ޖެން-ޒީ ނުވަތަ 1990 އާއި 2010 އަކާއި ދެމެދު ވިހާފައިވާ ކުދިން، ފަހުގެ ޑިޖިޓަލް ދުނިޔެއަށް ތައްޔާރު ނޫންކަމުގައި ޑެލް ޓެކްނޮލޮޖީސްއިން ކުރި ދިރާސާއަކުން ދައްކައެވެ.
މި ދިރާސާއަކީ އުމުރުން 18 އަހަރާއި 26 އަހަރުގެ 15،000 މީހުން ބައިވެރިކޮށްގެން ކުރި ދިރާސާއެކެވެ. މިއީ 15 ތަފާތު ޤަޢުމުގެ މީހުންނަށް އެމީހުންގެ ޤަޢުމުގައި ހަރުދަނާ އިޤްތިޞާދެއް ބިނާކޮށް ޓެކްނޮލޮޖީގެ އެހީގައި ގްލޯބަލް މައްސަލަތައް ހައްލުކުރެވިދާނެ ގޮތާއި މެދު ސުވާލު އުފައްދައި ކުރެވުނު ދިރާސާއަކުން ހާމަވި ނަތީޖާއެކެވެ.
މި ދިރާސާއިން ޖުމްލަ ގޮތެއްގައި ހާމަވާގޮތުގައި ހަރުދަނާ މުސްތަޤްބަލެއް ބިނާކުރުމަށް ސަރުކާރުތަކުންނާއި އެޑިއުކޭޝަން މުއައްސަސާތަކުން ކުރަމުންދާ މަސައްކަތާއި މެދު ޖެން-ޒީ ޝައްކު އުފައްދައެވެ.
މިދިރާސާގެ ނަތީޖާގެ ތެރޭގައި ފާހަގަކޮށްލެވޭ ނުކުތާތަކަށް އަލިއަޅުވާލާނަމެވެ.
- ޖެން-ޒީ ޖެނެރޭޝަންއިން ޤަބޫލުކުރާ ގޮތުގައި ސަރުކާރުތަކަށް މައްސަލަތައް ހައްލުކުރެވޭނެއެވެ. ނަމަވެސް ހައްލުކުރުމަށް މަސައްކަތެއް ނުކުރެއެވެ. އިޤްތިސާދީ ގޮތުން ދިމާވެދާނެ އުނދަގޫތަށް ގާތްގަނޑަކަށް 50 އިންސައްތަ މީހުން ޤަބޫލުކުރަން ތައްޔާރަށްތިބިނަމަވެސް އެއީ ކުރިއަށް އޮތްތާނގައި ހައްލުތަކެއް ފެނިގެންދާނެކަހަލަ ޕޮލިސީތައް އެކުލަވާލައި ތަންފީޒުކުރުމަށް ސަރުކާރުތަކުން ތައްޔާރުނަމައެވެ.
މިފަދަ ހައްލުތަކުގެ ތެރޭގައި ސިއްޙީ ޚިދުމަތްތަކަށް ގެންނަ ހައްލުތަކަކީ ގިނަ ބަޔަކު ބަލައިގަންނާނެ ކަމެއް ކަމުގައި މި ދިރާސާއިން ހާމަކުރެއެވެ.
މިހެން މިކަން އޮތް ނަމަވެސް، ދިރާސާއަށް މަޢުލޫމާތު ދިން މީހުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މީހުން ޤަބޫލު ކުރާ ގޮތުގައި ޑިޖިޓަލް އިކޮނޮމީއަށް ބަދަލުތަކެއް ގެންނާނެ ސަރުކާރުތަކެއް މަދުވާނެއެވެ.
- މުސްތަޤުބަލަކީ ހައިބްރިޑްގޮތަކަށް އޮތް އެއްޗެއްކަމުގައި ގިނަ ބަޔަކުދެކެއެވެ. މި ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން އެއްބައި މީހުން ބޭނުންވަނީ ރިމޯޓްކޮށް މަސައްކަތް ކުރުމަށެވެ. އަދި އަނެއްބައި މީހުން ބޭނުންވަނީ އޮފީހުގައި ނުވަތަ މަސައްކަތުގެ މާހައުލުގައި މަސައްކަތް ކުރުމަށެވެ.
