ސްމާޓް އަވަން ކޮންމެ 5 މިނެޓް އަކުން ވެބްސައިޓް ތަކަށް ވަދޭ

ޓެކު ކަލޯ 15 ފެބްރުއަރީ 2023

ގޭގައި ހަރުކޮށްފައިވާ ސްމާޓް އަވަން ތަކަކީ ނުހަނު ބަސްއަހާ މަޑުމައިތި ތަކެތިކަމުގައި ސިފަކުރެވިފައި ވީނަމަވެސް، ސިއްރިއްޔާތުގައި ކޮންމެ ފަސްވަރަކަށް މިނެޓް ތެރޭގައި އިންޓަނެޓް މެދުވެރިކޮށް އަމިއްލަ އަށް ވެބް ބްރައުސްކޮށް ވެބްސައިޓް ތަކަށް ވަންނަ ކަމަށް ފާހަގަ ކުރެވިއްޖެއެވެ.

ޝެކިއުރީޓީ މާހިރެއް އަދި ވެބްޑެވެލޮޕަރެއް ކަމުގައިވާ ސްޓެފެން ވެން ރޫޖީ އޭނައިގެ ގޭގައި ބަހައްޓާފައިވާ އޭއީޖީ ސްމާޓް އަވަން ވައިފައި ބޭނުންކޮށްގެން ކުރަނީ ކޮން ކަމެއްތޯ ދިރާސާކުރުމުގެ ތެރޭގައި މިކަން ފަޅާއަރާފައިވާ ކަމަށް "ދަ ރެޖިސްޓަރ" ގެ ރިޕޯރޓް އެއްގައި ވެއެވެ.

ވެން ރޫޖީ އިތުރަށް ތަފްސީލް ކޮށްދެމުން ބުނެފައިވަނީ، ގިނަ ސްމާޓް ޑިވައިސް ތަކަށް އިންޓަނެޓް ގުޅާފައި ހުންނަ ނަމަ ކަނެކްޝަން ރަނގަޅުތޯ ޗެކް ކުރުމަށް ދޭތެރެ ދޭތެރެއިން މަސައްކަތް ކޮށްލާނެއެވެ. މައިކްރޯސޮފްޓް، އެޕަލް އަދި ގޫގަލް ގެ ޕްރޮޑަކްޓް ތަކަށް ބަލަލާއިރު މިފަދަ ޗެކް ތައް ކުރުމަށް ޑިވައިސް ކަނެކްޓް ކުރާ ހައްސަ އެންޑްޕޮއިންޓް ތަކެއް ހުރެވެ. އެހެން ނަމަވެސް އެހެނިހެން ކުންފުނި ތަކުން މި ކަން ކޮށްލުމަށް ބަޔެއް މަޝްހޫރު ވެބްސައިޓް ތަކަށް ވަދެހަދައެވެ. މިގޮތުން އޭއީޖީ ކުންފުނިން އެމީހުންގެ ސްމާޓް ބަދިގެ ޑިވައިސް ތައް ކަނެކްޝަން ޗެކް ކުރުމަށް 3 ވެބްސައިޓް އެއް އިޙްތިޔާރު ކޮށްފައިވެއެވެ. މި ތިން ވެބްސައިޓް އަކީ، ގޫގަލް، ބައިޑު.ސީއެން، އަދި ޔަނޑެކްސް.އާރޔޫ އެވެ. މީގެ މާނަ އަކީ މިފަދަ ސްމާޓް ޑިވައިސް އެއް ގެންގުޅޭނަަމަ ދުވާލެއްގެ މައްޗަަށް 288 ފަހަރު ޗައިނާ، ރަޝިޔާ ނުވަތަ އެމެރިކާގެ ވެބްސައިޓް ތަކަށް ވަދެ ކަނެކްޝަން ޗެކް ކޮށް ހަދާނެއެވެ. އޭއީޖީގެ ބަޔެއް ޑިވައިސް ތައް މިކަން ކުރާ ކަން ކަށަވަރުވެފައިވާއިރު، އެހެން ގިނަ ޑިވައިސް ތަކުންވެސް އަމަލު ކުރާނީ ހަމަ މިގޮތަށް ކަމަށް ވަރަށް ބޮޑަށް ގަބޫލު ކުރެވެއެވެ. އެހެން ނަމަވެސް މިކަން ކުރުމަށް އެންމެ ރަނގަޅު ގޮތޮތަކީ އޭޕީއައިއެއް މެދުވެރިކޮށް ކައުލްޑް އަށް ކަނެކްޝަން ޗެކްތައް ހެދުން ކަމުގައި ބެލެވެއެވެ.

ޓެކު ކަލޯ

ޓެކު ކަލޯ

ޙެއްވާ މަޖާ ވައިރަލް ހަބަރު ތަކާއި އެކު ހޮޅުއަޓަށް ދިރުން ގެނައުމަކީ ލިބޭ ބޮޑު ހިތްހަމަ ޖެހުމެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.