އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަށް ބަރޯސާވާ ޗެޓްބޮޓް ފީޗާއެއްގެ މަސައްކަތް އިންސްޓަގްރާމުން ކުރަން ފަށައިފިއެވެ. މެޓާ ދަށުން ހިންގާ އިމޭޖް އެންޑް ވީޑިއޯ ޝެއާކުރާ ޕްލެޓްފޯމްގައި ސުވާލުތަކަށް ޖަވާބު ދިނުމާއި ނަސޭހަތް ދިނުމާއި މެސެޖް ކޮމްޕޯޒް ކުރެވޭނެ އޭއައި އެޖެންޓުންނާ ގުޅެވޭނެ ފީޗާއެއް ތަރައްގީ ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އިންސްޓަގްރާމްގައި މި އޭއައި ޗެޓްބޮޓްތަކާ މުއާމަލާތް ކުރާއިރު ތަފާތު "ޝަހުސިއްޔަތުން" އިހްތިޔާރު ކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެ އެވެ.
ޑިވެލޮޕަރު އަދި ޓިޕްސްޓާ އެލެސެންޑްރޯ ޕަލޫޒީ (ޓްވިޓާ: @alex193a) ހިއްސާކުރި ތަފްސީލުތަކަށް ބަލާއިރު އިންސްޓަގްރާމުން އަންނަނީ އޭއައި އެޖެންޓުންނާއި "ސުވާލުތަކަށް ޖަވާބުދީ ނަސޭހަތް ދޭނެ" ޗެޓްބޮޓްތައް އިތުރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި ޗެޓްބޮޓްތަކަކީ ޗެޓްތަކުގެ ތެރެއިން އެކްސެސް ކުރެވޭ ޗެޓްބޮޓްތަކަކަށް ވާއިރު، ވާހަކަ ދެއްކުމުގައި ދެ ބައިވެރިންނަށް ވެސް އެ ޗެޓްބޮޓްތަކަށް އެކްސެސް ލިބެން ހުންނާނެ ކަމަށް ބެލެވެއެވެ.
ޕަލޫޒީ ވަނީ އައިއޯއެސްގައި ވާ ރިވާސް އިންޖިނިއަރިން އެޕްލިކޭޝަން މެދުވެރިކޮށް ހޯދާފައިވާ ކަމަށް ބެލެވޭ ފީޗާއަށް ޕޮޕްއަޕް ކާޑުގެ ސްކްރީން ޝޮޓެއް ހިއްސާކޮށްފަ އެވެ. "ޗެޓް ވިތް އޭން އޭއައި" ފީޗާގެ ސަބަބުން ސުވާލުތަކަށް ޖަވާބު ދީ ނަސޭހަތް ދޭނެ ކަމަށް އެ ކާޑުން އެނގެއެވެ.
މި ފީޗާތަކުގެ އިތުރުން އޭއައި ފީޗާއަކާ އެކު ޗެޓް މެދުވެރިކޮށް މެސެޖުތައް ކޮމްޕޯޒް ކުރުމުގައި އެހީތެރިކަން ލިބިގެންދާނެ ކަމަށާއި، ޖެނެރޭޓިވް އޭއައި ޓޫލެއްގެ ގޮތުގައި މަސައްކަތް ކުރާނެ ކަމަށް ވެސް ބެލެވެއެވެ. ނަމަވެސް މެސެޖުތައް ލިޔުމަށް އެހީތެރިވެދޭ މި ފީޗާ މަސައްކަތް ކުރާނެ ގޮތުގެ ތަފްސީލެއް ޕަލޫޒީ ހިއްސާކޮށްފައެއް ނުވެއެވެ.
ޑިވެލޮޕަރު ހިއްސާކުރި ދެވަނަ ސްކްރީންޝޮޓަކުން ފެންނަނީ އިންސްޓަގްރާމް ޗެޓް ވިންޑޯއެއްއެކެވެ. އާ @ai ކޮމާންޑެއް (މެޖިކް ވޮންޑް އައިކަންއަކާ އެކު) ai_meta ނަމަކަށް ކިޔާ ޗެޓްބޮޓެއް ފެންނެއެވެ.
އިންސްޓަގްރާމާއި މެޓާ އިން މި ޕްލެޓްފޯމްގައި އޭއައި ޗެޓްބޮޓްތަކަށް ސަޕޯޓް ދޭން ނިންމާފައިވާ ކަން އަދި އިއުލާން ނުކުރާ އިރު، މި ފީޗާ ތައާރަފް ކުރާނީ ކޮން އިރަކު ކަމެއް އަދި ނޭނގެއެވެ. ރިލީޒް ނުކުރާ އެހެން ފީޗާތަކެކޭ އެއްފަދައިން، ބައެއް ބަދަލުތަކާއެކު ރިލީޒްކުރާނެއެވެ.
ޑިވެލޮޕާރ