އެންޑްރޮއިޑް ފޯނުތަކުން އޭއައި ފޮޓޯ ޖެނެރޭޓް ކުރެވިދާނެ

ޝުޖާޢަތު ރަޝީދު 31 މާރިޗު 2023

ކުއަލްކޮމްއިން އެންޑްރޮއިޑް ފޯނުން އޭ.އައި ފޮޓޯ މަދު ސިކުންތުކޮޅެއްގެ ތެރޭގައި ޖެނެރޭޓް ކުރެވިދާނެކަން ދައްކާލައިފިއެވެ. މިއީ ވަރަށް އާދައިގެ މެސެޖެއް މެދުވެރިކޮށް ކުރެވޭ ކަމެކެވެ.

ކުއަލްކޮމްއިން 512x512 ޕިކްސެލްގެ ބުޅަލެއްގެ ފޮޓޯއެއް އޭއައި މެދުވެރިކޮށް ޖެނެރޭޓްކުރީ "ސްޓޭބަލް ޑިފިއުޝަން" ކިޔާ ވަރަށް މަޝްހޫރު ޓެކްސްޓު - ޓު - އިމޭޖް ޖެނެރޭޓިވް އޭއައި މޮޑެލްއެއް ބޭނުންކޮށްގެންނެވެ.

އެ ކުންފުނިން ބުނަނީ އެމީހުންގެ އޭ.އައި ސްޓެކުން ސްޓޭބަލް ޑިފިއުޝަން 1.5 ފޯނެއްގައި ބޭނުންކުރުމަށް ތައްޔާރުކުރެވުނެވެ. މިއީ އެއްވެސް ވަރަކަށް އިންޓަނެޓާއި ކަނެކްޓު ނުކޮންނެވެ. ތައްޔާރުކުރެވުނު ފޯނުން ބޭނުންވާ އޭއައި އޮޕަރޭޝަންތައް ފޮޓޯ ޖެނެރޭތް ކުރުމަށް ހުށަހެޅިއެވެ.

ކުއަލްކޮމްއިން ހިއްސާކުރި ވީޑިއޯއިން ބުޅަލެއްގެ ފޮޓޯ އޭއައި މެދުވެރިކޮށް 15 ސިކުންތު ތެރޭގައި ދައްކާފައިވެއެވެ.

ސްޓޭބަލް ޑިފިއުޝަންއިން މި ފޮޓޯ ހަދައިދިނީ " ސުޕާ ކިއުޓް ފްލަފީ ކެޓް ވޭރިއާރ އިން އާމަރ، ފޮޓޯރިއަލިސްޓިކް، 4-ކޭ، އަލްޓްރާ ޑީޓެއިލްޑް، ވީރޭ ރެންޑަރިން، އަންރިއަލް އިންޖިނިއަރިން" މި ޕްރޮމްޕްޓް ބޭނުންކޮށްގެންނެވެ.

މި ފޮޓޯ ޖެނެރޭޓް ކުރި ފޯނުން ބޭނުންކުރީ ކުއަލްކޮމް ސްނެޕްޑްރެގަން 8 ޖެން 2 ޗިޕްސެޓެވެ. މިއީ ގެލެކްސީ އެސް 23 ސީރީސް ފޯނުތަކުގައި ހުންނަ ފްލޭގްޝިޕެވެ.

ބޭނުންކުރެވުނު ސްޓޭބަލް ޑިފިއުޝަން މޮޑެލް ޓެސްޓު ކުރުމުގެ ކުރިން އޮޕްޓިމައިޒް ކުރެވިފައިވަނީ "ކުއަންޓަލައިޒޭޝަން، ކޮމްޕައިލޭޝަން، އެންޑް ހާޑްވެއާ އެކްސެލެރޭޝަން" އަށެވެ.

