ޖެނެރޭޓިވް އޭއައި އިން ވިޔަފާރި ކުރާ ގޮތް ބަދަލުކޮށްލަނީ!

ޝުޖާޢަތު ރަޝީދު 08 އޭޕްރީލު 2023

މިދިޔަ ފެބްރުއަރީ މަހު، މައިކްރޮސޮފްޓުން "ވައިވާ ސޭލްސް" ސޮފްޓްވެއާ ވިޔަފާރިތަކުގެ މާހައުލު ވަނީ ހަލަބޮލިކޮށްލާފައެވެ.

މި އެޕްލިކޭޝަނަކީ ޖެނެރޭޓިވް އޭ.އައި ޓެކްނޮލޮޖީ އެމްބެޑް ކޮށްފައިވާ އެޕްލިކޭޝަނެކެވެ. މީގެއިން ވިޔަފާރިވެރިންނަށް ފަސޭހަ ކުރުމަށް، ކަސްޓަމަރުންނަށް ފޮނުވާ އީމެއިލް ކުރީބައިގައި ތައްޔާރުކޮށް ކަސްޓަމަރުންގެ މުހިންމު އުޅުންތައް ރެކޯޑު ކޮށްދެއެވެ. އެހެންކަމުން ކަސްޓަމަރުންނާއި ބެހޭ ރެކޮމެންޑޭޝަންތަކާއި މުހިންމު ރިމައިންޑާތައް މި އެޕްލިކޭޝަނުން ޖެނެރޭޓް ކޮށްދެއެވެ.

މީގެ ހަފްތާތަކެއްގެ ފަހުން ސޭލްސްފޯސްއިންވެސް އެމީހުންގެ ޖެނެރޭޓިވް އޭއައި "އައިންސްޓަން ޖީޕީޓީ" ވަނީ ރިލީސްކޮށްފައެވެ.

ވިޔަފާރީގައި އުކުޅުތައް ދެނެގަތުމަށް ޒަމާނުންސުރެން ބަރޯސާވެފައިވަނީ ކަސްޓަމަރުންގެ ކަންތައް ގާތުން ބަލަހައްޓާ މުވައްޒިފުންނަށެވެ. މީގެ ތެރޭގައި ކަސްޓަމަރުންގެ ފައިނޭންސިން، ލޮޖިސްޓިކްސް އަދި މާކެޓިން ކަންތައްތައް ކުރުމަށް ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުން ކުރަމުން އަންނަތާ އެތައް އަހަރުތަކެއް ވެއްޖެއެވެ.

ޖެނެރޭޓިވް އޭއައި އެމެރިކާގައި މަސައްކަތުގައި ބޭނުން ކުރާ މިންވަރު

ނަމަވެސް މިހާރު ވިޔަފާރީގެ ދާއިރާ ދެނެގަތުމަށް ޖެނެރޭޓިވް އޭ.އައި (އޯޕަންއޭ.އައި ކުންފުނިން ބޭނުންކުރާ އާޓިފިޝަލް އިންޓަލިޖަންސް މޮޑެލްއެއް) ބޭނުން ކުރުން މިވަނީ ތަފާތު ކަމަކަށް ވެފައެވެ. އޯޕަން-އޭ.އައި އަކީ ޗެޓްޖީޕީޓީ ތައްޔާރުކުރި ކުންފުންޔެވެ.

އާޓިފިޝަލް އިންޓަލިޖަންސްއިން ވިޔަފާރީގެ އުކުޅުތައް ދެނެގަތުމަށް ތަފާތު އެކި ސޭލްސް ޕްރޮސަސް އެއަށް ދަސްކޮށްދޭން ޖެހެއެވެ. ޖެނެރޭޓިވް އޭ.އައިއަށް މިފަދަ ގޮތްތައް ދަސްކޮށްދިން ކަމުގައިވިޔަސް ބައެއްފަހަރު އޭގެއިން ޖެނެރޭޓް ކުރާ ގޮތްތައް ރަނގަޅު ނޫންކަންވެސް ފާހަގަކޮށްލަންޖެހެއެވެ.

ވިޔަފާރީގެ ދާއިރާއަށް މި ޓެކްނޮލޮޖީގެ ޒަރިއްޔާއިން ފައިދާ ލިބޭނީ ކިހިނެއްތޯ ދެން ސުވާލު އުފެދެއެވެ.

