ގިނަ ކުރިއެރުންތަކަކާއެކު ޗެޓްޖީޕީޓީގެ އައު މޮޑެލް ޖީޕީޓީ-4 ރިލީޒްކުރިކަން އޯޕަން އޭއައިއިން ރަސްމީކޮށް އިއުލާނުކޮށްފިއެވެ.
އޯޕަންއޭއައި އިން ހާމަކޮށްފައިވާ ގޮތުގައި މިއީ އެކުންފުނީގެ އުފެއްދުންތަކުގެ ތެރެއިން އެންމެ ޒަމާނީ އަދި އޭއައި ޓެކްނޮލޮޖީގެ އެންމެ ކުރީގައި އުޅޭ ނިޒާމެވެ. އަދި މީގެން ލިބޭނެ ޖަވާބުތަކަކީ މިފަދަ ޓެކްނޮލޮޖީއަކުން އުފައްދާނެ އެންމެ ރައްކާތެރި އަދި ބޭނުންތެރި ޖަވާބުތައް ކަމަށްވެސް ހާމަކުރެއެވެ.
ޗެޓްޖީޕީޓީގެ އެޑްވާންސް ވަރޝަން އަންނާނެ ކަމުގެ ހަބަރު ކުރިންވެސް މައިކްރޮސޮފްޓުން ވަނީ ދީފައެވެ. އެގޮތުން މިވަރޝަންގެ ރިލީޒްކުރިކަން އިއުލާނުކުރީ 14 މާރޗް 2023 ގައެވެ. ނަމަވެސް މިހާރު ފަހުގެ ވަރޝަން ލިބޭނީ ހަމައެކަނި ޗެޓްޖީޕީޓީ ޕްލަސް ސަބްސްކްރިޕްޝަންގައެވެ. ޗެޓްޖީޕީޓީގެ މިހާރުގެ ހިލޭ ވަރޝަން އަދިވެސް ބިނާވެފައި އޮންނާނީ ޖީޕީޓީ-3.5 އަށެވެ.
ސޮފްޓްވެއަރ އެޕްލިކޭޝަން އުފައްދާ ޑިވެލޮޕަރުންނަށް އަމާޒުކޮށް ޖީޕީޓީ-4 ގެ އޭޕީއައި އަށް ވެއިޓްލިސްޓް ކުރުމަށްވެސް ވަނީ ހުޅުވާލާފައެވެ.
މިހާރުވެސް ބައެއް އެޕްލިކޭޝަންތަކުގައި ޖީޕީޓީ-4 ބޭނުންކުރަން ފަށާފައިވާކަމަށް އޯޕަން އޭއައި ގެ ވެބްސައިޓްގައި ހާމަކޮށްފައިވެއެވެ. އޭގެތެރޭގައި ޑުއޯލިންގޯ، ބީ މައި އައިޒް، ސްޓްރައިޕް އަދި ޚާން އެކަޑަމީ އެޕްލިކޭޝަންތައް ހިމެނެއެވެ.
ޖީޕީޓީ-4 އަކީ އިންސާނުން ވާހަކަ ދައްކާ ފަދައިން ޖަވާބުދޭ ލޭންގުއޭޖް މޮޑެލްއެކެވެ. ކުރީގެ ވަރޝަން 3.5 އަށް ބިނާކޮށް އުފައްދާފައިވީ ނަމަވެސް އެވަރޝަންއާއި އަޅާބަލާފައި މިމޮޑެލް އެތަށް ދަރަޖައަކަށް ކުރިއަރާފައިވާނެކަމަށް އޯޕަންއޭއައިން ހާމަކުރެއެވެ. ޖީޕީޓީގެ ދިގު ގޮތަކީ ޖެނެރޭޓިވް ޕްރީ-ޓްރެއިންޑް ޓްރާންސްފޯމަރއެވެ. މިއީ އިންސާނުން ފަދައިން ޖަވާބުދޭގޮތަށް ނިއުރަލް ނެޓްވޯކް ބޭނުންކޮށްގެން އުފައްދާފައިވާ ޑީޕް ލަރނިންގ އޭއައި ޓެކްނޮލޮޖީއެކެވެ.
އޯޕަން އޭއައި އިން ހާމަކޮށްފައިވާ ގޮތުގައި ކުރީގެ ވަރޝަންތަކާއި އަޅާ ބަލާފައި މި ލެންގުއޭޖް މޮޑެލް، 3 ދާއިރާއަކުން ކުރިއަރާފައިވާނެއެވެ.
* ކްރިއޭޓިވިޓީ (އުފެއްދުންތެރިކަން)
މިއައު ވަރޝަންގައި އުފެއްދުންތެރި ދާއިރާތަކުގެ މައުލޫތަކަށް ވާހަކަ ދައްކާ ނުވަތަ ޖަވާބު ދިނުމުގައި އެތަށް ތަނެއް ކުރިއަރާފައިވާނެއެވެ. މިގޮތުން ޓެކްނިކަލް ލިޔުންތައް އުފެއްދުމަށާއި، ލަވަ ލިޔުމާއި ސްކްރީންޕްލޭ ލިޔުން ފަދަ ފަންނީ ކަންކަމުގައި ކުރިއަށް ވުރެ އެތަށް ތަނެއް ރަނގަޅު ޖަވާބު އުފައްދާނެއެވެ. އަދި ވަކި ލިޔުންތެރިއެއްގެ ސްޓައިލަށް ލިޔުމަށްވެސް ފަސޭހައިން ދަސްކުރާނެއެވެ.
