ދޮގު މަޢުލޫމާތުގެ ސަބަބުން ސައިންސަށް އާންމުންގެ އިތުބާރު ކުޑަވެ، ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކަލަކަށް ވަމުން އަންނަ ކަމަށް ސައިންސްވެރިން އިންޒާރު ދީފަ އެވެ. މި އިންޒާރު ދީ ސައިންސްވެރިން މަޝްވަރާކޮށް ވާހަކަދެއްކި ފޯރަމްގައި އެތަކެއް ކަންތައްތަކެއް އެމީހުންވަނީ ފާހަގަކޮށްފައެވެ.
މީގެ ތެރެއިން ފާހަގަކޮށްލެވޭ މައިގަނޑު ކަމަކީ ގިނަ ބަޔަކަށް ވެކްސިނާއި ބެހޭގޮތުންނާއި، މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭގޮތުން މަޢުލޫމާތު ލިބެނީ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ. ގިނަ ފަހަރަށް މި ބެލޭ މަޢުލޫމާތުތަކަކީ ސައްޙަ މަޢުލޫމާތަށް ނުވެއެވެ.
ދެން އޮތް ކަމަކީ، ސިޔާސީ ރޮނގުން ސައިންސްވެރިންގެ އިތުބާރުގެ ފަރަގު ކޮންމެ މުޖުތަމަޢުއެއްގައިވެސް ބޮޑުވެގެން ދިއުން ފާހަގަވުމެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ޕިއު ރިސާޗުން ކުރި ދިރާސާއެއްގައި، އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ 24 އިންސައްތަ މީހުން ބުނެފައި ވަނީ ސައިންޓިފިކް މައްސަލަތަކާއި ބެހޭ ގޮތުން ރަނގަޅު ސިޔާސަތުތަކެއް ނިންމުމުގައި އާންމުގޮތެއްގައި ސައިންޓިފިކް މާހިރުން އެހެން މީހުންނަށް ވުރެ ރަނގަޅު ކަމަށް އެމީހުން ދެކެއެވެ.
މިއީ ޑިމޮކްރެޓިކް މީހުންގެ 55 ޕަސެންޓް މީހުންނާ އަޅާ ބަލާއިރު ބެލެވޭ އިންސައްތަ ކަމަށެވެ.
ނޮބެލް ފައުންޑޭޝަނާއި ނޭޝަނަލް އެކަޑަމީ އޮފް ސައިންސަސް ގުޅިގެން މި ހަފުތާގައި ވޮޝިންޓަން ޑީސީގައި ބޭއްވި ތިން ދުވަހުގެ މިބައްދަލުވުމުގެ މައިގަނޑު އަމާޒަކީ، ޖެނެރޭޓިވް އޭއައިގެ އިތުރު ބާރާއެކު، މި އިންޓަސެކްޓިން ޓްރެންޑްތަކުގެ ސަބަބުތަކާއި އަސަރުތައް ހޯދުމެވެ.
މި މަޝްވަރާގެ ތަފްސީލަށް ބަލާލާއިރު:
މި ވާހަކަތަކުގައި ބައިވެރިވި ގިނަ މީހުންގެ ސަމާލުކަން ދެވިފައިވަނީ ދުނިޔޭގެ އިޤްތިޞާދުގައި ބޭނުންކުރަމުންދާ ވިޔަފާރީގެ އުސޫލުތަކާއި މޮޑެލްތައް ކޮންމެ އިންސާނެއްގެ ބޭނުންތަކާއި އަރާހަމަކުރަނީ ކިހިނެއްތޯއާއި މިފަދަ ކަންތައްތަކުގެ ސަބަބުން ދޮގު މަޢުލޫމާތުގެ ވެއްޓެން އުފެދިގެންދަނީ ކިހިނެއްތޯ ބެލުމަށެވެ.
- ޔޭލް ޔުނިވާސިޓީގެ ބިހޭވިއަރަލް ސައިންޓިސްޓެއް ކަމުގައިވާ ގިޒެމް ސީލަން ވިދާޅުވީ "މައްސަލައަކީ މީހުންނެއް ނޫނެވެ، މައްސަލައަކީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި މީހުންނަށް ރިވާޑް ދޭ ގޮތެވެ.
