ގޫގަލް ޕިކްސެލް ފޯލްޑް އަންނަނީ!

ގޫގަލްގެ ޑިވެލޮޕަރުންގެ ކޮންފަރެންސް، ގޫގުލް އައި/އޯ 2023 އަންނަ ހަފުތާގައި ކެލިފޯނިއާގެ މައުންޓަން ވިއުގައި ހުންނަ އެ ކުންފުނީގެ ހެޑްކުއާޓަރުގައި ބާއްވަން ނިންމައިފިއެވެ. އަހަރީ އިވެންޓުގެ ކުރިން އެ ކުންފުނިން ވަނީ އެ ކުންފުނީގެ ފޯލްޑަބަލް ޑިސްޕްލޭ ސްމާޓްފޯން، އެއީ ގޫގަލް ޕިކްސެލް ފޯލްޑްގެ ފުރަތަމަ ރަސްމީ މަންޒަރެއް ޓްވިޓާގައި ޝެއާކޮށްފައިވާ ކުރު ވީޑިއޯއެއްގެ ސިފައިގައި އަޅުގަނޑުމެންނަށް ފޯރުކޮށްދީފަ އެވެ.

ގޫގަލްގެ އޮފިޝަލް "މޭޑް ބައި ގޫގުލް" ޓްވިޓަރ ހޭންޑަލް މެދުވެރިކޮށް ޝެއާކުރި އަށް ސިކުންތުގެ މި ވީޑިއޯއިން ޕިކްސެލް ފޯލްޑް ފެންނާނީ ކިހިނެއްކަން ވަރަށް ތަފްސީލުކޮށް ކިޔައިދެއެވެ. މި ވީޑިއޯ އަކީ ދާދި ފަހުން އޮންލައިންކޮށް ލީކުވި ޑިވައިސްގެ އޮފިޝަލް ލުކިން އިމޭޖް ބޭސްޑް ރޭންޑާތަކާ އެއްގޮތް ވީޑިއޯއެކެވެ. މީގެ އިތުރުން ސޯޝަލް މީޑިއާގައި އެތައް އަހަރެއް ވަންދެން ފެތުރެމުން އަންނަ ވާހަކަތަކާއި ރިޕޯޓްތައް ވެސް މި ވީޑިއޯއިން ކަށަވަރުކޮށްދެ އެވެ.

ގޫގުލް އިން ހިއްސާކުރި ވީޑިއޯއިން ފެންނަ ގޮތުގައި ކުރިއަށް އޮތް ޕިކްސެލް ފޯލްޑްގައި ހުންނާނީ ޕޮލިޝްކޮށްފައިވާ އެލުމިނިއަމް ޗެސިސްއަކާ އެކު ބިއްލޫރި ބޮޑީއެކެވެ. އެ ކުންފުނިން މިދިޔަ އަހަރު ތައާރަފްކުރި ޕިކްސެލް 7 ސީރީޒްގެ ސްމާޓްފޯނުތަކާ އެކު އެ ކުންފުނީގެ އޯވަރޯލް ޑިޒައިން އެސްތެޓިކްސް ހިއްސާ ކުރާނެ އެވެ. އޭގެ މާނައަކީ އެލްއީޑީ ފްލޭޝްއަކާ އެކު ޓްރިޕަލް ކެމެރާއެއް ހުންނާނެ ހޮރިޒަންޓަލީ ސްޓޭކްޑް މެޓަލިކް ކެމެރާ މޮޑިއުލްއެއް ލިބޭނެ އެވެ. އަދި މީގެ އިތުރުން މިދިޔަ އަހަރު ޕިކްސެލް 7 ޕްރޯ ސްމާޓްފޯނުތަކުން ފެނުނު ފަދަ ފަހަތު ކެމެރާގެ ގާބިލުކަން ގޫގުލްގައި ހިމެނުމަކީ އެކަށީގެންވާ ކަމެކެވެ.

