އެޕަލް އިން ފުރަތަމަ ފަހަރަށް އައިއޯއެސް އަދި މެކޯސް ރެޕިޑް ސެކިއުރިޓީ ރެސްޕޮންސް ފީޗާ ބޭނުންކޮށްފިއެވެ.
މިދިޔަ ޖޫންމަހު ބޭއްވި އެޕަލްގެ ވޯލްޑްވައިޑް ޑިވެލޮޕާސް ކޮންފަރެންސްގައި އައިއޯއެސް 16، އައިޕެޑް އޯއެސް 16 އަދި މެކްއޯއެސް ވެންޗޫރާ އިއުލާނު ކުރިއިރު އެޕަލް އިން ތައާރަފުކުރި އެއް ފީޗާއަކީ "ރެޕިޑް ސެކިއުރިޓީ ރެސްޕޮންސް" ނަމަކަށް ކިޔާ ފީޗާއެކެވެ. މި ފީޗާއަކީ އެޕަލްގެ އެންމެ އާ އޮޕަރޭޓިން ސިސްޓަމްތަކަށް، ހާއްސަކޮށް ސަފާރީ އާއި އެޕަލްގެ ބިލްޓް-އިން ބްރައުޒާ އިންޖީނު ބޭނުންކުރާ އެހެނިހެން އެޕްލިކޭޝަންތަކަށް އަސަރުކުރާ ވެބްކިޓާ ގުޅުން ހުރި ގޯސްތަކަށް އަވަސް އަދި ގިނަގިނައިން ސެކިއުރިޓީ ޕެޗްތައް ހެދުމުގެ މަގުސަދުގައި އުފައްދާފައިވާ ފީޗާއެކެވެ.
އެންމެފަހުން ބޭއްވި ޑަބްލިއުޑަބްލިއުޑީސީއަށް ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ފަހުން އަދި ސެޕްޓެމްބަރު މަހު އައިއޯއެސް 16 ނެރުނުތާ ހަތް މަހަށް ވުރެ ގިނަ ދުވަސް ފަހުން އެޕަލް އިން ވަނީ ރެޕިޑް ސެކިއުރިޓީ ރެސްޕޮންސް އަޕްޑޭޓެއް ނެރެފައެވެ. އައިއޯއެސް އަދި އައިޕެޑްއޯއެސް ޑިވައިސްތައް ރަން ކުރާ ވާޝަން 16.4.1 ނުވަތަ މެކްސް ރަނިން ވާޝަން 13.3.1 އަށް ލިބެން ހުންނާނެ މި އަޕްޑޭޓްގައި އިންސްޓޯލްކޮށްފައިވާކަން އަންގައިދޭ އޯއެސް ވާޝަނެއް އިތުރުކުރެ އެވެ.
މި ސެކިއުރިޓީ ރެސްޕޮންސް އަޕްޑޭޓުން ޕެޗްކޮށްފައިވާ ވަކި ބަގްތަކާ ބެހޭ އިތުރު މައުލޫމާތު އެޕަލް އިން ނެރުމުގެ ވިސްނުން ގެންގުޅޭ ކަމެއް ނުވަތަ ނޫން ކަމެއް މިވަގުތު ސާފެއް ނުވެއެވެ. އެޕަލްގެ ސަޕޯޓް ޕޭޖްގައި ރެޕިޑް ސެކިއުރިޓީ ރެސްޕޮންސް އަޕްޑޭޓްތަކާއި އެ އަޕްޑޭޓްތައް މަސައްކަތްކުރާ ގޮތުގެ އާންމު ތަފްސީލެއް ދީފައިވާއިރު، މިފީޗާއާއި ގުޅިގެން އިތުރު އަޕްޑޭޓެއް އަންނާނެ ކަމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ.
