ފާހަގަކޮށްލެވޭ ބައެއް އޭއައި ޓޫލްތައް

ޢާއިޝަތު ޝައިހާ 28 ޖެނުއަރީ 2023

ޗެޓްޖީޕީޓީ އަކީ މިހާރުގެ އޭއައި ދުނިޔޭގައި ދެކެވެމުންދާ އެންމެ ހޫނު ވާހަކަ ކަމާއި މެދު އެއްވެސް ޝައްކެއް ނެތެވެ. ކަން މިހެން އޮތް ނަމަވެސް، މި ނޫން އެތައް އޭއައި ޓޫލްތައް، ޗެޓްޖީޕީޓީ ވުޖޫދަށް އައުމުގެ ކުރިންވެސް ވާއިރު، މި ޓޫލްތައް އެކު ޚާއްޞަ ބޭނުންތަކަށް ބޭނުން ކުރެވެއެވެ. އެގޮތުން ތިރީގައި މި ވަނީ ފާހަގަކޮށްލެވޭ ބައެއް އޭއައި ޓޫލްތަކެވެ.

1. ޗެޓްޖީޕީޓީ

ޗެޓްޖީޕީޓީ (ޗެޓް ޖެނެރޭޓިވް ޕްރީ-ޓްރެއިންޑް ޓްރާންސްފޯމަރ) އަކީ ނޮވެމްބަރ 2022 ގައި އޯޕަން އޭއައި އިން ނެރެފައިވާ ޗެޓްބޮޓް އެކެވެ. މިއީ އާދައިގެ ޗެޓްބޮޓްތަކާއި ޚިލާފަށް ވަރަށް ގިނަ ކަންތައްތައް ކުރެވޭ ޗެޓްބޮޓް އެކެވެ. އޭގެ ތެރޭގައި ކޮމްޕިއުޓަރު ޕްރޮގްރާމްތައް ލިޔެ ޑީބަގް ކުރުމާއި، ތަފާތު ރާގުތަކާއި ވާހަކަތަކާއި ލިޔުންތައް ތައްޔާރު ކުރުމާއި، އާދައިގެ އިންސާނުންނަށް ވުރެ ތަންކޮޅެއް މަތީ ފެންވަރުގެ ސުވާލުތަކަށް ޖަވާބު ދިނުން ފަދަ އެތައް ކަމެއް ހިމެނެއެވެ. ޗެޓްޖީޕީޓީ އުފެއްދުމުގައި ރެޑިޓް ޑިސްކަޝަންތައް ހިމެނޭގޮތައް ގޮތަށް ގިނަ އަދަދެއްގެ އިންޓަނެޓް ޑޭޓާ ބޭނުންކޮށްގެން މޮޑެލް ޓްރެއިންކޮށްފައެވެ. އަދި ސުވާލުތަކުގައި އިންސާނުންގެ ސުވާލުތަކާއި ވާހަކަ ދެނެގަތުމަށްޓަކައި "ރިއިންފޯސްމަންޓް ލާނިން ވިތު ހިއުމަން ފީޑްބެކް" ކިޔާ އުކުޅެއްވެސް ބޭނުންކޮށްފައިވެއެވެ.

2. ސްޓޮކްއައިއެމްޖީ އޭއައި

މިއީ ލޯގޯ، ފޮތެއްގެ ބަނޑޭރިގަނޑު، ބެނަރ އަދި އެކިއެކި ކުރެހުންތައް އުފައްދަން ބޭނުންކުރާ އޭއައި އެކެވެ. 2 މީހުންނާއި 10 މީހުންނާއި ދޭތެރޭގެ އަދަދަކަށް މީހުން ހިމެނޭ ޕާޓްނާޝިޕްއަކުން އުފައްދާފައިވާ މި އޭއައި ޓޫލް އިން ފޯނުގެ ވޯލްޕޭޕަރާއި، ތަފާތު ތަސްވީރުތަކާއި މަންޒަރުތައް މަދު ވަގުތުކޮޅެއްގެ ތެރޭގައި ތައްޔާރު ކޮށްލެވޭނެއެވެ.

