އެޕަލްއަށް ވޮޗްގައި ކެމެރާ ހަރުކުރުމަށް ޕޭޓެންޓް ހުއްދަ

ޝުޖާޢަތު ރަޝީދު 15 ފެބްރުއަރީ 2023

އެމެރިކާގެ ޕޭޓެންޓް އެންޑް ޓްރޭޑްމާކް އޮފީހުން މިމަހުގެ 7 ވަނަ ދުވަހު އެޕަލްއަށް އެޕަލް ވޮޗްގައި ކެމެރާ ހަރުކުރުމަށް ޕޭޓެންޓަށް ހުއްދަ ދީފިއެވެ.

މިއީ މުސްތަޤުބަލުގައި އެޕަލް ވޮޗްގައި ކެމެރާ ވަކިން ނައްޓާލެވޭ ގޮތަށް ހަރުކުރުމަށް އެކުންފުނިން ހުށަހެޅި ޕޭޓެންޓްއަށް ލިބުނު ހުއްދައެވެ.

ޕޭޓަންޓްލީ އެޕަލްއިން ނަގާފައި

މި ޑިޒައިނަކީ އެންމެ ފުރަތަމަ ޖޭމްސް ބޮންޑަށް ޑިޒައިން ކުރެވުނު ޑިޒައިނެކެވެ.

ދެވަނަ ކަމަކީ ކެމެރާ ސެގްމަންޓް ވަކިކުރުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން މި އާ އެޕަލް ވޮޗް ފޯމް ފެކްޓާއާ އެކު ދިއުމަށް އާ ބޭންޑް/ސްޓްރެޕް ސިސްޓަމެއްވެސް ޑިޒައިން ކުރެވިފައިވެއެވެ.

އެކުންފުނިން ފާހަގަކުރާ ގޮތުގައި މި ބޭންޑުގައި ހިމެނެނީ ފުރަތަމަ ސްޓްރެޕް ސެގްމަންޓަކާއި ދެވަނަ ސްޓްރެޕް ސެގްމަންޓަކާއި އެ ދެމެދު ރައްކާތެރިކޮށްފައިވާ ނެސްޓް ބައިގެ އިތުރުން ނެސްޓް ބައިގެ ތެރެއިން ފުޅާކުރާ ހުޅުވުމެކެވެ.

ޕޭޓަންޓްލީ އެޕަލްއިން ނަގާފައި

މި ގަޑީގައި ނެސްޓް ބައިބައަށް ރިލީސްކޮށް މައުންޓް ކުރެވޭ ވަރުގެ ބޯހިޔާވަހިކަމެއް އަދި ހައުސިންގެ ތެރޭގައި ސެންސަރެއް ވެސް ހިމެނޭނެ އެވެ.

މި ޑިޒައިންގައި ވޮޗްގެ ހައުސިންއާއި މައި ކޭސްއާއި ވަކިކުރުމަށް ފަސޭހަގޮތެއް ފަރުމާކުރެވިފައިވަނީ މި ސްމާޓްވޮޗް ބޭނުންކުރާ މީހުންނަށް ފަސޭހަކޮށްދިނުމުގެ ނިޔަތުގައެެވެ.

އެޕަލްއިން މިޑިޒައިންގެ މަސައްކަތް ފެށީ 2018 ވަނަ އަހަރު އެވެ. "އެޕަލް ވިންސް ޕެޓެންޓް ފޯ އަ އެޕަލް ވޮޗް ބޭންޑް ވިތް އަ ބިލްޓް-އިން ރޮޓޭޓޭބަލް ކެމެރާ" ގެ ނަމުގައި 2019 ވަނަ އަހަރު ނެރުނު އައިޕީ ރިޕޯޓެއްގައި އެޕަލް އިން ވަނީ މުސްތަގުބަލުގެ އެޕަލް ވޮޗް ބޭންޑަކަށް ހަދާފައިވާ ކެމެރާއެއްގެ ފުރަތަމަ ޕެޓެންޓް ރިޕޯޓެއް އާންމުކޮށްފަ އެވެ.

ޕޭޓަންޓްލީ އެޕަލްއިން ނަގާފައި

އެޕަލް ވޮޗަށް ކެމެރާއެއް ގެނެވޭނެ ގޮތެއް ހޯދަން އެޕަލް އިން ހުށަހެޅި ޕޭޓެންޓަކީ އެޕަލްގެ ތިން ވަނަ ޕެޓެންޓަށް ވުމުން، މިއީ ފާހަގަކޮށްލަން ޖެހޭ ކަމެކެވެ.

މި ޕޭޓެންޓްގެ އިތުރުން ހަމަ މިއަހަރު އެޕަލްއިންވަނީ ފޯލް ޑިޓެކްށަންއަށް އައު ގޮތެއް ޑިޒައިންކޮށް މި ޑިޒައިންގެ ޕޭޓެންޓް ހުއްދަ ހޯދާފައެވެ.

އިތުރަށް ފާހަގަކޮށްލެވޭ އެޕަލް ޕޭޓެންޓްގެ ތެރޭގައި އޮޓޯނޮމަސް ވެހިކަލް ލޭން ޗޭންޖް ސިސްޓަމް، މުސްތަޤުބަލުގައި ވެއަރަބަލް ޓެކްނޮލޮޖީގައި ހިމެނުމަށްވެސް ހުށަހަޅައި އެޕަލްއިށް ވަނީ ޕޭޓެންޓް ހުއްދަ ލިބިފައެވެ.


ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.