އެ ކުންފުނިން ހިއްސާކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ޕިކްސެލް ފޯލްޑް ހުޅުވާލާއިރު، ކަނާތްފަރާތުގައި ހުންނަ ޓޮޕް ބެޒެލްގެ އެތެރޭގައި އެއް ކެމެރާއާއި އެހެނިހެން ސެންސަރުތަކެއް ހުންނާނެއެވެ. މީގެ އިތުރުން ޕިކްސެލް ފޯލްޑް އަންނާނީ އެ ކުންފުނީގެ ހުރިހާ އުފެއްދުންތަކަކާއި ހިދުމަތެއްގައި ޕްރޮމޯޓް ކުރަމުން އަންނަ ސޮފްޓްވެއާތަކަށް ބަލާއިރު ޔޫ ޑިޒައިން އެސްތެޓިކްސް ޑިޒައިން ކުރާ މެޓީރިއަލްއަކާ އެކު ކަން ވީޑިއޯއިން އެނގެ އެވެ.

ޕިކްސެލް ފޯލްޑް ވެސް ވަނީ ގޫގަލް ސްޓޯރުގައި ލިސްޓުކޮށްފަ އެވެ. ނަމަވެސް މި ލިސްޓުގައި ކުރިއަށް އޮތް ސްމާޓްފޯނާ ބެހޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

ގޫގަލް ޕިކްސެލް ފޯލްޑްއާ ބެހޭ ގޮތުން މިހާތަނަށް އެނގެނީ ކޮންއެއްޗެއް:

ޕިކްސެލް ފޯލްޑް ޑިޒައިން:

ކުރިން ވެސް ދެންނެވި ފަދައިން ގޫގަލް އިން ހިއްސާކުރި ވީޑިއޯއަކީ އޮފިޝަލް ލުކިން ރޭންޑާތަކާއި ސޯޝަލް މީޑިއާގައި މިހާރު އެތައް އަހަރެއް ވަންދެން ދައުރުވަމުންދާ ރިޕޯޓްތަކާ އެއްގޮތް ވީޑިއޯއެކެވެ.

ދާދި ފަހުން "ޓިޕްސްޓާ އިވާން ބްލާސް" ވަނީ ޕިކްސެލް ފޯލްޑްގެ ތަފްސީލީ ފޮޓޯތައް ޓްވިޓަރގައި ހިއްސާކޮށްފައެވެ. މި ފޮޓޯތަކުން ކުރިއަށް އޮތް ޕިކްސެލް ފޯލްޑް ، ފޯލްޑް ކުރާއިރު އަދި އަންފޯލްޑް ކުރާއިރު ފެންނާނެ ގޮތުގެ ތަފްސީލީ މަންޒަރެއް ލިބެ އެވެ. ޓިޕްސްޓާ އިން ހިއްސާކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ޕިކްސެލް ފޯލްޑް އަންނާނީ ނޯޓްބުކް ސްޓައިލްގެ ފޯލްޑިން ޑިޒައިނަކާއެކު ކަމަށްވާއިރު، އެ ފޯނުގެ ކަނާތު ޗެސިސްގައި ޕަވާ ބަޓަނާއި ވޮލިއުމް ކީ ހުންނާނެއެވެ. ފޯނު ފޮލްޑް ކުރާއިރު އެންމެ މަތީ މެދު ބައިގައި ޕަންޗް ހޯލް ކެމެރާއަކާ އެކު ފުލް ސްކްރީން ޑިސްޕްލޭއެއް ހުންނާނެ އެވެ.

ޕިކްސެލް ފޯލްޑްގެ ސްޕެސިފިކޭޝަންތައް:

ސްޕެސިފިކޭޝަންތަކަށް ބަލާއިރު، ޕިކްސެލް ފޯލްޑް، ފޯލްޑް ކުރުމުން ސައިޒަކީ 139.7 މިލިމީޓަރު x 79.5 މިލިމީޓަރު x 12.1 މިލިމީޓަރު ކަމަށް ޓިޕްސްޓާ އިން ވަނީ ބުނެފައެވެ. އަދި އެފޯނު ހުޅުވާލުމުން ނުވަތަ އަންފޯލްޑް ކުރުމުން 5.5 އިންޗީގެ x 6.2 އިންޗި x 0.2 އިންޗި ހުންނާނެއެވެ. އޭގެ ބަރުދަނުގައި 283 ގްރާމްއެވެ.

