ވެބް ބްރައުޒާއޭ ބުނުމުން ގިނަ މީހުންނަށް ވިސްނެނީ ކްރޯމް އާ މެދުއެވެ. އެއީ އެހެން ބްރައުޒާތަކަށް ވުރެ ގިނަ މީހުން ކްރޯމް ބޭނުން ކުރާތީ ކަމަށް ވެދާނެއެވެ. ހަގީގަތުގައި ސަފާރީ، ފަޔާފޮކްސް އަދި އެޖް އެއްކޮށްލުމަށް ވުރެ ގިނަ މީހުން ކްރޯމް ބޭނުން ކުރެއެވެ. ތަފާތު އެކި ބްރައުޒަރ ތަކުގެ ތެރެއިން އާކް ބްރައުޒާ އަކީ ތިބާއަށް އެންމެ ރަނގަޅު އަލްޓަރނޭޓިވް އަށް ވެދާނެއެވެ.
އާކް އަކީ އިންސްޓަގްރާމް، ގޫގުލް ކްރޯމް، ސްނެޕް، ސްލެކް، ޕިންޓެރެސްޓް ފަދަ އެލަމްސްގެ ޓީމެއް ކަމަށްވާ ދަ ބްރައުޒާ ކޮމްޕެނީ އިން 2022 ވަނަ އަހަރު ނެރުނު އިންޓަނެޓް ބްރައުޒާ އެކެވެ. މި ޕްލެޓްފޯމަކީ މިހާރު އިންވައިޓް އޮންލީ ޕްލެޓްފޯމެއް ކަމުން، އެ ޕްލެޓްފޯމް ބޭނުންކުރަން ބޭނުންވާ ފަރާތްތަކުން ވެއިޓިން ލިސްޓަށް އީމެއިލް އެޑްރެސް އެޑްކުރަން ޖެހެއެވެ.
"ވެބް ބްރައުޒާއަކީ އިންޓަނެޓުގައި ތިބާގެ ގެފަދަ އެއްޗެއް"، ބްރައުޒާ ކުންފުނީގެ ކޯ ފައުންޑާ އަދި ސީއީއޯ ޖޯޝް މިލާ ސްލެކް ފަންޑުގެ ޖޭސަން ސްޕިނެލް އަށް ވިދާޅުވި އެވެ. "އެހެންވެ އާކްގައި އެކި ކަންކަމަށް ތަފާތު ޖާގަތައް ހުރެއެވެ. ގެއެއްގެ ތެރޭގެ މިސާލެވެ." އޭނާ ވިދާޅުވި އެވެ. އަދި އެ ތަންތަން ފެންނަ ގޮތުގެ ފުރިހަމަ ކޮންޓްރޯލް ބޭނުންކުރާ ފަރާތްތަކަށް ލިބިގެންވެއެވެ.
އާރކް އަކީ އެކި ޓެބް ތަށް ހުންނަ ގޮތަށް ހަދާފައި ވާ ބްރައުޒަރ އެކެވެ.
އާކް ވެބް ބްރައުޒާ ހިނގަނީ ގޫގުލް ކްރޯމް ފަދަ އޯޕަން ސޯސް ބްރައުޒާ ޕްރޮޖެކްޓެއް ކަމަށްވާ ކްރޯމިއަމް އިންޖީނެއްގައެވެ.
އާކް އިން ބޭނުންކުރަނީ އެއް ހިސްޓްރީ ޕޭޖާއި އޮޓޯފިލް ކެޕޭބިލިޓީސް އަދި ކްރޯމް އެކްސްޓެންޝަންތަކަށް ސަޕޯޓްކުރާ އެއްޗެކެވެ. ކްރޯމްއަށް ވުރެ މާ ތަފާތު އާ ބްރައުޒާގެ ލުކް ފިޔަވައި، އާކް އިން ބުނަނީ ޒިޔާރަތްކުރާ ވެބްސައިޓް ޓްރެކް ނުކުރާ ކަމަށާއި، ބްރައުޒާއަށް ޓައިޕްކުރާ އެއްޗެއް ނުފެންނާނެ ކަމަށާއި އަދި ތިން ވަނަ ފަރާތަކަށް ޑޭޓާ ހިއްސާ ނުކުރާނެ ކަމަށެވެ.
ކްރޯމް، ސަފާރީ ނުވަތަ ހަގީގަތުގައި ވެސް އެހެން އިންޓަނެޓް ބްރައުޒާއެއް ފަދަ އިން އާކް ނުފެނެއެވެ.
އެންމެ ބޮޑު ތަފާތަކީ އާކްގައި ހިނގާ ހުރިހާ ހަރަކާތަކާއި ނެވިގޭޝަނެއް އެންމެ މަތީގައި ހުރުމުގެ ބަދަލުގައި ސައިޑްބާގައި ހުރުމެވެ.
މި ސައިޑްބާއިން ތިބާއަށް ފެނިގެންދާނީ:
ސްޕޭސް: ކޮންމެ ސްޕޭސްއަކީ ވެސް އަމިއްލަ ވިންޑޯއެއް ފަދަ، ކޮންމެ ތަނެއްގައި ވެސް ޓެބް އަދި ފޯލްޑަރު ތައް ހުންނަ ތަނެކެވެ.
