މައިކްރޯސޮފްޓަށްވެސް ހައްލުނުވި ބަގް ތަކެއް ވިންޑޯސް 11ގައި!

މައިކްރޮސޮފްޓަށްވެސް ހައްލު ނުހޯދުނު ބަގްތަކެއް ވަނީ ވިންޑޯޒް 11 ގެ ބައެއް ވާޝަންތަކުން ފެނިފައެވެ. އަދި އެ މައްސަލަތަކަށް ހައްލެއް ނުލިބޭކަން ގަބޫލުކޮށް އެކުންފުނިންވަނީ އެކަމަށް އިއުތިރާފުވެފައެވެ.

ނިއޯވިން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ވިންޑޯޒް 11 އަދި ވިންޑޯޒް 10 ބޭނުންކުރާ ބައެއް މީހުންނަށް ސްޓާޓް މެނޫ އާއި ވިންޑޯޒް ސާޗް ބާ އަދި ބައެއް ޔުނިވާސަލް ވިންޑޯޒް ޕްލެޓްފޯމް (ޔޫޑަބްލިއުޕީ) އެޕްލިކޭޝަންތައް ފެށުން ނުވަތަ ރަނގަޅަށް މަސައްކަތް ކުރުމަށް ހުރަސް އަޅާ ބަގެއް ވަނީ ފެނިފަ އެވެ.

މައިކްރޮސޮފްޓް އޮފީސް އެޕްތަކާ ގުޅުން ހުރި ކްރޭކްޑް ރަޖިސްޓްރީ ކީ ތަކާއި ޑޭޓާތަކާއި އޮފީސް ސޮފްޓްވެއާއާއި ވިންޑޯޒް އަދި އައުޓްލުކް އާ ގުޅިފައިވާ އެޕްލިކޭޝަންތަކާ މި ބަގްތައް އެއްގޮތްވާ ކަމަށް ބެލެވެ އެވެ.

މިކަމާ ގުޅޭ ގޮތުން މައިކްރޮސޮފްޓްގެ "ހެލްތް" ވެބްޕޭޖުގައި މައިކްރޮސޮފްޓުން ބުނެފައި ވަނީ "ވިންޑޯސް ސާޗް، އަދި ޔުނިވާސަލް ވިންޑޯޒް ޕްލެޓްފޯމް (ޔޫޑަބްލިއުޕީ) އެޕްލިކޭޝަންތައް އުއްމީދުކުރި ގޮތަށް މަސައްކަތް ނުކުރެވިދާނެ ކަމަށާއި ނުވަތަ ހުޅުވުމުގައި މައްސަލަތަކެއް ދިމާވެދާނެ" ކަމަށާއި ދާދި ފަހުން ނެރުނު އަޕްޑޭޓެއްގައި އެ އެޕްލިކޭޝަނުން އެ މައްސަލައަށް ވޯކްއަރައުންޑެއް ފޯރުކޮށްދީފައި ވާނެކަމަށެވެ.

ވަކި ފިކްސްއެއް ނެތުމަކީ މާޔޫސްކުރުވަނިވި ކަމެއް ނޫން ކަމަށާއި ވޯކްއައުންޑް މާ ބޮޑު ނޫން ކަމަށާއި މައިކްރޮސޮފްޓުން ބުނެފައި ވަނީ "މި މައްސަލަ ކުޑަކުރުމަށް ޓަކައި ވިންޑޯޒް، މައިކްރޮސޮފްޓް އޮފީސް، މައިކްރޮސޮފްޓް އައުޓްލުކް ނުވަތަ އައުޓްލުކް ކަލަންޑަރާ ގުޅިފައިވާ އެޕްލިކޭޝަންތައް އަންއިންސްޓޯލް ކުރެވިދާނެ" ކަމަށެވެ.

މައިކްރޯސޮފްޓްގެ މިވާހަކަތަކުން މައިގަނޑު ގޮތެއްގައި އެނގެނީ މައިކްރޮސޮފްޓުން ވެސް މި މައްސަލަ ހައްލުކުރުމަށް އެކަށީގެންވާ ހައްލެއް ހޯދައިދެވިފައިނުވާ ކަމެވެ. އެހެންކަމުން މިކަމުން ސަލާމަތްވުމަށް އޮތް ހަމައެކަނި ގޮތަކީ އެޕްލިކޭޝަންތައް އަންއިންސްޓޯލް ކުރަން ފެށުން ކަމަށް ގިނަބަޔަކަށް މިވަނީ ޤަބޫލުކުރެވިފަވެ. ނަމަވެސް މައްސަލަ ދިމާވާ އެއްވެސް އެޕްލިކޭޝަނަކަށް ބަރޯސާވާ މީހުންނަށް މިއީ މާ ރަނގަޅު ހައްލަކަށް ނުވާއިރު، އެ އެޕްލިކޭޝަންތައް އަންއިންސްޓޯލް ކުރުމަކީ އެކަށީގެންވާ ގޮތެއް ކަމަށް ނުވެދާނެއެވެ.

މައިކްރޮސޮފްޓުން ބުނަނީ ރިޒޮލިއުޝަނެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެންކަމުން އަޅުގަނޑުމެން އުއްމީދު ކުރަނީ އެއްވެސް އެޕްލިކޭޝަނެއް އަންއިންސްޓޯލް ނުކޮށް މައްސަލަ ހައްލުކޮށްދޭނެކަމަށެވެ. އެހެންނަމަވެސް، ކަންބޮޑުވާ ކަމަކީ، ވިންޑޯޒް 11 އަދި ވިންޑޯޒް 10، މިއީ ވިންޑޯޒްގެ އެންމެ ފަހުގެ ވާޝަންއަށްވާއިރު، އަދި މިކަން މިހާ ބޮޑު މައްސަލައަކަށް ވެގެންގޮސްފައި ވާއިރު، މައިކްރޮސޮފްޓަށް އެކަން ހަމައަކަށް ނޭޅުވި ގިނަދުވަސްތަކެއް ވަމުން ދާތީއެވެ.

ވިންޑޯޒް 11 ފަދަ އޮޕަރޭޓިން ސިސްޓަމްތަކަކީ ހާޑްވެއާ އާއި ސޮފްޓްވެއާގެ ތަފާތު ކޮމްބިނޭޝަންތަކާ އެކު މަސައްކަތް ކުރަން ޖެހޭ ސޮފްޓްވެއާތަކުގެ ކޮމްޕްލިކޭޓެޑް ބައިތަކަކަށް ވާއިރު، މިކަމުގެ ސަބަބުން މައިކްރޮސޮފްޓަށް އަދިވެސް އެކަން ކުޑައެއް ނުވާނެ އެވެ. މީގެ އިތުރުން އެކުންފުނީގެ ކުރިއަށް އޮތް ވާޝަން ވިންޑޯޒް 12 އާ މެދު މާބޮޑު ކޮންފިޑެންސެއް ނުލިބޭކަމަށް ވަނީ އަޑުފެތުރިފައެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.