ވިންޑޯޒް 11ގައި އެންޑްރޮއިޑް އެޕްތައް ބޭނުންކުރާނެ ގޮތް

އަޙްމަދު ދާއޫދު 20 މާރިޗު 2023

އެންޑްރޮއިޑް އެޕްތައް ވިންޑޯޒް ޕީސީގައި ބޭނުން ކުރުމަކީ އާ ކަމެއް ނޫނެވެ. 2011 ވަނަ އަހަރު ބްލޫސްޓޭކްސް ނެރުނު ފަހުން އެންޑްރޮއިޑް އެޕްތަކާއި ގޭމްތައް ޑެސްކްޓޮޕްގައި ހިންގޭނެ އެތައް ގޮތެއްވަނީ ފަހިވެފައެވެ. ނަމަވެސް ތިންވަނަ ފަރާތެއް އެޕަކާ ނުލައި އެންޑްރޮއިޑް އެޕްތައް ވިންޑޯޒްގައި ހިންގުމުގެ ނެޓިވް ގާބިލްކަން ހޯދުމަށް ގާތްގަނޑަކަށް ދިހަ އަހަރު ހޭދަވި އެވެ.

ތެދުތެދަށް ބުނާނަމަ މި ފީޗާއަކީ ވިންޑޯޒް 11 ގެ މައިގަނޑު އެއް އަމާޒަކަށް ވެގެން ދިޔައިރު، ވިންޑޯޒްގައި އެންޑްރޮއިޑް އެޕްތައް ނެޓިވްކޮށް ހިންގުމާއި، ޓާސްކްބާގައި ފުރިހަމައަށް އިންޓަގްރޭޓްކޮށް، މަލްޓިޓާސްކިން ފީޗާސް ބޭނުންކުރުމުގެ ގާބިލްކަން ތައާރަފްކުރި އެވެ. އެހެންނަމަވެސް ބޮޑު އިންޒާރެއް އެބައޮތެވެ. އެއީ މިގޮތަށް ސީދާ ވިންޑޯސްގައި ރަންކުރެވޭނެ އެޕްތައް އަދި ހަމައެކަނި ލިބެންހުރީ އެމެޒޯން އެޕްސްޓޯރުންނެވެ.

އެކަމަކު އެމެޒޯން އެޕްސްޓޯރ އިން ގާތްގަނޑަކަށް 480 ހާސް އެންޑްރޮއިޑް އެޕް ލިބެން ހުރެއެވެ. އެހެންކަމުން، އެއީ ވިންޑޯޒް 11 ގައި ތިބާ ބޭނުންކުރަން ޖެހިދާނެ ގިނަ އެޕްތައް ލިބޭނެކަމަށް ބަލާށެވެ.

ވިންޑޯޒް 11 ގައި އެންޑްރޮއިޑް އެޕްސް އިންސްޓޯލް ކުރާނެ ގޮތް

އެންޑްރޮއިޑް އެޕްތައް ވިންޑޯޒްގައި ހިންގުމަށްޓަކައި ހަގީގަތުގައި މާ ގިނަ އުނދަގޫތަކެއް ތަހައްމަލު ކުރާކަށް ނުޖެހެ އެވެ. ހަމައެކަނި މި ފިޔަވަޅުތަކުން ފުދެއެވެ.

ވާޗުއަލައިޒޭޝަން އޮންކުރުން (ކުރިން އެނެބަލް ކޮށްފައި ނުވާނަމަ)

އެންޑްރޮއިޑް އެޕްތައް ވިންޑޯޒް 11 އަށް އިންސްޓޯލް ކުރުމުގެ ފުރަތަމަ ފިޔަވަޅަކީ ވާޗުއަލައިޒޭޝަން އޮން ކުރުމެވެ. އެކަން ކުރުމަށްޓަކައި ސްޓާޓް މެނޫ އާއި ޖެހިގެން ހުންނަ ސަރޗް ބާރ އަށް ގޮސް 'ޓާން ވިންޑޯސް ފީޗާސް އޮން ނުވަތަ އޮފް ކޮށްލަން' ޓައިޕް ކުރަން ޖެހެއެވެ. އެކަން ކުރުމަށް ކޮންޓްރޯލް ޕެނަލް އަށް ވަންނާށެވެ.

ވިންޑޯޒް 11 ގައި އެންޑްރޮއިޑް އެޕްތައް ހިންގުމަށް ވާޗުއަލް މެޝިން ޕްލެޓްފޯމް އެނެބަލްކުރުން

އެތަނުން 'ވާޗުއަލް މެޝިން ޕްލެޓްފޯމް' ހޯދައި ޓިކް ލެވިފައި ހުރިތޯ ޔަގީން ކުރަން ޖެހެއެވެ. 'އޯކޭ' އަށް ކްލިކް ކުރަން ހަނދާން ކުރާށެވެ. އެހެން ނޫނީ ބަދަލު ކަށަވަރު ނުކުރެވޭނެއެވެ. މި ބަދަލު ތަންފީޒު ކުރުމަށްޓަކައި ވިންޑޯޒް ޕީސީ އަލުން ސްޓާޓް ކުރާށެވެ.

އެމެޒޯން އެޕްސްޓޯރ އިންސްޓޯލް ކުރާށެވެ.