* ވިޝުއަލް އިންޕުޓް (ފޮޓޯ ނުވަތަ ތަސްވީރު)
ޖީޕީޓީ-4 ގައި އިމޭޖް (ފޮޓޯ ނުވަތަ ތަސްވީރު) ބޭނުންކޮށްގެންވެސް މުއާމަލާތްކުރަންފެށިދާނެއެވެ. ޖީޕީޓީ-4 ގެ ވެބްސައިޓްގައިވާ މިސާލުގައި ޗެޓްބޮޓަށް ފުރަތަމަ ފީޑްކުރަނީ އެއްޗެއް ކައްކަން ބޭނުންކުރެވިދާނެ ދެތިން އެއްޗެއް ހިމެނޭ ފޮޓޮއެކެވެ. އަދި އެފޮޓޯއަށް ބަލާފައި އޭގައި ހިމެނޭ ތަކެތި ދެނެގަނެ ތައްޔާރުކުރެވިދާނެ ކާއެއްޗެއްގެ ވާހަކަ ދައްކައެވެ. މިފަދައިން ވީޑިއޯ ބޭނުންކުރެވިދާނެ ކަމެއް އަދި ނޭގެއެވެ.
* ދިގު ކޮންޓެކްސްޓް
މިހާރުގެ ވަރޝަންގައި 25،000 ބަސް އެއްފަހަރާ ޕްރޮސެސް ކުރުމުގެ ކުޅަދާނަކަން ހުންނާނެއެވެ. މިވަރޝަންގައި ވެބްސައިޓެއްގެ ލިންކެއް ވެސް ބޭނުންކުރެވިދާނެއެވެ. އެލިންކުގައި ހިމެނޭ ހުރިހާ ލިޔުންތަކެއް އެސެސްކޮށް އެއަށް ބިނާކޮށް ޗެޓްޖީޕީޓީއާއި ދިގުކޮށް ވާހަކަ ދެއްކިދާނެއެވެ.
މީގެ އިތުރުންވެސް އޯޕަންއޭއައި އިން ހާމަކޮށްފައިވާގޮތުގައި މިފަހުގެ ވަރޝަންގައި ލިބޭ ޖަވާބުތައް ރައްކާތެރިވާނެއެވެ. އޭގެ މާނައަކީ ލިބޭ ޖަވާބުތަކުގެ ސައްހަކަން ކުރިއާއި އަޅާ ބަލާއި %40 ރަނގަޅުވާނެއެވެ. އަދި "ހުއްދަނުކުރެވޭ ކޮންޓެންޓް ރިކުއެސްޓްތަކަށް ޖަވާބުދިނުމުގެ" ފުރުޞަތު ވެސް %82 ދަށްވާނެކަމަށްވެއެވެ.
މި ވަރޝަންގެ ކުރިއެރުންތައް ހޯދުމަށް މިހާރުގެ މޮޑެލް ތަމްރީނު ކޮށްފައިވަނީ އިންސާނުންގެ ފީޑްބެކް ހޯދައިގެންކަމަށް އޯޕަންއޭއައި އިން ބުނެ އެވެ. އޭގެ ތެރޭގައި އޭއައިގެ ރައްކާތެރިކަމާއި ސެކިޔުރިޓީ ދާއިރާގައި ހަރަކާތްތެރިވާ 50 އަށް ވުރެ ގިނަ ތަޖުރިބާކާރުން ހިމެނޭކަމަށް އެކުންފުނިން ބުނެއެވެ.
ޖީޕީޓީ-4 އިން ކުރެވިދާނެ މޮޅު ކަންތައްތަކުގެ ވާހަކައާއި އެކު އަދި އޭގައި ހުރި ރަނގަޅުކުރަންޖެހޭ ކަންތައްތައްވެސް އޯޕަން އޭއައި އިން ހާމަކުރިއެވެ. ކުރީގެ މޮޑެލް އެކޭ އެއްގޮތަށް މިހާރުގެ ވަރޝަންގައިވެސް އިޖުތިމާއީ ކަންކަމުގައި ވަކި ފަރާތަކަށް ޖެހުން ނުވަތަ "bias" އަދި ދެކޮޅަށް ވާހަކަ ދެއްކުމާއި ބުނާ އެއްޗެއް އޮޅުވާލުމުގެ މައްސަލަތައް އަދި ކުރިމަތި ވެދާނެއެވެ. އެކުންފުނިން ހާމަކުރިގޮތުގައި މިފަދަ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތްތައް ކުރިއަށް ދާނެއެވެ.
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް