އެންޑްރޮއިޑް އަދި ވެއާ އޯއެސް ޑިވައިސްތަކަށް އާ ފީޗާތަކެއް!

އަޙްމަދު ދާއޫދު 02 ޖޫން 2023

އެންޑްރޮއިޑް ސްމާޓްފޯނާއި ޓެބްލެޓްތަކަށް ގޫގުލް އިން އާ ފީޗާތަކެއް ތައާރަފްކޮށްފި އެވެ. އަދި ވެއާ އޯއެސް ބޭސްޑް ސްމާޓްވޮޗްތަކަށް އާ ފީޗާތަކެއް ވެސް އެ ކުންފުނިން ވަނީ ތައާރަފުކޮށްފަ އެވެ. މި ފީޗާތަކުގެ ސަބަބުން ސްމާޓްފޯނާއި ޓެބްލެޓް އަދި ސްމާޓްވޮޗް ފަދަ މޮބައިލް ޑިވައިސްތަކުގެ މަޖާކަމާއި އުފެއްދުންތެރިކަމާއި ރައްކާތެރިކަން އިތުރުކޮށްދެ އެވެ. އޭގެ ތެރެއިން ބައެއް ފީޗާތައް ފާއިތުވި ހަފުތާތަކުގައި ވަނީ ލީކުވެފަ އެވެ.

ސެމްސަންގްގެ ގެލެކްސީ ސްމާޓްފޯނާއި ޓެބްލެޓްތަކަށް މި ފީޗާތައް ނެރޭއިރު ވެއާ އޯއެސްއާ ގުޅުން ހުރި ފީޗާތައް ގެލެކްސީ ވޮޗް 4 އަދި ގެލެކްސީ ވޮޗް 5 އިން ލިބެން ހުންނާނެ އެވެ.

1. ކިޔުމުގެ ޕްރެކްޓިސް މެދުވެރިކޮށް ކިޔެވުމުގެ ހުނަރު އިތުރުކުރުން:

ރީޑިން ޕްރެކްޓިސް ފީޗާގެ ސަބަބުން ދޭހަ އާއި ވޮކަބްލަރީ ސްކިލްސް ރަނގަޅުކޮށްދެ އެވެ. ކުޑަކުދިންނަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ މި އާ ފީޗާ ގޫގުލް ޕްލޭ ބުކްސްގައި ހުންނަ ކުޑަކުދިންގެ އީބުކްސްގައި ވެސް ހިމެނެ އެވެ.

ފޮތެއްގައި ވާ "ޕްރެކްޓިސް" ބެޖް ފެނުމުން ރިއަލް ޓައިމް ފީޑްބެކް ލިބުމާއި، އޮޅުވާލައިގެން ލިޔެފައިވާ ބަސްތައް ޕްރެކްޓިސްކޮށް، ކިޔެވުމުގެ ހުނަރު ރަނގަޅުކުރެވޭނެ އެވެ. އެންޑްރޮއިޑް ފޯނުތަކާއި ޓެބްލެޓްތަކުން ވެސް މި ފީޗާ މިހާރު ލިބެން ހުންނާނެ އެވެ.

2. ގޫގުލް ފައިނޭންސް، ގޫގުލް ނިއުސް، ގޫގުލް ޓީވީއަށް ފޯނާއި ޓެބްލެޓުން އާ ވިޖެޓްތަކެއް:

ގޫގުލް އިން ވަނީ ފުރަތަމަ ޕާޓީގެ އާ ތިން ވިޖެޓް ކަމަށްވާ ފައިނޭންސް ވޮޗްލިސްޓް، ގޫގުލް ނިއުސް އަދި ގޫގުލް ޓީވީ ވެސް އިއުލާނުކޮށްފަ އެވެ. މި ވިޖެޓްތައް ލީކުވެފައި ވަނީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. ވެއާ އޯއެސް ސްމާޓްވޮޗްތަކަށް ގޫގުލް އިން ސްޕޮޓިފައިއަށް އާ ޓައިލް އަދި ޝޯޓްކަޓެއް ތައާރަފްކޮށް، ފޭވަރިޓް މިއުޒިކާއި ޕޮޑްކާސްޓްތަކަށް ވަގުތުން އެކްސެސް ލިބޭނެ އެވެ.