އެޑްމިނިސްޓްރޭޓިވް މަސައްކަތް ލުއިކޮށްދިނުން

ވިޔަފާރި ކުރާ ގިނަ ކުންފުނިތަކުގެ އުނދަގޫވާ ކަމެއްގެ ތެރޭގައި ހިމެނެނީ މަސައްކަތުގައި ކުރަންޖެހޭ އެޑްމިނިސްޓްރޭޓިވް ކަންތައްތައް ގިނަވެ އުނދަގޫވުމެވެ. ވިޔަފާރި ފުޅާވާން ފެށުމުން އެ ވިޔަފާރިއެއްގެ ކަންތައްތައް ލިޔެކިއުމުން ތައްޔާރުކޮށް ތަރުތީބުކޮށް ބެހެއްޓުމަކީ މުހިންމު ކަމެކެވެ.

ނަމަވެސް ގިނަ މުވައްޒިފުން ޓްރެއިނިންގައި ނުވަތަ ޑޭޓާ އެންޓްރީކުރުމަށް ވަގުތު ހުސް ކުރުމުން ދެން ވިޔަފާރީގައި ކުރަންޖެހޭ ކަންތައްތައް އޮންނަނީ ހުއްޓުމަކަށް އައިސްފައެވެ.

ޖެނެރޭޓިވް އޭ.އައިގެ އެހީގައި ސޭލްސް މުވައްޒިފުންނަށް އީމެއިލް ތައްޔާރުކޮށް، ޕްރޮޕޯސަލްތަކަށް ރައްދު ތައްޔާރުކޮށް، ނޯޓްތައް ތަރުތީބުކޮށް ސީ.އާރު.އެމްގެ ޑޭޓާ ވަގުތުން އަޕްޑޭޓް ކޮށްލެވެއެވެ.

ސޭލްސް މުވައްޒިފުންނާއި ކަސްޓަމަރުންނާއި އޮންނަ ގުޅުން ރަނގަޅު ކުރުން

ޖެނެރޭޓިވް އޭ.އައިގެ އެހީގައި ކަސްޓަމަރުންގެ ރެކޮމެންޑޭޝަންތައް ދައްކައިދީ ސޭލްސް މުވައްޒިފުންނަށް ފަސޭހަކޮށްދެއެވެ. ކަސްޓަމަރުން އެއްޗެހި ގަންނަން ބޭނުންވާ ގޮތާއި ހަމަ އެވައްތަރު އެހެން ކަސްޓަމަރުންގެ ކުރީގެ އިންޓަރެކްޝަން ދެނެގަނެ ސޭލްސް މުވައްޒިފުންނަށް މި ރެކޮމެންޑޭޝަން ދައްކައި އަލްގޮރިދަމް ރަނގަޅުކުރުމަށް ފުރުސަތު ހޯދައިދެއެވެ.

މި އެހީގެ ސަބަބުން ސީދާ ބޭނުންވާ ކަސްޓަމަރުންނަށް ރަނގަޅު އެއްޗެހި ނުވަތަ ޚިދުމަތް ފޯރުކޮށްދިނުމަށް އެހީވެދެއެވެ.

ސޭލްސް މެނޭޖަރުންނަށް ލިބޭ އެހީ

ސޭލްސް މެނޭޖަރުންނަކީ ވަރަށް ގިނަ ވަގުތު އެކި ކަހަލަ ތަފާސް ހިސާބާއި ރިޕޯޓުތަކާއި ސޭލްސް ޕާފޮމެންސް ބަލާ ގޮތް ނިންމާ ބައެކެވެ.

މިހާރަކަށް އައިސް ގިނަ ސޭލްސް ރިޕޯޓްތައް މިވަނީ އިންޓަރެކްޓިވް އެއްޗަކަށް ވެފައެވެ. ޖެނެރޭޓިވް އޭ.އައިގެ އެހީގައި މި ރިޕޯޓުތައް އިތުރަށް ރަނގަޅުކޮށް ތަފާސް ހިސާބުތައް މާބޮޑަށްވެސް ޞައްޙަ ކުރެވިދާނެއެވެ.

ކުރިން ސޭލްސް ޕްލޭން ކުރުމަށް ހަދާ ޓާސްކުތައް އެތައް ހަފްތާއެއް ނެނގިއެވެ. މިހާރު މި ޓާސްކުތަކަކީ ގަޑިއިރެއް ތެރޭގައި ތައްޔާރު ކުރެވޭ އެއްޗަކަށް ހެދިދާނެއެވެ. އެހެންކަމުން އެކައުންޓު ސްޓްރެޓެޖީތަކާއި، ޖިއޮގްރަފީތަކަށް ސޭލްސް ހަދާނެ ގޮތާއި، ކަސްޓަމަރުންނާއި، ޕްރޮޑަކްޓްތަކަށް އިތުރު ފުރުސަތުތައް ދެނެގަނެވޭނެއެވެ.