- މި އަހަރު ޝާއިއުކުރި ދިރާސާއެއްގައި ސީލަން އަށް ފެނުނީ އޮންލައިންކޮށް ހިއްސާކުރުމުގެ ސަބަބުން މީހުންގެ އުޅުމަށް ހިތްވަރު ލިބޭ ވަރަށް ވުރެ ބޮޑަށް މީހުންގެ އުޅުމަށް މަގުފަހިކޮށްދޭ އާދަތައް އޮންލައިންކޮށް ހިއްސާކުރުމުން ލިބޭ އިނާމުތަކެވެ. މިސާލަކަށް އާދަޔާ ހިލާފު ޚަބަރު ތައް ހިއްސާކުރާ މީހުންގެ ތެރެއިން އެންމެ މަތީ 15 އިންސައްތަ މީހުން ނަކީ ދިރާސާގައި ހިއްސާކޮށްފައިވާ ދޮގު ޚަބަރުތަކުގެ 30 އިންސައްތައާއި 40 އިންސައްތައާ ދެމެދުގެ ޢަދަދެއްގެ ޚަބަރުތައް ފެތުރި މީހުންނެވެ.
- މީގެ ކުރިން ކުރި ދިރާސާތަކުން ދައްކާ ގޮތުގައި ޓްވިޓާގައި ދޮގު މަޢުލޫމާތު ފެތުރުމާއި ދޮގު މަޢުލޫމާތު ފެތުރުމަށް މަގުފަހިވާ ގޮތަށް އާ މަޢުލޫމާތެއް ގެނައުމަށް މީހުން އެދޭ ކަމަށް ބެލެވެ އެވެ.
- ސީލަން އާއި އޭނާގެ އެހީތެރިން ބުނަނީ "ސައްހަ މައުލޫމާތު ހިއްސާކުރުމުގެ އާދަތައް ބިނާކުރުމަށް ސޯޝަލް މީޑިއާ ސައިޓްތައް ރީސްޓްރަކްޗާ ކުރެވިދާނެ" ކަމަށެވެ.
ސައްހަ މައުލޫމާތު ފޯރުކޮށްދިނުމުން ނުފުދޭ ކަމަށް ވާހަކަ ދެއްކެވި ބައެއް ބައިވެރިން ފާހަގަކުރެއްވި އެވެ.
- "މިއަދު އަޅުގަނޑުމެންގެ މަޢުލޫމާތުގެ މައްސަލަތަކަކީ ހަމައެކަނި ޓެކްނޮލޮޖީގެ މައްސަލަތަކެއް ނޫން. އަޅުގަނޑުމެންގެ ޑިޖިޓަލް ސްޕޭސްތަކަށް ގެއްލުންހުރި ނަސްލީ ތަފާތުކުރުންތަކާއި މަޢުލޫމާތުތައް ފެކްޓް ޗެކްކޮށް ނުވަތަ އިނޮވޭޓް ކޮށް، ނުވަތަ ފުލުހުންގެ ބެލުމުގެ ދަށަށް ނުގެންދެވޭނެ" ޔުނިވާސިޓީ އޮފް އިލިނޮއިސް އަރުބާނާ-ޗެމްޕެއިންގެ މީޑިއާ ސްޓަޑީޒްގެ ޕްރޮފެސަރެއް ކަމަށްވާ ރެޗެލް ކުއޯ ވިދާޅުވި އެވެ.
- އިޖުތިމާއީ، އިގްތިސާދީ އަދި ސިޔާސީ ނިޒާމުތަކާއި އޮނިގަނޑުތަކުގައި އަބަދުވެސް މައުލޫމާތު ބަނދެފައި އޮންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި މިފަހަކަށް އައިސް މުޖުތަމައުއަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން އިތުބާރު ހުރި މައުލޫމާތުގެ ވަސީލަތްތައް ހޯދުމަކީ އުނދަގޫ ކަމެއް ކަމަށް ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ޕޮލިޓިކަލް ސައިންސްގެ ޕްރޮފެސަރެއް ކަމަށްވާ ހާހްރީ ހާން ވިދާޅުވި އެވެ.
- އިޖުތިމާއީ ގުޅުންތަކަށް ވުރެ އިޖުތިމާއީ މުޢާމަލާތްތައް މިހާރު ގިނަ ކަމަށާއި އަޅުގަނޑުމެންގެ މެދުގައި އޮންނަ ގުޅުންތަކަކީ ޓްރާންސެކްޝަނަލް ގުޅުންތަކަކަށް ވުމުގެ ފުރުސަތު ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެއީ ހަގީގީ އިޖުތިމާއީ ގުޅުންތަކަކަށް ވާނަމަ ސިވިކް އިންފްރާސްޓްރަކްޗާ ރޫޅިގެން ދިއުމުގެ ސަބަބުން އަޅުގަނޑުމެން ކަހަލަ މީހުންނާ އެކު ތިބުމުގެ ފުރުސަތު ބޮޑެވެ. އެއީ "ދޮގު މައުލޫމާތު ވަށައިގެން ބައުންސް ވެދާނެ އިކޯ ޗެމްބަރުތަކަށް" ތެޔޮ އެޅުން ކަހަލަ ކަމެކެވެ.