3. ވެއާ އޯއެސް އަށް ގޫގުލް ކީޕް އެންޑް ސްޕޮޓިފައިއަށް އާ ޓައިލްސް އާއި ޝޯޓްކަޓް:

ވޮޝިންޓަން ޑީސީ އަދި ސެން ފްރެންސިސްކޯ ބޭ އޭރިއާގައި ހުންނަ ވެއާ އޯއެސް ބޭނުންކުރާ ފަރާތްތަކަށް މިހާރު އެ މީހުންގެ ރައިޑްތަކަށް ފައިސާ ދައްކައި، ގޫގުލް ވޮލެޓް މެދުވެރިކޮށް ސްމާޓްރިޕް އަދި ކްލިޕާ ކާޑު ބޭނުން ކުރެވޭނެ އެވެ.

ގޫގުލް ކީޕަށް އާ ޓައިލް އަދި ވޮޗްފޭސް ޝޯޓްކަޓެއް ވެސް އަންނަނީ ލިބެމުންނެވެ.

ގެލަކްސީ ވޮޗް 4 ސީރީޒް އާއި ގެލެކްސީ ވޮޗް 5 ސީރީޒްއިން ވަރަށް އަވަހަށް މި އާ ފީޗާތައް ފެންނާނެ ކަމަށް އުންމީދު ކުރަމެވެ. ޖީބޯޑުން އަންނަނީ އެކުއެޓިކް ތީމްގެ އިމޯޖީތައް މެދުވެރިކޮށް އިތުރު އިމޯޖީ ކިޗަން އޮޕްޝަންތައް ވެސް ހޯދަމުންނެވެ.

4. ގޫގުލް ވަން މެދުވެރިކޮށް އޮންލައިން ސޭފްޓީ ފީޗާސް:

ގޫގުލް ވަންގެ މެމްބަރުންގެ އީމެއިލް އެކައުންޓް ޑާކް ވެބްއަށް އެކްސްޕޯސްކޮށްފައިވާ ނަމަ އެލާޓް ލިބޭނެ އެވެ. ގޫގުލް އިން އީމެއިލް އާއި އެއާ ގުޅުން ހުރި މައުލޫމާތުތައް ރައްކާތެރިކުރުމަށް ފިޔަވަޅުތަކެއް އަޅާނެ އެވެ.

މި ފީޗާގެ ސަބަބުން ތިބާގެ ސޯޝަލް ސެކިއުރިޓީ ނަމްބަރު ފަދަ އަމިއްލަ މައުލޫމާތު ޑާކް ވެބްގައި ލީކުވެފައިވާކަން އެނގޭނެ އެވެ. މިއީ އެމެރިކާގައި ލިބެން ހުރި ފީޗާއެއް ކަމަށްވާއިރު، ގޫގުލް އިން ބުނީ މި ފީޗާ ވަރަށް އަވަހަށް އިތުރު 20 ގައުމެއްގައި ނެރޭނެ ކަމަށެވެ.

މި މުހިންމު އާ ފީޗާތަކާއި ކުރިއެރުންތަކާއެކު ގޫގުލް އިން ވަނީ އެންޑްރޮއިޑް އަދި ވެއާ އޯއެސްގެ ތަޖުރިބާ އާ އުސްމިންތަކަކަށް މަތިކުރުމަށް ތައްޔާރުވެފަ އެވެ. އަލުން ޑިޒައިންކޮށްފައިވާ ޔޫޒަރ އިންޓަފޭސްއަކުން ފެށިގެން ކުރިއަރާފައިވާ ޕްރައިވެސީ އަދި ސެކިއުރިޓީ ފިޔަވަޅުތަކާ ހަމައަށް، ޔޫޒަރުންނަށް ކެތްމަދުވެފައި ހުންނަނީ މިއަށްވުރެ ސީމްލޭސް، އިންޓިއުޓިވް، އަދި ސެކިއުރިޓީ ތަޖުރިބާއަކަށެވެ.

އޭއައި އާއި ކްރޮސް ޕްލެޓްފޯމް ކެޕޭސިޓީތަކާއި ހެލްތު ޓްރެކިން ފީޗާސް ރަނގަޅު ކުރުމަކީ އެންމެ ޒަމާނީ ޓެކްނޮލޮޖީ ފޯރުކޮށްދިނުމަށް ގޫގުލްގެ ވައުދު އިތުރަށް ވަރުގަދަކޮށްދޭ ކަމެކެވެ.

މި އަޕްޑޭޓްތައް ތައާރަފްވަމުންދާއިރު، އެންޑްރޮއިޑް އަދި ވެއާ އޯއެސް ބޭނުންކުރާ ފަރާތްތަކަށް މިއަށްވުރެ އަދި މާ އުންމީދީ އަޕްޑޭޓްތަކެއް ވަރަށް ކައިރި މުސްތަޤްބަލެއްގައި ލިބޭނެކަމަށް ރިޕޯޓްތައް ބުނެއެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.