ޖަލުތަކަށް ސިއްރިއްޔާތުގައި ވައްދާ ފޯނު ތަކުން ކުރާ އެކި ބޭނުންތައް ދިރާސާކުރާ "ދަ މާޝަލް ޕްރޮޖެކްޓް" ބުނާގޮތުގައި ވަގަށް ޖަލައްވައްދާ ފޯނުތަކުގެ ނިސްބަތް މިހާރު އިންތިހާ އަށް އިތުރުވެފައިވާކަމަށާއި އެކި ކަލަހަލަ ބޭނުންތަކަށް މިފޯނުތައް ބޭނުން ކުރެއެވެ. މިގޮތުން އެންމެ ގިނައިން ބޭނުން ކުރަމުން ދަނީ އެކިކަހަލަ ޖަރީމާތައް ހިންގުމަށެވެ. ރާއްޖޭގައިވެސް ބޮޑު މުސީބާތަކަށް ވެފައިވާ ސްޕޭމް ކޯލް ތަކާއި ފައިސާ ފެރުމުގެ ބޭނުމުގައި ކުރާ ގިނަ ކޯލްތައް ކުރަނީ ޖަލުގެ ތޭރިތަކުގެ ފަހަތުން ކަން ވަނީ އެކި ފަހަރުމަތިން ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައެވެ. ޖަލުތަކުގައި ތިބޭ 300 އެތައް ގައިދީއަކަށް ހާވަޑް ގެ އޮންލައިން ކްލާހެއް ހިންގާއިދޭ ޖޯޖިއާގެ ގައިދީ އަކާ މާޝަލް ޕްރޮޖެކްޓްގެ ފަރާތުން ވަނީ ވާހަކަދައްކާފައެވެ. މުޅިން ހިލޭ ޑައުންލޯޑް ކުރެވޭ ހާވަޑްގެ ކޮމްޕިއުޓަރ ސައެންސް އޮންލައިން ކްލާސް ހިންގާ މި ގައިދީގެ ކްލާހުގައި އެމެރިކާގެ އެކި ސްޓޭޓް ތަކުގެ ޤައިދީން ބައިވެރިވެއެވެ.
"މި ފަދަ ކޯސްތައް އެކި ސްކޫލްތަކުން ލިބެން އެބަހުރި، އެކަމަކު އެންމެ ފުރިހަމަ އަދި އެންމެ ރަނގަޅީ ހާވަޑް ގެ ޕްރޮފެސަރ ޑޭވިޑް މަލާން ގެ ކްލާސް ކަމުގައި އަހަންނަށް ފެނުނީ، އޭނަ ހަމަ ވަރަށް ގަދަ. މި ކޯހަކީ ސެލްފް ގައިޑެޑް އަދި ސެލްފް ގްރޭޑަޑް ކޯހެއް ވީމަ އަދި މާ ރަނގަޅި" ކަމުގައި މާޝަލް ޕްރޮޖެކްޓް އާ ވާހަކަ ދައްކަމުން އެ ގައިދީ ބުނެފައި ވެއެވެ.
ޕްރޮފެސަރ މަލާން އަށް ޝުކުރުގެ ކާޑް ތަކާއި ލިޔުން ޖަލުތަކުން ލިބޭތާ މިހާރު ދެތިން އަހަރުވެދާނެ ކަމަށް އޭނާ ބުނެފައިވެއެވެ. އަދި އެފަދަ ދަތި އުނދަގޫ ގޮތަކަށް އިލްމު އުގެނޭ ދަރިވަރުން ތިބި ކަމަށް ޓަކައި އޭނާ އުފާވާކަމަށް ބުނެފައިވެއެވެ. ޖަލުގައި އިންޓަނެޓް ލިބުމުގައި ދަތިތައް ހުރީތީވެ މި ކޯހުގެ އެންމެހާ ވީޑިއޯތަކާއި ސޮފްޓްވެއަރތައް ޑައުންލޯޑް ކޮށްގެން އޮފްލައިންކޮށް ބޭނުން ކުރެވޭނެ ކަން ހާވަޑްއިން ވަނީ ކަށަވަރުވެސް ކޮށްފައެވެ. ޕްރޮފެސަރ އެދެނީ ޖަލުތަކުގައި ތިބި ދަރިވަރުން މިކޯހުގައި ބައިވެރިވުމަށް ދަތިތަކެއް ހުރިނަމަ އޭނާއާ ވަހަކަދައްކައިގެން އެހީ ހޯދުމަށެވެ.
ޖަލުތަކަށް އެއްޒަމާނެއްގައި ވައްދަނީ ކުދި "ބައްތި" ފޯނު ނަމަވެސް މިހާރު ސްމާޓް ފޯނުތައް ވެސް ޖަލަށް ވަގަށް ވެއްދޭތީ ޒޫމް އަދި އެފަދަ ވީޑިއޯ ކޮންފަރެންސިންގް އެހީގައި ހިންގާ އެހެން އޮންލައިން ކްލާސް ތަކުގައި ބައިވެރިވާ ގައިދީން މިހާރު ވަނީ އިތުރުވެފައެވެ. ރާއްޖޭގެ ޖަލުތައުގައި ތިބެގެން އޮންލައިން ކޮށް ހިންގާ އަރަބި އަދި ހިފްޒު ކްލާސް ތަކުގައި ބައެއް ގައިދީން ބައިވެރިވާކަމުގެ އަޑުތައް މަދުން ނަމަވެސް އިވެއެވެ.
ޙެއްވާ މަޖާ ވައިރަލް ހަބަރު ތަކާއި އެކު ހޮޅުއަޓަށް ދިރުން ގެނައުމަކީ ލިބޭ ބޮޑު ހިތްހަމަ ޖެހުމެއް