- ހާން ވަނީ އެމެރިކާގެ އެންމެ ބޮޑު އެއް މެގަ ޗާޗަކާއިއެކު ދިރާސާތަކެއް ކޮށް، ޗާޗުގެ މޮޓޯގެ ބޭނުން ހިފަން ޖެހޭނީ "ގަބޫލުކުރުމުގެ ކުރިން" ކަމަށް ބުނެ ، "އަހަރެމެން ދިރިއުޅޭ އިޖުތިމާއީ ތަންތަނުގައި" މީހުންނާ ގުޅުން ބަދަހިކުރަން ޖެހޭ ކަމަށް ބުނެފަ އެވެ.
- "ދޮގު މައުލޫމާތުތަކާ ދެކޮޅަށް ވިސްނާއިރު، ހަމައެކަނި ވާހަކަތަކާއި ވިސްނުންތަކުގެ އިތުރުން މައުލޫމާތާއި މުއާމަލާތް ކުރާ ގޮތުގެ މައްޗަށް ބިނާވެފައިވާ އިޖުތިމާއީ އިންފްރާސްޓްރަކްޗާއަށް ވެސް އެޑްރެސް ކުރަން ޖެހޭ،" ހާން ވިދާޅުވި އެވެ.
ގިނަ ސައިންސްވެރިން ވަނީ ޕީއާ ރިވިއު އަކީ މައުލޫމާތު ބެލުމުގެ އަމިއްލަ ޕްރޮސެސްއެއްގެ ގޮތުގައި ބުނެ އެ ޕޮއިންޓުގައި ހިފަހައްޓައިފައެވެ.
- ނަމަވެސް ސައިންޓިފިކް އެންޓަޕްރައިޒަކީ ސައިންސްވެރިންނަށް ޝާއިއުކުރުމަށް ލިބޭ އިނާޔަތްތަކާއި، ކިޔުންތެރިން ޝައުގުވެރިކުރުވުމަށް ޖާނަލްތަކަށް ލިބޭ އިނާޔަތްތަކާއި، ޖާރގަން އާއި ސައިންޓިފިކް ޕަބްލިޝިންގގެ އެހެނިހެން ސިފަތައް ވެސް ދޮގު މައުލޫމާތު ފެތުރުމަށް މަގުފަހިކޮށްދޭ ކަމެކެވެ.
މި ބައްދަލުވުމުގައި، ގާތްގަނޑަކަށް 600 ވަރަކަށް ޕީއާ ރިވިއުކޮށްފައިވާ ދިރާސާތައް ބަލައި، ސައިންޓިފިކް އެވިޑެންސް އިން ކޮންޓެންޓް ލޭބަލް ކުރުމަށް (ފެކްޓް ޗެކިން، ފަންޑިން އަދި ކޮންޓެކްޓް ފޯރުކޮށްދޭ އެހެނިހެން މަޢުލޫމާތުތަކާއި ބެހޭ ގޮތުން ޓެގް ކުރުން) އަދި ސޯޝަލް މީޑިއާގައި މަޢުލޫމާތު އެސެސް ކުރުމަށް އެހީތެރިވުމުގެ ގޮތުން ކަރެކްޝަންސް ޕަބްލިޝް ކުރުމަށް ސައިންޓިފިކް އެވިޑެންސް ސަޕޯޓްކުރާ ކަން ވަނީ ފާހަގަކޮށްފަ އެވެ. ކޮންޓެންޓް މޮޑަރޭޓް ކުރުމާ މެދު ސައިންޓިފިކް އިއްތިފާގެއް މަދުވި އެވެ.
އަދި ދޮގު މަޢުލޫމާތު ދިރާސާކުރާ ޢިލްމުވެރިންނަށް ބައެއް ރިކޮމެންޑޭޝަންތައް ހުށަހެޅުއްވި އިރު، އޭގެ ތެރޭގައި އޮޅުވާލާ މަޢުލޫމާތުގެ މާނަތައް ސްޓޭންޑަރައިޒް ކުރުމާއި އިނގިރޭސި ނޫން ބަހުގެ ވަސީލަތްތައް އެނަލައިޒްކުރުން ހިމެނެއެވެ.
އައި.ޕީ.އައި.އީގެ (އިންޓަނޭޝަނަލް ޕެނަލް އޮން ދަ އިންފޮމޭޝަން އެންވަޔަރަމެންޓް) އެގްޒެކެޓިވް ޑައިރެކްޓަރު ޝެލްޑަން ހިމެލްފާބް ވިދާޅުވި ގޮތުގައި ދޮގު މައުލޫމާތު "މި މަސައްކަތްތައް މިހާ ހިސާބަށް ގޮސްފައި މިވަނީ، މިއީ ހަލުވިކަމާއެކު ދުނިޔެއަށް އޮތް ނުރައްކަލަކަށް ވަމުން އަންނާތީވެއެވެ.
ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.