ވަރުގަދަ ފާމްވެއާ އިން އެންޑްރޮއިޑް ފޯނު ރައްކާތެރި ކުރަނީ

އަޙްމަދު އަޙްސަން 05 މާރިޗު 2023

މޮބައިލް އޮޕަރޭޓިން ސިސްޓަމްތަކަކީ މީގެ ކުރިން ޑެސްކްޓޮޕް ސިސްޓަމްތަކަށް ވުރެ މާ ރައްކާތެރި ސިސްޓަމްތަކަކަށް ވާތީ، ސެކިއުރިޓީއަށް ދޭ ސަމާލުކަން އިތުރުވެ، އެޕްލިކޭޝަންތަކުން ކުރެވިދާނެ ކަންކަމަށް މިހާރަށް ވުރެ ބޮޑަށް ރެސްޓްރިކްޓިވް އެޕްރޯޗެއް ގެންގުޅެއެވެ. ހަގީގަތުގައި އެންޑްރޮއިޑް ކްރޭކް ކުރަން އެހާ އުނދަގޫވެފައި ވަނީ އޯއެސް އަށް މިހާރު ހަމަލާދޭން މަސައްކަތް ނުކުރާތީއެވެ. ގޫގަލް އިން ބުނީ އޭގެ ބަދަލުގައި ފޯކަސް ކުރަނީ ފޯނުގެ ފާމްވެއާ (އެސްއޯސީއެއްގައި ހުންނަ ވަކިވަކި ޗިޕްތަކާއި ކޮންޓްރޯލަރުންގެ ތެރޭގައި ހިމެނޭ "ބޭއާ މެޓަލް" ގައި ރަންކުރާ ސޮފްޓްވެއާއަށް) ކަމަށެވެ. އެ ކުންފުނިން މިހާރު ވަނީ ފާމްވެއާ ސެކިއުރިޓީ އާ ގުޅުންހުރި މަސައްކަތްތަކެއް އިއުލާނުކުރިއެވެ.

ގޫގަލް އިން ކުރި ބްލޮގް ޕޯސްޓެއްގައި ބުނެފައި ވަނީ އެންޑްރޮއިޑާ މުއާމަލާތްކުރާ ފާމްވެއާގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް އިކޯސިސްޓަމް ޕާޓްނަރުންނާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ބައުންޑްސަން އާއި އިންޓްސަން ފަދަ ކޮމްޕައިލަރ ބޭސްޑް ސެނިޓައިޒާގެ އިތުރުން އެކްސްޕްލޮއިޓްތަކުން ރައްކާތެރިވުމަށް ބޭނުންކުރާ އިތުރު ގިނަ މިޓިގޭޝަންތަކަށް އެ ކުންފުނިން ފާހަގަކުރެއެވެ. އަދި އޮޓޯ އިނީޝިއަލައިޒް މެމޮރީ ފަދަ މެމޮރީ ސޭފްޓީ ފީޗާތައް ފާމްވެއާއަށް އިތުރުކުރަން ވެސް އެ ކުންފުނިން ބޭނުންވެއެވެ.