މިދިޔަ އަހަރު ޑިސެމްބަރު މަހުގައި އެޕަލްއިން ސްޓޭބަލް ޑިފިއުޝަން ރަން ކުރުމަށް ބޭނުންވާނެ އޮޕްޓިމައިޒޭޝަން ވަނީ ހާމަކޮށްފައެވެ. އަދި އެމީހުންގެ މެޝިންތަކުގައި އައިފޯން 13 ގައި "ޑްރޯ ތިންގްސް" އެޕް ބޭނުންކޮށްގެން ކޯ އެމް.އެލް އެކްސެލެރޭޝަންއާއި އެކު ގާތްގަނޑަކަށް މިނިޓެއް ތެރޭގައި ހަމަ މި ޕިކްސެލްގެ ފޮޓޯއެއް ވަނީ ޖެެނެރޭޓްކޮށްފައެވެ.

އަދި އިތުރަށް ފާހަގަ ކޮށްލެވެނީ މިއީ ސްޓޭބަލް ޑިފިއުޝަން ބޭނުންކޮށްގެން އޭ.އައި އިން އެންޑްރޮއިޑް ފޯނުގައި ފޮޓޯ ޖެނެރޭޓް ކުރެވުނު ފުރަތަމަ ފަހަރެއް ނޫނެވެ.

ދަ ވާޖްއިން ހާމަކޮށްފައިވާ ގޮތުގައި، އައިވަން ހުއަންގް ނަމަކަށް ކިޔާ ޑެވެލޮޕަރެއް ކުރިންވެސް ސްޓޭބަލް ޑިފިއުޝަން ސޮނީ އެކްސްޕީރިއާ 5 ފޯނެއްގައި ބޭނުންކޮށްފައިވެއެވެ.

މި ފޯނަކީ ކުއަލްކޮމް ސްނެޕްޑްރެގަން 865 އާއި 8-ޖީބީ ރޭމް ހިމެނޭ ފޯނެކެވެ.

ނަމަވެސް، ހުއަންއަށް ކުރިން ފާހަގަކޮށްލި ޕިކްސެލްގެ ފޮޓޯއެއް ޖެނެރޭޓް ކުރުމަށް އެއް ގަޑިއިރު ނެގިއެވެ. އެހެންކަމުން ކުއަލްކޮމްގެ ޓެކްނީކްއަކީ މި ޑެވެލޮޕަރު ބޭނުންކުރި ޓެކްނީކަށްވުރެން އަވަސް ޓެކްނީކަކަށް މިވަނީ ވެފައެވެ.

އޭ.އައި މޮޑެލްތައް މިފަދަ އެންޑްރޮއިޑް ފޯނުތަކުގައި ރަންކުރުން މަގުފަހިވެއްޖެނަމަ ޑެވެލޮޕަރުންނަށް ހަރަދު ކުޑަކުރުން މަގުފަހިވެ މޮބައިލް ކަނެކްޝަނެއް ބޭނުންކުރުން ހުއްޓުވާލެވިދާނެއެވެ. އަދި މީގެ އިތުރުން މިފަދަ އޭ.އައި ޓޫލްތައް ބޭނުންކުރާ މީހުންގެ ޕްރައިވެސީއާއި ޑޭޓާ ރައްކާތެރިވެގެންދާނެއެވެ.

އެއީ އޭރުން އެމީހުންގެ ޑޭޓާ ހަމައެކަނި ހުންނާނީ އަމިއްލަ ފޯނުގައި ކަމުންނެވެ.

ފްލެގްޝިޕް އެންޑްރޮއިޑް ފޯނުތަކުފައި މިފަދަ އޭއައި މޮޑެލްތައް ރަންކުރުމަށް އަދި ކަސްޓަމަރުންނަށް ފެށޭނެ އިރެއް ނުވަތަ ގޮތެއްވެސް ކުއަލްކޮމްއިން ހާމަކޮށްފައިނުވެއެވެ.

ނަމަވެސް އެކުންފުނިން މިކަމުގެ ޑެމޯއެއް އެމް.ޑަބްލިއު.ސީ 2023 ގައި ދައްކާފައިވެއެވެ.

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.