އައިއޯއެސް 16.4 ގެ ބީޓާ މަރުހަލާގެ ތެރޭގައި އައިއޯއެސް އަދި މެކްއޯއެސް ބީޓާ ބޭނުންކުރާ ފަރާތްތަކަށް އެޕަލް އިން މީގެ ކުރިން ރެޕިޑް ސެކިއުރިޓީ ރެސްޕޮންސްގެ ގިނަ އަޕްޑޭޓްތަކެއް ނެރެފައިވީ ނަމަވެސް މިއަދާ ހަމައަށް ވެސް އެޕަލް އިން އާންމުންނަށް އެ އަޕްޑޭޓް ނެރެފައެއް ނުވެ އެވެ. ބީޓާ ބޭނުންކުރާ ފަރާތްތަކަށް ދޫކުރާ އަޕްޑޭޓްތަކަކީ މާނަހުރި ސެކިއުރިޓީ ޕެޗްތައް އެޕްލައި ކުރުމުގެ ބަދަލުގައި ހަމައެކަނި އަޕްޑޭޓް މެކޭނިޒަމް ޓެސްޓު ކުރުން ކަމަށް ވެދާނެ އެވެ.
ރެޕިޑް ސެކިއުރިޓީ ރެސްޕޮންސް ފީޗަރގެ ސަބަބުން އައިއޯއެސް އާއި މެކްއޯއެސްގައި ހުންނަ އެންކްރިޕްޓެޑް ސީލްޑް ސިސްޓަމް ވޮލިއުމްތައް އާންމުގޮތެއްގައި މަސައްކަތްކުރާ ގޮތް ވަރަށް ބޮޑަށް ބަދަލުވެގެން ދެއެވެ. ކުރީގެ އޯއެސް ވާޝަންތަކުގައި ހުރިހާ ސިސްޓަމް ފައިލްތަކެއް ހުންނަނީ ސައިން ކޮށް ސިސްޓަމް ވޮލިއުމް (އެސްއެސްވީ) ގައި ކަމަށްވާއިރު، ފައިލްތަކަށް އަންނަ ކޮންމެ ބަދަލެއްގެ ސަބަބުން މުޅި ސިސްޓަމް ވޮލިއުމް ސްނެޕްޝޮޓެއްގެ ގޮތުގައި ލޯޑްކޮށް، ޕެޗްކޮށް، ރީސީލްކޮށް، ދެން ޑިވައިސް ރީބޫޓްކުރާ އިރު ލޯޑް ކުރަން ޖެހެއެވެ.
މި ސެޓަޕްގެ ސަބަބުން ސިސްޓަމް ފައިލްތައް ޓެމްޕަރިން އިން ރައްކާތެރިކޮށްދޭ އިރު، އޭގެ ނޭދެވޭ ކަންތައްތަކުގެ ތެރޭގައި އަޕްޑޭޓް ޑައުންލޯޑް ސައިޒް ބޮޑުކުރުމާއި، އަޕްޑޭޓް ކުރާ ވަގުތުތައް ދިގުވުމާއި، މަޖުބޫރު ރީބޫޓްތައް ހިމެނެއެވެ. އައިއޯއެސް 16 އަދި މެކްއޯއެސް ވެންޗޫރާ އަޕްޑޭޓްތަކުން އެސްއެސްވީގެ ބޭރުގައި ހުރި ބައެއް ސިސްޓަމް ފައިލްތައް އެންކްރިޕްޓެޑް ނަމަވެސް ކުދި އަދި އެސްއެސްވީގެ ކޮމްޕާޓްމެންޓަލައިޒްޑް އެކްސްޓެންޝަނަށް ބަދަލުކުރެ އެވެ. މި "ކްރިޕްޓެކްސް" އަކީ މައި އެސްއެސްވީ އަށް ބަދަލު ނުގެނެސް އަޕްޑޭޓް ކުރެވޭނެ އެއްޗެކެވެ.
ތިބާ ބޭނުންވެއްޖެނަމަ ރެޕިޑް ސެކިއުރިޓީ ރެސްޕޮންސް އަޕްޑޭޓްތައް ޑިސޭބަލް ކުރެވޭނެއެވެ. އަދި އެހެނިހެން ބާވަތްތަކުގެ އައިއޯއެސް އަދި މެކްއޯއެސް އަޕްޑޭޓްތައް ޑައުންލޯޑްކޮށް އިންސްޓޯލް ކުރުމަށް ޓަކައި ސެޓިންތަކަށް ބަދަލު ގެނައުމަކާ ނުލައިވެސް ޑިސޭބަލް ކޮށްލެވޭނެ އެވެ. އަދި އިންސްޓޯލްމަންޓަށް ފަހު އަޕްޑޭޓްތައް ވެސް ނައްތާލެވޭނެ އެވެ.
