ވައި.އެން.ސީ ސްމާޓް ހޯމް ސްޓާޓާ ކިޓް - $25 އަށް އެމޭޒަންގައި

2. ސްމާޓް ޝަވާހެޑް

ފެން ބޭނުންކުރެވޭ މިންވަރަކީ އާންމުކޮށް އަހަރެމެންނަށް އެހާބޮޑު އިސްކަމެއް ދެވޭ ކަމެއް ނޫންކަން ޔަޤީނެވެ. އަދި ފެން ހޫނުކުރުމަށް ބޭނުންވާ ހަކަތައަކީވެސް ކިހާ މުހިންމު އެއްޗެއްކަން ގިނަ ފަހަރަށް ވިސްނާނުލެވެއެވެ.

ހައި ސްމާޓް ޝަވާ ސިސްޓަމްފަދަ ސްމާޓް ޝަވާހެޑްއިން މިފަދަ ކަންކަމަށް އެހީވެދެއެވެ. މިއީ ފެނުގެ ހޫނުފިނިމިން ޕްރޮގްރާމްކޮށްލެވޭ ސްމާޓް ހޯމް ޑިވައިސްއެކެވެ. ބޭނުންވާ ލިމިޓަށް ވުރެން މައްޗަށް ފެން ބޭނުން ކުރުން ދާނަމަ މިޑިވައިސްގެ މޮބައިލް އެޕަށް ލިމިޓް އެލާޓް ފޮނުވައެވެ.

ހައި ސްމާޓް ޝަވާހެޑް - $249 އަށް އެމޭޒަންގައި

3. ވައިފައި އިރިގޭޝަން ކޮންޓްރޯލްސް

ސްމާޓް އިރިގޭޝަން ކޮންޓްރޯލަކީ ބޮޑު ގާޑަންއެއް ގެންގުޅޭނަމަ ވަރަށް ފަސޭހަކޮށްދޭނެ ސްމާޓް ޑިވައިސްއެކެވެ.

ރެއިންޕޮއިންޓް ސްމާޓް ވޯޓާ ޓައިމާއިން ގަސްތަކަށް ފެންދިނުމަށް އޮޓޮމޭޓްކޮށްދެއެވެ. އަދި ވާރޭވެހޭ މޫސުންނަމަ މޫސުމަށް ބަލައި ފެންދިނުން ހުއްޓައެވެ.

ރެއިންޕޮއިންޓް ސްޕްރިންކްލާ ޓައިމާރ - ވައިފައި ވޯޓާ ޓައިމާރ - $60 އަށް އެމޭޒަންގައި

4. ސްމާޓް ލޮކް

މިއީ ވަރަށް މުހިންމު ޑިވައިސްއެއް ކަމުގައި ފާހަގަވާ ޑިވައިސްއެކެވެ. ސްމާޓް ލޮކެއް ގޭގައި އެޅުވުމުން ތަޅުދަނޑި އަބަދު ގެއްލިގެން އުޅޭކަށް ނުޖެހޭނެއެވެ. އޮގަސްޓް ސްމާޓް ލޮކް ޕްރޯ އަދި ކަނެކްޓް ހަބަކީ ވައިފައިގެ އެހީގައި ލޮކް ސިސްޓަމް މެނޭޖް ކުރެވޭފަދަ ޑިވައިސްއެކެވެ.

ކޮންމެ ތަނެއްގައި ހުރިކަމުގައިވީނަމަވެސް ގޭގެ ދޮރު މޮނީޓާކޮށް އޮޓޯ-ލޮކްއާއި އޮޓޯ-އަންލޮކް މެނޭޖް ކޮށްލެވޭނެއެވެ. މީގެ އިތުރުން ދޮރުގެ އޮރިޖިނަލް ލޮކްއާއި ތަޅުދަނޑި ނައްޓާކަށް ނުޖެހޭނެއެވެ.

މިއީ ގޫގަލް އެސިސްޓަންޓާއި، އެޕަލް ވޮޗާއި އެލެކްސާއިންވެސް ކޮންޓްރޯލްކޮށްލެވޭ ސްމާޓް ހޯމް ޑިވައިސްއެކެވެ.