މިއަދުގެ ޓެބްތައް: މިއީ ވާތް ފަރާތުގައި ސަފު ހަދާފައިވާ ރެގިއުލަރ ޓެބްތަކެކެވެ. ބޭނުން ވަރަކަށް ހުޅުވިދާނެ އެވެ.
ޕިންޑް ޓެބް: މި ޓެބްތައް ސައިޑްބާގައި ޕިންކޮށްފައި ހުންނަނީ ފަސޭހައިން ވަދެވޭނެ ގޮތަށެވެ. އާކް ބަންދުކޮށް އަލުން ހުޅުވާއިރުވެސް އެތަންތަން ހުންނަނީ އޯޕަންކޮށެވެ.
ފޭވަރިޓްސް: މިއީ ސައިޑްބާގެ އެންމެ މަތީގައި ޕިން ކުރާ ސޭވްޑް ޓެބްތަކެކެވެ. ކޮންމެ ތަނެއްގައި ވެސް އެތަކެތި އެކްސެސްކޮށް، ކީބޯޑް ޝޯޓްކަޓް ބޭނުންކޮށްގެން އެތަންތަން ހުޅުވިދާނެ އެވެ.
އީޒަލްސް: މިއީ ޚިޔާލުތައް ވިޝުއަލައިޒް ކުރުމަށް ޓަކައި ފޮޓޯ، ޓެކްސްޓް، އެރޯ، ލިންކް އަދި އެނޫންވެސް އެތައް އެއްޗެއް ދޫކޮށްލެވިދާނެ ބްލޭންކް ކެންވާސްތަކެކެވެ. އެއް ފަހަރާ އެއް އީޒަލް އަށް ވުރެ ގިނަ އީޒަލް ކްރިއޭޓް ކުރެވިދާނެއެވެ.
ނޯޓްސް: ބްލޭންކް ނޯޓްޕެޑްތަކުގައި ލިޔުމުގެ ފުރުސަތު ދެއެވެ. އަދި ރިޗް-ޓްކްސްޓް ފޯރމެޓިންގ ވެސް ބޭނުންކުރެވެއެވެ.
ކޮމާންޑް ބާ
ކޮމާންޑް ބާ އަކީ ވާތު ޕެނަލާ ވަކިން ހުންނަ ތަނަކަށް ވިޔަސް އެއީ ޓަސްކް ހިންގޭނެ އެހެން ތަނެކެވެ. ކޮމާންޑް + ޓީ ޖެހުމުން އެކްސެސް ކުރެވޭނެ އެވެ.
ކޮމާންޑް ބާއާއެކު، ތިޔަބޭފުޅުންނަށް:
ޓެބްތައް މެދުވެރިކޮށް ހޯދުން
އާ ޓެބެއް ހުޅުވުން
މިއަދުހުރިހާ ޓެބްތައް ސާފުކުރުން
ކުރީ ސަފުހާއަކަށް ނެވިގޭޓް ކުރުން
ބްރައުޒާ އެކްސްޓެންޝަންތައް އެކްޓިވޭޓް ކުރުން
އޯޕަން ސްޕްލިޓް ވިއު
ޑިވެލޮޕަރ ޓޫލްސް ހުޅުވާލުން
އާކް ލައިބްރަރީ ހުޅުވުން
ބަގް ރިޕޯޓެއް ނުވަތަ ފީޑްބެކެއް ފޮނުވުން
އާކްގައި ސްކްރީންޝޮޓް ނެގުމަށް އެކްސްޓެންޝަނެއް ނުވަތަ އެހެން ޕްރޮގްރާމެއް ބޭނުމެއް ނުވއެވެ. ބްރައުޒާގައި ބިލްޓް-އިން ޓޫލްއެއް ހުރެ އެވެ. އާކްގެ ތެރެއިން ސްކްރީންޝޮޓް ނެގުމަށްފަހު ކްރޮޕް ކޮށް އެޑިތް ކުރެވޭނެއެވެ.
ޔޫއާރްއެލް ބާގައި ހުރި ކެމެރާ އައިކަން ކްލިކްކޮށް، ސްނިޕްކޮށްފައިވާ އޭރިއާ ސެލެކްޓް ކޮށްގެން ސްކްރީންޝޮޓް ނެގޭނއެވެ. އީޒަލްއަކަށް އެޅުމުން ވެބްސައިޓް އަޕްޑޭޓްވާ ވަރަކަށް ސްކްރީންޝޮޓް ވެސް އަޕްޑޭޓްކުރެ ވެއެވެ.
އަރކް މިވަގުތު ހަމަ އެކަނި ސަޕޯރޓް ކުރަނީ މެކް އަދި ލިނަކްސް އަށެވެ. ވިންޑޯސް ވާޝަން އެއް ވެސް އަރކް އިން ދަނީ ބިލްޑް ކުރަމުންނެވެ.
ޑިވެލޮޕާރ