ފާމްވެއާ ހަރުދަނާ ކުރުމުން ރަނގަޅު ބެލެންސެއް ލިބި ޕާފޯމަންސް ހިޓްތައް މަދުވެގެންދާނެއެވެ. އެންޑްރޮއިޑް ހޯސްޓްކުރާ އެޕްލިކޭޝަން ޕްރޮސެސަރަށް ވުރެ ފާމްވެއާ އަކީ މެމޮރީ އާއި ޕްރޮސެސިން ޕަވާ ވަރަށް ބޮޑަށް މަދުކޮށް މަސައްކަތް ކުރާ އެއްޗަކަށް ވާތީ، ސެކިއުރިޓީ ފިކްސްތަކުގެ ސަބަބުން މެމޮރީ ބޭނުން ކުރުން ވަރަށް ބޮޑަށް އިތުރުވެ ޕާފޯމަންސް ދަށްކޮށްދެއެވެ. ޑެސްކްޓޮޕް ކޮމްޕިއުޓަރުތަކުގައި އިންޓެލްގެ 2018 ވަނަ އަހަރުގެ މެލްޓްޑައުން އާއި ސްޕެކްޓާ ވަލްނަރަބިލިޓީސް އާ އެކު އެކަހަލަ ކަމެއް ގޫގަލް އަށް ފެނިފައިވާ ކަމަށާއި، އެއީ ހަމައެކަނި ބޮޑެތި ޕްރޮސެސަރު ޕާފޯމަންސް އިމްޕެކްޓްތަކާ އެކު ރަނގަޅު ކުރެވިދާނެ ކަމެއްކަމަށްވުމުން ގޫގަލް އިން އެންމެ ބޮޑަށް ފޯކަސް ކުރަނީ ސެލިއުލާ ބޭސްބޭންޑާއި ވައިފައި ޗިޕްސް ފަދަ އެންމެ އެކްސްޕޯޒްޑް އެޓޭކް ސާފޭސްތަކަށެވެ.

ރައްކާތެރި މާހައުލެއް ގާއިމުކުރުމަށް ގޫގަލް އިން އެންމެ ބޮޑު ސަމާލުކަމެއް ދޭ އަނެއް ދާއިރާއަކީ މެމޮރީ ސޭފްޓީއެވެ. މެމޯރީ ބޭނުންކޮށްގެން ދޭ ހަމަލާތަކުން ރައްކާތެރި މެމޯރީ ސޭފް ޕްރޮގްރާމިން ލެންގުއޭޖެއް ކަމަށްވާ ރަސްޓްގައި އެންޑްރޮއިޑް 13 ގެ ބޮޑު ބައިތައް އެ ކުންފުނިން އަލުން ލިޔެފައިވާއިރު، އެ ކުންފުނިން ބޭނުންވަނީ އެންޑްރޮއިޑްގެ މުސްތަގުބަލުގެ ވާޝަންތަކާ އެކު އެކަން ދެމެހެއްޓުމަށެވެ. އެހެންކަމުން އެންޑްރޮއިޑް 14 އާ އެކު މެމޯރީގެ ރައްކާތެރިކަމަށް އިތުރު ބަދަލުތަކެއް އަންނާނެއެވެ.

އަދި އެންޑްރޮއިޑް 13 ތައާރަފްކުރުމާއެކު ވަލްނަރަބިލިޓީ ރިވާޑްސް ޕްރޮގްރާމްގެ ސީވިއަރިޓީ ގައިޑްލައިން އަޕްޑޭޓްކޮށް ރިމޯޓުކޮށް އެކްސްޕްލޮއިޓޭބަލް ބަގްތަކަށް އިތުރު އަހަންމިއްޔަތުކަމެއް ދީފައިވާ ކަމަށް ގޫގަލް އިން ތަކުރާރުކޮށް ބުނެއެވެ. އަދި މިކަމުގެ ސަބަބުން މި ދާއިރާތަކުގެ ތާރޑްޕާޓީ ރިސާޗަރުންގެ އިތުރު ކޮންޓްރިބިއުޝަންތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން އުންމީދު ކުރެއެވެ.

ކޮންމެ ދުވަހަކު ފޯނު ބޭނުންކުރުމުގައި މި ހުރިހާ ކުރިއެރުމެއް ފާހަގަ ނުކުރެވިދާނެއެވެ. އެއީ ރަނގަޅު ކަމަކަށް ވުމުން. ސަލާމަތީ ފިޔަވަޅުތައް ރަނގަޅަށް މަސައްކަތް ކުރާހާ ހިނދަކު އެންޑްރޮއިޑް ފޯނުގެ ޕާފޯމަންސް ހިޓް ނުވަތަ ސެކިއުރިޓީ މައްސަލައެއް ދިމާވެގެން ނުވާނެއެވެ.

އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.