އޮގަސްޓް ސްމާޓް ލޮކް ޕްރޯ + ކަނެކްޓް ހަބް $229.99 އަށް އޮގަސްޓްގެ ވެބްސައިޓުގައި

5. ސްމާޓް ތާމޯސްޓެޓް

ތާމޯސްޓެޓަކީ ގޭތެރޭގެ ހޫނުމިން ރަނގަޅުވަރެއްގައި ބެހެއްޓުމަށް ބޭނުން ކުރެވިދާނެ ޑިވައިސްއެކެވެ.

މިއީ ފަހަރެއްގައި ދިވެހިރާއްޖޭގެ މޫސުމާއި އެހާ ރައްޓެހި ސްމާޓް ޑިވައިސްއަކަށް ނުވެދާނެއެވެ.

ގޫގަލް ނެސްޓް ތާމޯސްޓެޓަކީ ވައިފައިގެ އެހީގައި ކޮންޓްރޯލްކުރެވޭ ސްމާޓް ޑިވައިސްއކެވެ. މިއީ ގޫގަލް އެސިސްޓަންޓް، އެމޭޒަން އެލެކްސާ، ނެސްޓް، އައިއޯއެސް އަދި އެންޑްރޮއިޑުންވެސް ކޮންޓްރޯލް ކުރެވިދާނެ ޑިވައިސްއެކެވެ.

ގޫގަލް ނެސްޓް ތާމޯސްޓެޓް $129.99 އަށް ގޫގަލް ސްޓޯރުގައި

6. ސްމާޓް ބްލައިންޑްސް

ސްމާޓް ބްލައިންޑްސް ނުވަތަ ކާޓެއިންއަކީ ގޭތެރޭގެ ކުދިކުދި ކަންތައްތައް އޮޓޮމޭޓް ކުރުމަށް އިސްކަންދޭނަމަ އޮޓޮމޭޓް ކޮށްލެވޭނެ ފަސޭހަކަމެކެވެ.

ދަ ޝޭޑް ސްޓޯގެ އެކިވައްތަރުގެ ބްލައިންޑްސާއި ކާޓެއިންއަކީ މިގޮތަށް އޮޓޮމޭޓް ކޮށްލެވޭނެ ތަކެއްޗެވެ. ބްލެކްއައުޓް ރޯލާ ޝޭޑްސް މި ވެބްސައިޓުން ކަސްޓަމައިޒްކޮށް މެޓީރިއަލްއާއި ކުލަ ނެގުމަށްފަހު އެ ކުންފުނީގެ ވައަލަސް ލިންކް މެދުވެރިކޮށް ސްމާޓް ކޮށްލެވެއެވެ.

މިއީ އެންޑްރޮއިޑް އަދި އެޕަލް މޮބައިލް ފޯނުންވެސް ކޮންޓްރޯލް ކޮށްލެވޭ ސްމާޓް ހޯމް ޑިވައިސްއެކެވެ.

ދަ ޝޭޑް ސްޓޯ ވައަލަސް ލިންކް $170 އަށް ދަ ޝޭޑް ސްޓޯރުން

7. ސްމާޓް ޑިފިއުސާ

ޑިމާންޑްގައި އެއާ ފްރެޝަނަރަކަށް ލޯބިކުރާ މީހުންނަށް، ނުވަތަ އުއްބައްތި ނިއްވާލަން ހަނދާން ނެތޭ މީހުންނަށް ސްމާޓް ޑިފިއުޒަރަކީ އެންމެ ރަނގަޅު ހައްލެވެ.

މި އެޕްލިކޭޝަން ބޭނުންކޮށްގެން ދެ ވަހެއްގެ މެދުގައި ޚިޔާރުކުރުމާއި، ޑިފިއުޒަރ އޮންވުމުން ޝެޑިއުލްކޮށް، އިންޓެންސިޓީ ވެސް އެޑްޖަސްޓް ކުރެވިދާނެއެވެ.

ޕޫރާ ބޭމްބޫ އެންޑް ގްރޭޕްފުރުޓް ސްމާޓް ޑިފިއުސާ ސެޓަކީ މިފަދަ ސްމާޓް ޑިވައިސްއެކެވެ.

ޕޫރާ ސްމާޓް ހޯމް ފްރެގްރެންސް ޑިފިއުސާ ސެޓް $85 އަށް ނެސްޓް ނިއުޔޯކް ވެބްސައިޓުގައި

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.