އެމޭޒަން ކުލައުޑް ކޮމްޕިއުޓިން ހުނަރު ކުރިއަރުވާނެ ގޮތް

ޝުޖާޢަތު ރަޝީދު 06 ފެބްރުއަރީ 2023

ކުލައުޑް ސާވިސްތަކަކީ ވަރަށް ގިނަ ވިޔަފާރިތަކަށް މުހިންމު ދާއިރާއަކަށް މިހާރު މިވަނީ ވެފައެވެ. ގޭމިން ސެކްޓާ، ފައިނޭންޝަލް ސެކްޓާ، ރީޓެއިލްއާއި މެނުފެކްޗަރިން ކުންފުނިތަކަށްދާންދެން ކުލައުޑް ޙިދުމަތް ބޭނުންކުރެއެވެ.

ކުލައުޑާއި މެދު ޝައުގުވެރިވާ ނަމަ، އެމޭޒަން ވެބް ސާވިސަސް (އޭޑަބްލިއުއެސް) ސެޓިފިކޭޝަނަކަށް ނަޒަރު ހިންގައި، ކްލައުޑް ކޮމްޕިއުޓިންގެ ދުނިޔެއަށް ވަންނާނެ ގޮތްތައް ހޯދުމާއި، ނުވަތަ މިހާރުވެސް ހުރި ހުނަރުތައް ތޫނުކޮށްލާނެ ގޮތްތައް ހޯދުމަކީ އެކަށީގެންވާ ކަމެކެވެ.

މިއީ އޭޑަބްލިއުއެސްގެ ހުނަރު އިތުރުކޮށްލެވިދާނެ ގޮތްތަކެވެ.

1. އޭޑަބްލިއުއެސް އެޑިއުކޭޓް

2015 ވަނަ އަހަރު ފެށި އޭޑަބްލިއުއެސް އެޑިއުކޭޓަކީ ދަރިވަރުންނާއި ޖޮބް-ޓްރެއިނިން ޕްރޮގްރާމްތަކުގައި އުޅޭ މީހުން ފަދަ ކްލައުޑް-ކިއުރިއަސް އުނގެނުނު ކުދިންނަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.

އުމުރުން 13 އަހަރުން ދަށުގެ ކުދިންނަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ބައިވެރިންނަށް އެތައް ސަތޭކަ ގަޑިއިރެއްގެ ހިލޭ އަދި އަމިއްލަ އަށް ތަމްރީނު ކުރުމުގެ ބޭނުން ހިފޭނެ ކަމަށާއި އޭގެ ތެރޭގައި 50 އަށް ވުރެ ގިނަ ކޯހާއި ހޭންޑްސް އޮން ޕްރެކްޓިސްތަކަށް އޭޑަބްލިއުއެސް މެނޭޖްމަންޓް ކޮންސޯލް ބޭނުންކުރާ 10 ލެބްވެސް ހިމަނާފައިވެއެވެ.

މިދާއިރާއަށް މުޅިން އަލަށް ވަންނަ މީހެއްނަމަ ކުލައުޑް 101 ކޯހާއި، އިންޓްރޮޑަކްޝަން ޓު ދަ އޭޑަބްލިއުއެސް މެނޭޖްމަންޓް ކޮންސޯލް ފަދަ ކޯހަކުން ފެއްޓިދާނެއެވެ. މި ޕްރޮގްރާމްތަކަކީ ޓްވިޗް ވީޑިއޯއާއި، ބްލޮގްތަކާއި ޓެކްނިކަލް ޕޭޕަރު އެކުލަވާލައިގެން ތައްޔާރު ކުރެވިފައިވާ ޕްރޮގްރާމްތަކެވެ.

2. އޭޑަބްލިއުއެސް ސްކިލް ބިލްޑާރ

މިއީ ހިލޭ އަދި ފީއެއް ދައްކައިގެންވެސް ދަސްކުރުމަށް ބޭނުންކުރެވިދާނެ ވަސީލަތެކެވެ. ސްކިލް ބިލްޑާރގައި ގާތްގަނޑަކަށް 500 އެއްހާ ޑިޖިޓަލް ކޯސްތައް ހުރެއެވެ. މީގެ އިތުރަށް، ލާނިން ޕްލޭން ހަދައި އޭޑަބްލިއުއެސް ސަޓިފިކޭޝަނަށް ތައްޔާރުވުމަށް އެހީ ސްކިލް ބިލްޑާރއިން ލިބެއެވެ.

3. އޭޑަބްލިއުއެސް ކްލައުޑް ކުއެސްޓް: ކުލައުޑް ޕްރެކްޓިޝަނަރ

އޭޑަބްލިއުއެސްއިން ކުލައުޑް ކޮންސެޕްޓްތައް މާސްޓާ ކުރުމަށް އޯޕަން ވޯލްޑް ރޯލް ޕްލޭ ކުރުމަށް އުފައްދާފައިވާ މި ކުއެސްޓަކީ ގޭމެއް ފަދަ އެއްޗެކެވެ.