- އުނގަންނައިދިނުމުގެ ދާއިރާގައި ބޮޑު ގެޕެއް: %44 މީހުން ޤަބޫލުކުރާ ގޮތުގައި ސްކޫލްތަކުން އެމީހުންނަށް ދަސްކޮށްދީފައިވަނީ ވަރަށް މަދު ކޮމްޕިއުޓިން ހުނަރުތަކެވެ. %37 މީހުން ބުނާ ގޮތުގައި 16 އަހަރުން ދަށުގެ ކުދިންނަށް ސްކޫލުގައި ލިބެންވާ ޓެކްނޮލޮޖީއާއި ގުޅުން ހުރި ހުނަރުތައް ދަސްނުވެއެވެ. އެހެންކަމުން މަސައްކަތުގެ މާހައުލަށް ނިކުތުމުގެ ކުރިން މިކުދިންނަށް ޑިޖިޓަލް ހުނަރުތައް ދަސްކުރުމަށް މަޖުބޫރުވެއެވެ. %40 މީހުން މިކަން ޤަބޫލުކޮށް މިގޮތަށް ހުނަރު ދަސްކުރުމަށް އަމިއްލައަށް މަސައްކަތް ކުރެއެވެ.
އައޮންގަސ ހެގާޓީ، ޑެލް ޓެކްނޮލޮޖީސްގެ އިންޓަނޭޝަނަލް މާކެޓްގެ ރައީސް އޭނާގެ ސްޓޭޓްމަންޓެއްގައި ބުނެފައިވަނީ "ޖެން-ޒީ އަށް ޓެކްނޮލޮޖީއަކީ އެމީހުންގެ މުސްތަޤްބަލަށް މުހިންމު އެއްޗެއްކަމުގައި ވިސްނެއެވެ. ޓެކްނޮލޮޖީ ދާއިރާ ލީޑް ކުރާ ޕްރޮވައިޑަރުންނާއި، ސަރުކާރުތައް، ޕަބްލިކް ސެކްޓާ އެކުގައި މަސައްކަތްކޮށް ޑިޖިޓަލް ލާނިންގެ ކޮލެޓީ އިތުރަށް ރަނގަޅުކުރަން އެބަޖެހޭ. %40 އުނގަންނައިދޭ މީހުންނާއި ވިޔަފާރިތަކުން އެކުގައި މަސައްކަތްކޮށް މިފަދަ ބްރިޖްތައް ފަހަނައަޅައި ދިއުމަށް މަސައްކަތް ކުރަން ޖެހޭކަމުގައިވެސް މިޖެނެރޭޝަނަށް ފެނޭ. މިއީ މިހާރު ޓެކްނޮލޮޖީ ކުރިއަރަމުންދާ ހަލުވި ބާރު މިނުގައި ކުރުމަށް މަޖުބޫރުވެފައިވާކަމެކެވެ."
މިފަދަ ދިރާސާތަށް މުޅި ދުނިޔޭގައި ކުރިކަމުގައިވިޔަސް މިދައްކައިދެނީ އަދިވެސް އުނގެނުމާއި އުނގަންނައިދިނުމުގައި ޓެކްނޮލޮޖީ ބޭނުންކުރާ މިންވަރު މަދުކަމެވެ. އަދި މިހާރުގެ ޖީލުތަކަށް މަސައްކަތުގެ މާހައުލަށް ނިކުތުމަށް ބޭނުންވާވަރުގެ ހުނަރުތައް އަދިވެސް އުނގަންނައިނުދެވޭކަމެވެ.
ދުނިޔެ ބަދަލުވަމުންދާ ހަލުވި ބާރުމިނާއިއެކު ޓެކްނޮލޮޖީވެސް އިތުރަށް ތަރައްގީވެ، ޓެކްނޮލޮޖީއާއި ނުލައި ގިނަ މަސައްކަތްތަށް ނުކުރެވޭ ޒަމާން މިއޮތީ އައިސްފައެވެ. އެހެންކަމުން ކޮންމެ ދަރިވަރަކަށްވެސް މަސައްކަތުގެ މާހައުލަށް ތައްޔާރު ކުރުމަށްޓަކައި ޑިޖިޓަލް ހުނަރުތަށް ދަސްކޮށްދިނުމަކީ އަހަރެމެން އެންމެންގެ ޒިންމާއެއް ކަމުގައި ދެކުން މިއޮތީ މުހިންމު ވެފައިކަން ޔަޤީނެވެ.
ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.