ޕިކްސެލް ފޯލްޑްގައި އަންފޯލްޑް ކުރާއިރު 7.6 އިންޗީގެ ޑިސްޕްލޭއެއް އަދި ފޯލްޑް ކުރާއިރު 5.79 އިންޗީގެ ޑިސްޕްލޭއެއް ހުންނާނެ ކަމަށް ޓިޕްސްޓާ ޖޯން ޕްރޮސަރ ބުނެފައިވާއިރު، މި ސްކްރީން އުފައްދާފައިވަނީ އަލްޓްރާ ތުނި ބިއްލޫރިންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ފޯނުގައި 9.5 މެގަޕިކްސެލްގެ ޑުއަލް ޕިކްސެލް ކެމެރާއެއް ހިމެނޭއިރު، 1.22 π އެމް ޕިކްސެލް، β/2.2 އެޕާޗާ އަދި ފޯލްޑް ކުރާއިރު ކުރިމަތީގައި 84 ޑިގްރީގެ ފީލްޑް އޮފް ވިއު ހުންނާނެ އެވެ. އޭގެ ތެރޭގައި ޕިކްސެލް ފޯލްޑްގައި 8 މެގަޕިކްސެލްގެ ކެމެރާއެއް ހުންނާނެ ކަމަށާއި އޭގެ ތެރޭގައި 1.12 β އެމް ޕިކްސެލް، β/2.0 އެޕާޗާ އަދި 84 ޑިގްރީގެ ފީލްޑް އޮފް ވިއު ހިމެނެ އެވެ. ފަހަތު ކެމެރާ ސެޓަޕްގެ ތަފްސީލެއް އަދި ސާފެއް ނުވެ އެވެ.

މީގެ އިތުރުން ކުރިއަށް އޮތް ޕިކްސެލް ފޯލްޑްގައި ގޫގަލްގެ ޓެންސަރ ޖީ2 ސިސްޓަމް އޮން ޗިޕް (އެސްއޯސީ) ބޭނުންކޮށްގެން 24 ގަޑިއިރަށް ދެމިގެންދާނެ ބެޓެރީއެއް ހުންނާނެ ކަމަށް ބެލެވެއެވެ. އަދި 256 ޖީބީ އަދި 512 ޖީބީ ސްޓޯރޭޖް ވޭރިއަންޓްތަކުން ލިބެން ހުންނާނެއެވެ. މީގެ އިތުރުން ސައިޑް މައުންޓެޑް ފިންގަޕްރިންޓް ސެންސަރަކާއި އައިޕީއެކްސް8 ވޯޓާ ރެސިސްޓެންޓް ސެޓިފިކޭޝަނާއި ޔޫއެސްބީ ޓައިޕް-ސީ 3.2 ޖެން 2 ޕޯޓް ވެސް ހުންނާނެ އެވެ.

ޕިކްސެލް ފޯލްޑް ކުލަތައް:

އީވާން ބްލާސްގެ އެހެން ރިޕޯޓެއްގައިވާ ގޮތުން މި ފޯނުގެ ކުލަތަކަށް ބަލާއިރު، އޮބްސިޑިއަން އަދި ޕޯސިލޭން ކުލަ ވޭރިއަންޓްތަކުގަ އި ނެރޭނެ ކަމަށް ބެލެވެއެވެ.

ޕިކްސެލް ފޯލްޑްގެ އަގުތަކާއި، އަދި ލިބެން ހުންނާނެ ގޮތް:

އަގަށް ބަލާއިރު، 9ޓޫ5 ގޫގުލް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕިކްސެލް ފޯލްޑް 1،799 ޑޮލަރު ލިބެންހުންނާނެއެވެ. މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ގޫގުލް ސްޓޯރުން، އަދި ޕާޓްނަރުންނާއި ކެރިއަރުންގެ އަތުން މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން ޕްރީ އޯޑަރަށް ލިބޭނެ ކަމަށް ބެލެވެ އެވެ. މި ޑިވައިސް އަންނަ ޖޫން މަހުގެ 27 ވަނަ ދުވަހުން ފެށިގެން ބައެއް މާކެޓްތަކުން ގަންނަން ލިބޭނެ ކަމަށްވެސް ބެލެވެ އެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.