ރެޕިޑް ސެކިއުރިޓީ ރެސްޕޮންސް އަޕްޑޭޓްސް އެނެބަލްކޮށް ޑިސެބަލް ކުރާނެ ގޮތް
ރެޕިޑް ސެކިއުރިޓީ ރެސްޕޮންސް އަޕްޑޭޓްތައް އައިއޯއެސް 16.2، އައިޕެޑްއޯއެސް 16.2، އަދި މެކްއޯއެސް 13.2 ނުވަތަ އޭގެ ފަހުގެ ހުރިހާ ޑިވައިސްތަކެއްގައިވެސް ލިބެން ހުރެއެވެ. ޑިފޯލްޓްކޮށް އެޕަލް އިން މި އަޕްޑޭޓްތައް ޑިވައިސްގައި އެނެބަލް ކުރި ނަމަވެސް ތިމާ އިސްކަންދޭ ގޮތަށް އެ އަޕްޑޭޓްތައް އެނެބަލް ނުވަތަ ޑިސެބަލް ކުރެވޭނެ އެވެ.
އައިފޯނާއި އައިޕެޑްގައި ރެޕިޑް ސެކިއުރިޓީ ރެސްޕޮންސް އަޕްޑޭޓްސް އެނެބަލް ކުރާނެ ގޮތް
އައިއޯއެސް އަދި އައިޕެޑްއޯއެސްގައި ސެޓިންގސް އެޕް އިން ރެޕިޑް ސެކިއުރިޓީ ރެސްޕޮންސް އަޕްޑޭޓްތައް އޮން ކުރެވޭނެއެވެ. އެކަން ކުރުމަށްޓަކައި މި ސާދާ އިރުޝާދުތަކަށް ތަބާވާށެވެ:
1. އައިފޯން ނުވަތަ އައިޕެޑްގައި ސެޓިންގސް އެޕް ހުޅުވާލާށެވެ.
2. ޖެނެރަލް > ސޮފްޓްވެއަރ އަޕްޑޭޓް އަށް ވަންނާށެވެ.
3. އޮޓޮމެޓިކް އަޕްޑޭޓްސް އަށް ފިތާލާށެވެ.
4. ސެކިއުރިޓީ ރެސްޕޮންސް އެންޑް ސިސްޓަމް ފައިލްސް ގެ ކައިރީގައިވާ ޓޮގްލް އޮން ކުރާށެވެ.
އޮޓޮމެޓިކް އަޕްޑޭޓްސް ގައި ސެކިއުރިޓީ ރެސްޕޮންސް އަދި ސިސްޓަމް ފައިލްސް އޮޕްޝަން އެނެބަލް ކުރުމުން އައިފޯނާއި އައިޕެޑްގައި ރެޕިޑް ސެކިއުރިޓީ ރެސްޕޮންސް އަޕްޑޭޓްތައް ލިބޭނެ އެވެ. އެހެންނަމަވެސް މަތީގައިވާ ޕްރޮސެސްއަށް ތަބާވެގެން ނަމަވެސް ސެކިއުރިޓީ ރެސްޕޮންސް އެންޑް ސިސްޓަމް ފައިލްސްގެ ކައިރީގައިވާ ޓޮގްލް އޮން ކުރުމުގެ ބަދަލުގައި ނިއްވާލައިގެން އެކަންކަން ޑިސެބިލް ކުރެވިދާނެއެވެ.
އައިއޯއެސް، 16 އަށް ނުވަތަ މެކްއޯއެސް 13 އަށް މި އަޕްޑޭޓް އެޕްލްއިން ފޮނުވިޔަސް އޭގެ ދަށް ވާޝަންތަކުން ފަހަރެއްގައި މެނުއަލްކޮށް ޑައުންލޯޑްކުރަން ޖެހުމަކީވެސް އެކަށީގެންވާ ކަމެކެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.