ރޮބޮޓް ކޮންޓްރޯލް ކުރުމަށް ޗެޓްޖީޕީޓީ ބޭނުންކުރަނީ

އަޙްމަދު ދާއޫދު 02 މާރިޗު 2023

މައިކްރޮސޮފްޓުން ދަނީ އިންސާނުންނާއި އެކު ރޮބޮޓްގެ މުއާމަލާތްތައް ކުރެވޭނެ ގޮތް ހެދުމުގެ މަގްސަދުގައި ރޮބޮޓް ކޮންޓްރޯލް ކުރުމަށް އެ ކުންފުނީގެ ޗެޓްޖީޕީޓީ ލެންގުއޭޖް މޮޑެލް ބޭނުން ކުރާނެ ގޮތް ތައް ބަލަމުންނެވެ. ޗެޓްޖީޕީޓީ އަކީ މައިކްރޮސޮފްޓްގެ އޭއައި ރިސާޗް ޑިވިޝަނުން އުފައްދާފައިވާ ބޮޑު ބަހުގެ މޮޑެލްއެކެވެ.

މައިކްރޯސޮފްޓުން ޢާއްމުކުރި ބްލޮގް ޕޯސްޓެއްގައި ބުނީ މިކަމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ފިޒިކްސްގެ ގާނޫނުތަކާއި އޮޕަރޭޓިން މާހައުލުގެ ކޮންޓެކްޓާއި ރޮބޮޓްގެ ޖިސްމާނީ އަމަލުތަކުން ދުނިޔޭގެ ހާލަތު ބަދަލުވެދާނެ ގޮތާ މެދު ވިސްނާއިރު މައްސަލަތައް ހައްލުކުރާނެ ގޮތް ޗެޓްޖީޕީޓީއަށް ދަސްކޮށްދިނުން ކަމުގައި މައިކްރޯސޮފްޓުން ބުނެއެވެ. މައިކްރޮސޮފްޓްގެ ޓެކްނިކަލް ކަރުދާހުގައި ރޮބޮޓިކްސްގެ މަސައްކަތްތައް ހައްލުކުރުމަށް ބަހުގެ މޮޑެލްތަކަށް އިރުޝާދު ދެވޭނެ ޑިޒައިން އުޞޫލުތަކެއް ބަޔާންކޮށްފައިވާ އިރު، އޭގެ ތެރޭގައި ސްޕެޝަލް ޕްރޮމްޕްޓިން ސްޓްރަކްޗަރ، ހައިލެވެލް އޭޕީއައި އަދި ޓެކްސްޓް މެދުވެރިކޮށް އިންސާނުންގެ ފީޑްބެކް ހިމެނެއެވެ.

ޗެޓްޖީޕީޓީއިން ރޮބޮޓިކްސް ޕަޒްލްތައް ހައްލުކުރުމުގެ ގިނަ މިސާލުތަކެއް ސައިންސްވެރިން ދައްކާފައިވާ އިރު، މެނިޕިއުލޭޝަން، އޭރިއަލް އަދި ނެވިގޭޝަން ޑޮމެއިންތަކުގައި ކޮމްޕްލެކްސް ރޮބޮޓް ޑިޕްލޮއިމަންޓްތައް ވެސް ހިމެނެ އެވެ. އަދި ޗެޓްޖީޕީޓީއަށް ހަގީގީ ޑްރޯނެއް ކޮންޓްރޯލް ކުރާ ފަންކްޝަންތަކަށް ވެސް އެކްސެސް ދިން އިރު، މިއީ ޓެކްނިކަލް ނޫންގޮތެއްގައި ބޭނުންކުރާ ފަރާތާއި ރޮބޮޓާ ދެމެދު ވަރަށް ގުޅޭ ލެންގުއޭޖް ބޭސްޑް އިންޓަފޭސްއެއް ކަން ސާބިތުވި އެވެ.

ޗެޓްޖީޕީޓީއިން ޑްރޯންއަށް ބޭނުންވާ ކޮމްޕްލެކްސް ކޯޑް ސްޓްރަކްޗަރތައް ލިޔުމުގެ އިތުރުން ޒިގް-ޒެގް ޕެޓާންއެއް ބޭނުންކޮށްގެން އަލަމާރިތައް ވިޝުއަލްކޮށް އިންސްޕެކްޓްކޮށް ސެލްފީއެއް ނަގާނެ ގޮތްވެސް ދެނެގަނެވުނެވެ. މީގެ އިތުރުން ސައިންސްވެރިން ވަނީ މައިކްރޮސޮފްޓް އެއާސިމް ސިމިއުލޭޓަރާއެކު ސިމިއުލޭޓެޑް އިންޑަސްޓްރިއަލް އިންސްޕެކްޝަން ސިނާރިއޯއެއްގައި ޗެޓްޖީޕީޓީ ވެސް ބޭނުންކޮށްފަ އެވެ.

މައިކްރޮސޮފްޓްގެ އަމާޒަކީ މި ޓެކްނޮލޮޖީތައް ނެރެގެން ރޮބޮޓިކްސް ފުޅާ ދާއިރާއެއްގައި ޢާއްމުންނާ ހަމައަށް ގެނެސްދިނުމެވެ. ސައިންސް ލެބްތަކުން ރޮބޮޓިކްސް ނެރުމަށާއި އާންމު ކޮށް ބޭނުންކުރާ މީހުންގެ އަތްމައްޗަށް ރޮބޮޓިކްސް ގެނައުމަށް ލެންގުއޭޖް ބޭސްޑް ރޮބޮޓިކްސް ކޮންޓްރޯލަކީ ވަރަށް މުހިންމު ކަމަކަށްވާއިރު، މައިކްރޮސޮފްޓުން ބާރު އަޅަނީ ޗެޓްޖީޕީޓީގެ އައުޓްޕުޓްތަކަކީ ފަރުވާތެރިކަމާއެކު އެނަލިސިސް ކުރުމެއް ނެތި ސީދާ ރޮބޮޓްތަކުގައި ބޭނުންކުރެވޭ ޓެކްނޮލޮޖީއަކަށް ހެދުމަށެވެ.

އަދި ހަމައެއާއެކު މައިކްރޯސޮފްޓުން ބުނަނީ މިފަދަ ރޮބޮޓްތައް ބޭނުންކުރާ ފަރާތްތަކުން ސިމިއުލޭޝަންގެ ބާރު ބޭނުންކޮށްގެން ހަގީގީ ދިރިއުޅުމުގެ ޑިޕްލޮއިމަންޓްތައް ބެހެއްޓުމުގެ ކުރިން މި އަލްގޯރިދަމްތައް އިވެލުއޭޓްކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަބަދުވެސް އަޅަންވާނެކަމަށެވެ.

މި މަސައްކަތަކީ ރޮބޮޓިކްސް ސްޕޭސްގައި ހަރަކާތްތެރިވާ ބޮޑެތި ބަހުގެ މޮޑެލްތަކުގެ އިންޓަރސެކްޝަންގެ ތެރެއިން ކުރެވެން ހުރި ކަންތައްތަކުގެ ކުޑަ މިންވަރެއް ކަމަށްވާއިރު، މައިކްރޮސޮފްޓުން އުއްމީދު ކުރަނީ ކުރިއަށް އޮތް ދުވަސްތަކުގައި މި ޓެކްނޮލޮޖީއާއި ގެން ފުޅާދާއިރާއެއްގައި ކުރިއަށް ދިއުން ކަމުގައި އެކުންފުނިން ބުނެއެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.