3. ކްލީންއަޕް ޕިކްޗާސް

ކައިވެނީގެ ދުވަހުގައި ނެގި ތަސްވީރުތަކުގައި މެއްސެއް ފެނުނީ ހެއްޔެވެ؟ މިހާރު ކަންބޮޑު ވާކަށް ނުޖެހޭނެއެވެ. ކްލީންއަޕް ޕިކްޗާސް މެދުވެރިކޮށް އެ މެހި ތަސްވީރުން 'ފައްސާލުމަކީ' އެސްފިޔަ ޖަހާލުން ފަދަ ފަސޭހަ ކަމެކެވެ. ކްލީންއަޕް ޕިކްޗާސް އަކީ، ތަސްވީރުތަކުން ބޭކާރު ތަކެއްޗާއި، މީހުންނާއި، ލިޔުންތަކުގެ އިތުރުން ޣައިބުތައް ފޮހެލާ ފޮޓޯޝޮޕް އޭއައި ޓޫލްއެކެވެ. މި ޓޫލްގެ ޚާއްސަ ކަމަކީ، ތަކެތި ފޮހެލި ކަމުގައި ވިޔަސް ތަސްވީރުގެ ކޮލެޓީ ހިފަހައްޓާ ހިފެހެއްޓުމެވެ.

4. ޓެކްސްޓާ އޭއައި

މިއީ އެކިއެކި ލިޔުންތަކާއި ބްލޮގްތައް މަދު މިނެޓުކޮޅެއްގެ ތެރޭގައި އުފައްދާ އޭއައި އެކެވެ. އަމިއްލަ އީމެއިލް މެދުވެރިކޮށް ލޮގިން ވުމަށް ފަހުގައި، ބްލޮގުގެ ސުރުޚީ ޖަހާލުމަށްފަހުގައި ލިޔުން ލިޔަން ފެއްޓޭނެއެވެ. އެގޮތުން ބޭނުންވާ ނަމަ އޭއައި އަމިއްލައަށް، ނޫނީ ލިޔާ މީހާ އަމިއްލައަށް ލިޔެވޭނެއެވެ.

5. އެކްސެލް ފޯމިއުލާ ބޮޓް

މި އޭއައި މެދުވެރިކޮށް ތިމާ ލިޔާ ޓެކްސް އިންސްޓްރަކްޝަންތައް އެކްސެލް އަދި ގޫގަލް ޝީޓް ފޯމިއުލާތަކަށް ސިކުންތުކޮޅެއްގެ ތެރޭގައި ބަދަލުކޮށްލެވޭނެއެވެ. ހިލޭ ސައިން އިން ކޮށްލުމަށްފަހުގައި ފޯމިއުލާއަށް ފިތާލުމަށްފަހު ބޭނުންވާ ގޮތް ޚިޔާރުކޮށްލާށެވެ. އެގޮތުން ފުރަތަމަ އެކްސެލް ތޯ ނުވަތަ ގޫގަލް ޝީޓް ތޯ ޚިޔާރުކުރުމަށްފަހު، ފޯމިއުލާއެއް ޖެނެރޭޓް ކުރަން ތޯ ނޫނީ ފޯމިއުލާއެއްގެ އެކްސްޕްލެނޭޝަނެއްތޯ އިޚްތިޔާރު ކުރާށެވެ.

6. މާރފް އޭއައި

މިއީ 20 ބަސް ހިމެނޭ އޭއައި އަޑު ޖެނެރޭޓަރެކެވެ. މި އޭއައި މެދުވެރިކޮށް ފަސޭހަ ކަމާއި އެކު ލިޔާ އެއްޗެއް އަޑަށް ބަދަލުކޮށްލެވޭނެއެވެ. އޯޕަން ސްޓޫޑިއޯ އަށް ފިތާލުމަށްފަހު ފުރަތަމަ ޖެހޭނީ އެކައުންޓެއް ތައްޔާރު ކުރާށެވެ. ދެން ކުރާ މަސައްކަތުގެ ބާވަތް ޚިޔާރު ކުރުމަށްފަހު ޕްރޮޖެކްޓްގެ ނަން ޖަހާލުމަށްފަހު ދެން ލިޔުމައިގެން ކުރިއަށް ދާށެވެ. ލިޔަމުން ދާ ވަރަކަށް އަޑު ދާނީ އެޅެމުންނެވެ.

7. ސެމްބްލީ އޭއައި

ސެމްބްލީ އިން ބައްދަލުވުންތައް ރިކޯޑުކޮށް، ޓްރާންސްކްރައިބްކޮށް، އަދި ބައްދަލުވުންތަކުގެ ޚުލާސާތައް ޖެނެރޭޓް ކުރެވޭނެއެވެ. މިއީ ޒޫމް، ގޫގަލް މީޓް، މައިކްރޯސޮފްޓް ޓީމްސް އަދި ވެބްއެކްސްއާއި އެކު މަސައްކަތް ކުރާ އޭއައި އެކެވެ.


ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.