ވޯލްމާޓްގެ ފިންޓެކް ސްޓާޓްއަޕްއަކުން ޕޭމަންޓް ހެދޭނެ ގޮތެއް؟

ޝުޖާޢަތު ރަޝީދު 01 ޖެނުއަރީ 2023

ވޯލްމާޓްގެ ފިންޓެކް ސްޓާޓްއަޕްއަކުން ބައި ނައު، ޕޭ ލޭޓާ ކުންފުނިތަކާއި ވާދަ ކުރުމަށް ނިންމައިފިއެވެ.

ވަން (ވަން-ވޯލްމާޓް) ނަމަކަށް ކިޔާ މި ފިންޓެކް ކުންފުނިން އެމީހުންގެ އަމިއްލަ ޕޭމަންޓް ޚިދުމަތެއް ފަށާނެކަމަށް ހަބަރުތަކުން ހާމަވެއެވެ.

މި ޚިދުމަތަކީ ވޯލްމާޓުން ވިޔަފާރިކުރާ ފަރާތްތަކަށް އެ ކުންފުނީގެ ވެބްސައިޓުގައްޔާއި ސްޓޯރުތަކުގައި ބޭނުން ކުރެވިދާނެ ޚިދުމަތެއްކަމުގައި އެކުންފުނިން ބުނެއެވެ.

ޑިސެމްބަރު 2، 2022 ގައި ބައި ނައު، ޕޭ ލޭޓާގެ ފާމް އެފާމްގެ ޝެއާވަނީ ތިރިއަށް ގޮސްފައެެވެ. މިކަމާއި ގުޅިގެން ވޯލްމާޓުން ކޮމެންޓެެއްކޮށްފައި ނެތަސް ލަފާކުރެވެނީ ވޯލްމާޓުން މި ޚިދުމަތާއި ދިމާލަށް މިސްރާބު ޖަހާފައިވާކަމަށެވެ.

ވަންގެ ކޮންމެ މަހެއްގެ ރީޓެއިލް ސޭލްސް އިތުރުވަމުންދާތީވެ ވަންއިން ޕޭމަންޓް ޚިދުމަތުގެ ކެޓަގަރީއަށް ވަނުމަށް މިސްރާބު ޖަހާފައިވީނަމަވެސް ބައެއް އެމެރިކާ މީހުންގެ ފަރާތުން އިންފްލޭޝަންގެ ނިޝާންތައް ފެންނަމުން ދެއެވެ.

އެހެންކަމުން ކޮންސިއުމަރުންނަށް އެހެނިހެން ގޮތްތަކަށް ތަކެތި ގަތުމަށް އެހީ ބޭނުންވާކަން ފާހަގަ ކުރެވެއެވެ. ބައި ނައު، ޕޭ ލޭޓާއިން ކަސްޓަމަރުންނަށް މަދު މަދުން ޕޭމަންޓް ދައްކަމުންގޮސް އެއްކޮށް ޕޭމަންޓް ހަމަކޮށްލެވެއެވެ. މިއީ މަސްމަހަށް ޕޭމަންޓް ބަހައިގެން އިންޓްރެސްޓާއިވެސް އެކުއެވެ.

ރީޓެއިލް އެކްޒެކެޓިވްއިން، ވޯލްމާޓްގެ ސީ.އީ.އޯ ޑަގް މެކްމިލަންވެސް ހިއްސާވާގޮތަށް އެމެރިކާގެ އިންފްލޭޝަނާއި ބެހޭގޮތުން ވަނީ ވާހަކަދައްކާފައެވެ. އެންމެންވެސް ހާމަކުރަނީ މުއްސަނދި ކޮންސިއުމަރުންނަށް އިންފްލޭޝަނާއި ހެދި އަސަރު ކުރާ ކަމަށެވެ.

ގާތްގަނޑަކަށް %75 ރީޓެއިލް މާކެޓް ޝެއާ ގްރޮސަރީސް ކެޓަގަރީއިން އައިސްފައިވަނީ މިދިޔަ ދެ ކުއާޓާގައި $100،00 ލިބޭ ގެތަކުންނެވެ.

ވޯލްމާޓަކީ އެމެރިކާގެ އެންމެ ބޮޑު ޕްރައިވެޓް ކުންފުންޔަށް ވެފައި އެންމެ ބޮޑު ކާތަކެތި ވިއްކާ ކުންފުނިވެސް މެއެވެ. މިހާރުވެސް ވޯލްމާޓުގައި މަނީ ސެންޓާ ފަދަ ޚިދުމަތް ކަސްޓަމަރުންނަށް ޤާޢިމް ކުރެވިފައިވެއެވެ. މިއީ ބޭންކިން ޚިދުމަތްކުރުމަށް ކަސްޓަމަރުންނަށް ޗެކް ޕްރިންޓުކޮށް ޕްރީޕެއިޑާއި ޑެބިޓް ކާޑު ލޯޑުކޮށް އެހެނިހެން ފަރާތްތަކަށް ފައިސާ ފޮނުވައި ފައިސާ ބަލައިގަތުމަށް ޤާޢިމްކުރެވިފައިވާ ސެންޓަރެކެވެ.

2021 ވަނަ އަހަރު ވޯލްމާޓުން ރިބިޓް ކެޕިޓަލްއާއި އެއްވެގެން ފިންޓެކް ސްޓާޓްއަޕަކަށް ސަޕޯޓުވެސް ކޮށްފައިވެއެވެ.

ވޯލްމާޓުގެ އަމިއްލަ ފިންޓެކް ކުންފުނި "ވަން" ހިންގަނީ އޮމަރު އިސްމާއިލްއެވެ. އޭނާއަކީ ކުރިން ގޯލްޑްމަން ސެކްސް ކޮންސިއުމާ ބޭންކު ހިންގި މީހެކެވެ.

ބައި ނައު، ޕޭ ލޭޓާ މިހާރު މަޤުބޫލުވެ އެފާމްއާއި ޕޭޕަލް، ކްލާނާ އަދި އަފްޓާޕޭއިން އެމީހުންގެ އަމިއްލަ މިފަދަ ޚިދުމަތެއް ދެއެވެ. އެޕަލްއިންޗެސް އެމީހުންގެ އަމިއްލަ ބައި ނައު، ޕޭ ލޭޓާ އޮޕްޝަނެއް ނެރޭނެކަން ވަނީ ހާމަކޮށްފައެވެ. އެއީ އެޕަލް ޕޭ ލޭޓާއެވެ.

ވޯލްމާޓުން މިހާރުވެސް ބައި ނައު، ޕޭ ލޭޓާ އޮޕްޝަން ކަސްޓަމަރުންނަށް އެފާމް މެދުވެރިކޮށް ދެމުންދެއެވެ.

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.