އޭ.އައި ވެގެންދާނީ ޕްރޮޑަކްޓިވިޓީ އިތުރުކޮށްދޭ އެއްޗަކަށްބާ؟ ނުވަތަ ސޭލްސް މުވައްޒިފުން ނެތިގެންދާނެ އެއްޗަކަށްބާ؟

ގިނަ ދިރާސާތަކުން ދައްކާގޮތުގައި އޭ.އައި ޕަވާކޮށްފައިވާ ޓެކްނޮލޮޖީތައް ވެގެންދާނީ ސޭލްސް މެނޭޖަރުންގެ ޑިޖިޓަލް އެސިސްޓަންޓަކަށެވެ. ޖެނެރޭޓިވް އޭ.އައި މިހާރުވެސް ކޮޕީރައިޓަރުންނަށް އެމީހުންގެ ޑްރާފްޓް ލިއުންތައް ލިއުމަށް އެހީވެދީ ކޮމްޕިއުޓާ ޕްރޮގްރާމަރުންނަށް އެމީހުންގެ ކޯޑު ލިޔުމަށްވެސް އެހީވެދެއެވެ.

އެހެންކަމުން އެމީހުންގެ ޕްރޮޑަކްޓިވިޓީ 50 އިންސައްތައަށް އިތުރުވެގެންދެއެވެ. މިއީ ސޭލްސް މުވައްޒިފުންނަށްވެސް ހަމަ މިފަދަ އެހީއަކަށް ވެގެންދާނެއެވެ.

އޭ.އައި މިހާރުވެސް ކަސްޓަމަރުންނަށް "ސެލްފް-ސާވިސް" ދިނުމަށް އަތްގާތްކޮށްދީ ކޮންސިއުމަރުންނަށް ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި ޕްރޮޑަކްޓާއި ހިދުމަތްތައް ހޯދުމަށް ފަސޭހަކޮށްދެއެވެ.

އެންމެ ކޮމްޕްލެކްސް ވިޔަފާރިތަކުގައިވެސް ޑިޖިޓަލް ވަރަށް މުހިންމު ރޯލެއް އަދާކޮށް ލީޑް ޖެނެރޭޓްކޮށް، ޕްރޮޑަކްޓާއި ބެހޭ މަޢުލޫމާތުތައް ޙިއްޞާކުރުމަށް އެހީވެދީ ޕްލޭސްމެންޓަށް އެހީވެދެއެވެ.

އެކި ޖެނެރޭޝަންތަކުން ޖެނެރޭޓިވް އޭއައި ބޭނުންކުރާ މިންވަރު

ޑިޖިޓަލް އަދި އިންސައިޑް ސޭލްސްއިން ވަރަށް ގިނަ ޓާސްކުތައް މިހާރުވެސް ކުރަމުންދެއެވެ. މިއީ ކުރިން ސޭލްސް މުވައްޒިފުން ކުރަމުންދިޔަ މަސައްކަތެވެ.

ފާހަގަކޮށްލެވެނީ އައު އަދި އުނދަގޫވެދާނެ ވިޔަފާރީގެ ގޮތްތަކަކީ އަދިވެސް ސޭލްސް މުވައްޒިފުންނަށް ކުރެވޭނެ މަސައްކަތްތަކެވެ. މިސާލަކަށް ކަސްޓަމަރަކަށް ޚާއްޞަކޮށް ޓެއިލާކޮށްފައިވާ ސޮލިއުޝަންތަކާއި ކޮމްޕްލެކްސް ވިޔަފާރިތަކުގެ އެއްޗެހި ނުވަތަ ޚިދުމަތް ގަތުމަކީ އަދިވެސް ސޭލްސް މުވައްޒިފުންގެ އެހީގައި ކުރެވޭނެ ކަންތައްތަކެވެ.

އޭ.އައިއިން ވަރަށް ގިނަ ޓާސްކުތައް ނަގައި ކުދިކުދި ކަންތައްތަކަށް ފަސޭހަކޮށްދޭނެއެވެ. ހަމައެއާއެކު، އޭ.އައި ޓެކްނޮލޮޖީ ވިއްކާ ކުންފުނިތަކުން ބޮޑެތި ސޭލްސް ފޯސްތަކެއް އުފައްދައި ކުރިއަށް އޮތް ބޮޑެތި އަދި ކޮމްޕްލެކްސް ފުރުސަތުތައް އަތުލުމަކީވެސް ވެގެން ހިގައިދާނެ ކަމެކެވެ.


ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.