މަތީގައި ދެންނެވި ފަދައިން ވިންޑޯޒް 11 ގައި އެންޑްރޮއިޑް އެޕްތައް ނެޓިވްކޮށް އިންސްޓޯލް ކުރެވޭނެ ހަމައެކަނި ގޮތަކީ އެމެޒޯން އެޕްސްޓޯރ އެވެ. މައިކްރޮސޮފްޓް ސްޓޯރ އިން (ނުވަތަ މިތަނަށް ފިތާލުމުން ) ހޯދިދާނެއެވެ . ފެނުމުން 'އިންސްޓޯލް' އަށް ކްލިކްކޮށްލުމަށްފަހު ޕޮޕްއަޕް އިން 'ޑައުންލޯޑް' އަށް ފިތާލާށެވެ.


ވިންޑޯޒް އަށް އެމެޒޯން އެޕްސްޓޯރ ޑައުންލޯޑް ކުރުން

ސިސްޓަމަށް ބައެއް ބަދަލުތައް ގެނެވޭނެކަން އެނގޭ ބައެއް ޕްރޮމްޕްޓްތައް ފެނިދާނެއެވެ. ކޮންފަރމް ކުރުމަށް 'އާނ' އަށް ފިތާލުމަށްފަހު އެމެޒޯން އެޕްސްޓޯރ ޑައުންލޯޑްކޮށް އިންސްޓޯލް ވާން މަޑުކޮށްލާށެވެ.

އެމެޒޯން އެޕްސްޓޯރ އިންސްޓޯލް ކޮށް ނިމުމުން ހުޅުވާލާށެވެ. މި އިންސްޓޯލްމަންޓް އޮޓޮމެޓިކުން އެންޑްރޮއިޑް އަށް ވިންޑޯޒް ސަބްސިސްޓަމް އާއި އެކު އަންނާނެ އެވެ. އެހެންކަމުން، އެޕް ހުޅުވާލުމުން، ބައެއް ހުއްދަތަކަށް އެދޭނެއެވެ. ދޭން ބޭނުންވާ ހުއްދަތައް ހޮވައި އެޕްސްޓޯރ ހުޅުވަން ދޫކޮށްލާށެވެ.

އެމެޒޯން އެކައުންޓަށް ސައިން އިން ކުރާށެވެ.

ވިންޑޯޒް 11 ގައި އެންޑްރޮއިޑް އެޕްތައް ހިންގުމަށް އެމެޒޯން އެކައުންޓެއް ބޭނުންވާނެ އެވެ . ނުވަތަ އެޕް މެދުވެރިކޮށް އެކައުންޓެއް ހެދިދާނެ އެވެ. އަދި ކުރިން ހަދާފައިވާ އެކައުންޓެއް ވާނަމަ ހަމައެކަނި 'ސައިން އިން' އަށް ފިތާލުމަށްފަހު ތަފްސީލު ލިޔެލާށެވެ.

ދެން މިހާރު މިއޮތީ ތިބާ ބޭނުންވާ އެޕްތައް އެމެޒޯން އެޕްސްޓޯރުން ޑައުންލޯޑްކުރުމެވެ. ޑައުންލޯޑް ކުރެވޭ އެޕްތައް ސީދާ އެޕްސްޓޯރ އިން 'އޮޕަން' ކުރެވޭނެ އެވެ. އަދި ވިންޑޯޒް 11 ގައި ހުންނަ އެހެން އެޕްތަކެކޭ އެއްފަދައިން ވިންޑޯޒް ސަރޗް ބާރ މެދުވެރިކޮށް ވެސް ސަރޗް ކުރެވޭނެއެވެ.

ވިންޑޯޒް 11 ގައި އެންޑްރޮއިޑް އެޕްތަކުގެ ޕާފޯމަންސް ރަނގަޅުކުރުން

އެންޑްރޮއިޑް އެޕްތައް ވިންޑޯޒް 11 ގައި އިތުރަށް ރަނގަޅަށް ހިންގުމަށް ކުރެވިދާނެ ބައެއް ކަންތައްތައް ހުރިއިރު ފުރަތަމަ ކަމަކަށް ވިންޑޯޒް ސަރޗް ބާރ އިން 'ވިންޑޯޒް ސަބްސިސްޓަމް ފޯ އެންޑްރޮއިޑް' ހޯދައި ސެޓިންގސް އެޕް ލޯންޗް ކުރާށެވެ.

އެތަނުން ގިނަ އިޚްތިޔާރުތަކެއް ފެންނާނެއެވެ. އެކަމަކު ފޯކަސް ކުރަން ޖެހޭ އެއް ކަމަކީ 'ސަބްސިސްޓަމް ރިސޯސް' އެވެ. އެންޑްރޮއިޑް އެޕްތައް އޮމާންކަމާއެކު ސްޓާޓްއަޕް ކުރެވޭނެ ގޮތަށް 'ކޮންޓިނަސް' ނަގާށެވެ.

ދެވަނަ ކަމަކަށް ސެޓިންގސް އެޕްގެ ކަނާތްފަރާތުގައިވާ 'ކޮމްޕެޓިބިލިޓީ' އޮޕްޝަނަށް ދާށެވެ. މިތަނުން، ތިބާގެ ސިސްޓަމްގައި މިހާރު އިންސްޓޯލްކޮށްފައިވާ ހުރިހާ އެންޑްރޮއިޑް ގޭމްތަކާއި އެޕްތައް ފެންނާނެއެވެ . ކޮންމެ އެއްޗެއްގައި ވެސް އެންޑްރޮއިޑް އެޕްތައް ވިންޑޯޒް 11 ގައި ރަނގަޅަށް ހިންގޭނެ ގޮތަށް ތަފާތު ސެޓިންގްސް ޓްވީކް ކުރެވޭނެއެވެ .

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.