ލީން ސްޓާޓްއަޕް މޯލްޑިވްސްގައި ބައިވެރިވުމަށް ހުޅުވާލައިފި

ސައިބަރޓެގް 07 ޖުލައި 2023

ދިރާގާއި ސްޕާރކްހަބް ގުޅިގެން ބާއްވާ ލީން ސްޓާޓްއަޕް މޯލްޑިވްސް 2023 ގައި ރަޖިސްޓްރީވުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. މި ވަރކްޝޮޕް ބޭއްވުމަށް ހަމަޖެހިފައިވަނީ 14 ން 16 ޖުލައި 2023ގެ ނިޔަލަށެވެ.

ލީން ސްޓާޓްއަޕް މޯލްޑިވްސް އަކީ އުއްމީދީ ވިޔަފާރިވެރިންނާއި އިނޮވޭޓަރުންނަށް ސްޓާރޓްއަޕްތައް ބިނާކުރުމަށް ނުވަތަ އީޖާދު ކުރުމަށް ބޭނުންވާ ޢިލްމާއި ވަސީލަތްތަކާއި ވިސްނުމަށް އަހުލުވެރިކުރުމަށް ފަރުމާކޮށްފައިވާ އިންޓެންސިވް ސްޓާރޓްއަޕް ބޫޓްކޭމްޕެކެވެ. މި ވަރކްޝޮޕަކީ 'ލީން ސްޓާޓްއަޕް' މެތަޑޯލޮޖީގެ މައްޗަށް ބިނާކޮށް ފަރުމާކުރެވިފައިވާ ވަރކްޝޮޕެކެވެ.

3 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ބޫޓްކޭމްޕްގެ ތެރޭގައި ލީން ސްޓާޓްއަޕް ކެންވަސް ބޭނުންކޮށްގެން ވިޔަފާރީގެ ޚިޔާލުތައް ތަރައްޤީކޮށް އިތުރަށް ފުރިހަމަ ކުރުމަށް އަމަލީ ހަރަކާތްތަކާއި ގްރޫޕް ހަރަކާތްތަކާއި ތަޖުރިބާކާރުންގެ ސެޝަންތައް ބައިވެރިންނަށް ކިޔައިދޭނެއެވެ. މީގެ އިތުރުން ދެމެހެއްޓެނިވި ވިޔަފާރިއެއް ބިނާކުރުމަށްޓަކައި އިނގެން ޖެހޭ އަސާސީ ކަންތައްތަކާއި ކަސްޓަމަރުން ދެނެގަނެ ހޯދުމުގެ މަރުހަލާއާއި ބެހޭ އެކި ވަސީލަތްތަކާއި އުކުޅުތައްވެސް ބައިވެރިންނަށް މި ވަރކްޝޮޕްއިން އިނގިގެންދާނެއެވެ.

ލީން ސްޓާޓްއަޕް މޯލްޑިވްސް 2023ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މި ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ: https://www.sparkhub.mv/events/lsm-2023

ދިރާގާއި ސްޕާކްހަބް ގުޅިގެން ލޯކަލް ސްޓާޓްޕް ކަލްޗަރ ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، ސްޓާޓްއަޕް އިކޯސިސްޓަމް ރާއްޖޭގައި ގާއިމުކުރުމަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ދިރާގުން ބުނެއެވެ.


ސައިބަރޓެގް

ސައިބަރޓެގް

ޓެކްނޮލޮޖީ ދާއިރާގެ މަސައްކަތްތެރިއެއް. ޓެކޮނޮލޮޖީއިން ގެނުވާ ބައިބައިވުން ކުޑަކުރުމަށް މަސައްކަތްކުރަން.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.