މި ގޭމް ކުޅޭ ޕްލޭޔަރުންނަށް 3ޑީ ސިޓީއެއްގައި އުޅުމަށް އެކި ކަހަލަ ޗެލެންޖުތަކާއިއެކީ ފުރުސަތު ލިބެއެވެ.

މި ގޭމްގައި ގޭމްކުޅޭ މީހާއަށް ބިޒްނަސް މައްސަލަތައް ހައްލުކުރުމަށް ތަފާތު އަރަތުތަކާއި ލެބް އެކްސަސައިޒްއާއި ސިމިއުލޭޝަންތައް ދައްކައެވެ. މި ކުއެސްޓް ގޭމަކީ އޭޑަބްލިއުއެސް ސަޓިފައިޑް ކުލައުޑް ޕްރެކްޓިޝަނަރއަކަށް ވުމަށް ބޮޑެތި މީހުންނަށް ދަސްކުރުމުގެ އެހީއެއްގެ ގޮތުގައި އުފައްދާފައިވާ ގޭމެކެވެ.

4. އޭޑަބްލިއުއެސް ކުއެސްޓް: ފައިނޭންޝަލް ސާވިސަސް

ފައިނޭންޝަލް ސަރވިސަސް ފާމެއްގެ އިސްނެންގެވުމާއެކު ޙަޤީޤީ އޭޑަބްލިއުއެސް ސޮލިއުޝަންތައް ތަންފީޒުކޮށް ކާމިޔާބީއަށް މަގު ހޯދުމަށް މިގޭމުން އެހީވެއެވެ.

އޭޑަބްލިއުއެސް ކުލައުޑް ކުއެސްޓް ފަދައިން އޭޑަބްލިއުއެސް އިންޑަސްޓްރީ ކުއެސްޓް އަކީ ވެސް ބޮޑެތި މީހުންނަށް އަމާޒުކޮށްގެން 3ޑީ ދުނިޔޭގައި ރޯލް ޕްލޭއިން ގޭމެކެވެ.

މެޝިން ލަރނިންގ އަލްގޯރިދަމް ބޭނުންކޮށްގެން ރިއަލް ޓައިމްގައި އޮޅުވާލުން ހުއްޓުވުން ކަމުގައިވިޔަސް، ނުވަތަ ޑޭޓާ ވެއާހައުސްތަކާއި ޑޭޓާ ލޭކްތައް ބޭނުންކޮށްގެން ރެކޯޑްސް ރިޓެންޝަން ސިސްޓަމްތައް ރަނގަޅުކުރުން ކަމުގައިވިޔަސް، މި ގޭމްގައި މަސައްކަތް ކުރަނީ ދެ ޑަޒަނަށްވުރެ ގިނަ ޔޫސް ކޭސްތަކުގައި އަސްލު ދުނިޔޭގެ މައްސަލަތައް ހައްލުކުރުމަށެވެ.

އަދި އޭޑަބްލިއުއެސް އިންޑަސްޓްރީ ކުއެސްޓް އަކީ ގޭމަކަށް ވާތީވެ، ވިޔަފާރި ކުރިއަރަމުން އަންނަ ވަރަކަށް އިން ގޭމް ކަސްޓަމައިޒޭޝަން ހަދައި ވިޔަފާރި އިތުރުވާ ވަރަކަށް އިތުރު ރިވާޑް ގޭމުން ލިބެއެވެ.

5. އޭޑަބްލިއުއެސް ސްކިލް ސެންޓަރ

އެމޭޒަން އިން ހިލޭ އޭޑަބްލިއުއެސް ސްކިލްސް ސެންޓަރެއް ސިއާޓަލް، ވޮޝިންގްޓަން، އާލިންގްޓަންއާއި ވަޖީނިއާގައި ހިންގަމުން އަންނައިރު، އިންޓަރެކްޓިވް ލާނިން އެގްޒިބިޝަންތައް ތަޖުރިބާކުރުމުގެ އިތުރުން ކްލައުޑް ސާވިސް ޓެކްނޮލޮޖީގެ ބިންގާ ދަސްކޮށްދޭ ކްލާސްތަކުގައި މި ސެންޓަރުތަކުގައި ބައިވެރިވެވޭނެ އެވެ.

މެޝިން ލާނިން، ރޮބޮޓިކްސް، ގޭމިން އަދި އެހެނިހެން ކްލައުޑް ކޮމްޕިއުޓިން މައުޟޫއުތަކާއި ބެހޭ ގޮތުން ދައްކާލުމުގެ އިތުރުން، އޭޑަބްލިއުއެސް ސެޓިފައިޑް ކްލައުޑް ޕްރެކްޓިޝަނަރ ސެޓިފިކޭޝަން ހޯދުމުގައި އެހީތެރިވެދޭނެ ވަސީލަތްތައް ވެސް މިސެންޓަރުތަކުގައި އެބަހުއްޓެވެ.

މި ސެންޓަރުތަކުގައި "ބައިޓް ސައިޒް" ކްލާސްތައް ފަރުމާކޮށްފައި ވަނީ ކުރު އަދި އެޕްރޯޗެބަލް ކްލާސްތަކަށެވެ.

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.