ދުބާއީގައި އޭ.އައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ޒިބްރާ ކްރޮސް

ޝުޖާޢަތު ރަޝީދު 13 އޯގަސްޓު 2023

ދުބާއީގެ ސިލިކަން އޯސިސް (ޑީ.އެސް.އޯ) ގައި 14 ޒިބްރާ ކްރޮސްގައި އާޓިފިޝަލް އިންޓަލިޖަންސާއި މެޝިން ލާނިން ބޭނުންކުރަން ފަށައިފިއެވެ.

ދުބާއީ ސިލިކަން އޮއެސިސް އަކީ ދުނިޔޭގެ ފެންވަރުގައި ބަލައިގަނެފައިވާ ފްރީ ޒޯނެއްގެ އިތުރުން އިންޓަގްރޭޓެޑް ޓެކްނޮލޮޖީ ޕާކެކެވެ. ޒަމާނީ ޓެކްނޮލޮޖީ ބޭސްޑް އިންޑަސްޓްރީތަކާއި އާބަން މާސްޓަރ ޕްލޭންޑް ކޮމިއުނިޓީއެއް އައިކޮނިކް ލޮކޭޝަނެއްގައި ހޯސްޓްކުރާ ޑީއެސްއޯއިން އެންމެ ޒަމާނީ އިންފްރާސްޓްރަކްޗާ އާއި އިން ހައުސް ވިޔަފާރީގެ ހިދުމަތްތައް ފޯރުކޮށްދެ އެވެ.

މި ސަރަހައްދުގައި ހަރުކުރެވިފައިވާ ސިސްޓަމަކީ މަގުމަތީގައި ހިގާފައި އުޅޭ މީހުންނަށް މަގުމަތީގެ ނުރައްކާތަކުން ސަލާމަތްވުމަށް އިންޒާރު ފޯރުކޮށްދޭ ސިސްޓަމެކެވެ.

ޑާކްގެ ރިއަލް ޓައިމް ޕާސެޕްޝަން އެންޑް ކަނެކްޓިވިޓީ އޭ.އައި ޕްލެޓްފޯމަކީ މަގުމަތީގައި ހިނގާ މީހުންނާއި، ބައިސްކަލު ދުއްވާ މީހުން އަދި އެހެނިހެން އެހީތެރިކަން ބޭނުންވާ މީހުންނަށް ސައްހަކަމާއި އިތުބާރު ފޯރުކޮށްދޭ ސިސްޓަމެކެވެ.

ޑާކް އިންސައިޓް - ފޮޓޯ ވެބްސައިޓުން

ޕޭޓަންޓް ކުރެވިފައިވާ ބިހޭވިއާ މޮޑެލް ބޭނުންކޮށް މަގުމަތީގައި ހިނގާބިގާވެ އުޅޭ މީހުންނަށް މި ސިސްޓަމް މެދުވެރިކޮށް އެކި ކަހަލަ އިންޒާރުތައް ލައިޓްގެ އެހީގައި ފޯރުކޮށްދެއެވެ. މިސާލަކަށް ކުއްލިއަކަށް ދުއްވާފައި އަންނަ އެއްޗެއް ލައިޓް ހުއްޓިފައި ހުއްޓާ އައުން މިއީވެސް އިންޒާރެއް ގޮތުގައި މި ސިސްޓަމް މެދުވެރިކޮށް ފޯރުކޮށްދޭ ކަމެކެވެ.

މަގުމަތީގައި އުޅޭ މީހުންގެ އުޅުން އިތުރަށް ދަސްކުރުމަށް މި ސިސްޓަމުން ޑޭޓާ ނަގައި މަގުމަތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ބޭނުންވާ މުއައްސަސާތަކަށް މަޢުލޫމާތުވެސް ފޯރުކޮށްދެއެވެ.

ޑާކް އާއި ދުބާއީ އިންޓަގްރޭޓެޑް ޒޯންސް އޮތޯރިޓީ (ޑީ.އައި.އީ.ޒެޑް) އާއި މެދު ވެފައިވާ މި ގުޅުމަކީ ސްމާޓް ސިޓީ ސޮލިއުޝަންތައް ހޯދުމަށް ވެފައިވާ ގުޅުމެކެވެ.

ޑީ.އައި.އީ.ޒެޑް ގެ އިންޖިނިއަރިންގް އެންޑް ސަސްޓެއިނެބިލިޓީ ޗީފް އޮފިސަރ ވިދާޅުވެފައިވަނީ "މިއީ ދުބާއީގެ 2040 ވަނަ އަހަރުގެ އާބަން މާސްޓާ ޕްލޭނަށް މަސައްކަތްކުރުމަށް އެޅިފައިވާ ފުރަތަމަ ފިޔަވަޅެވެ. އަދި މިފަދަ ކަންތައްތަކުން އިނޮވޭޝަންއާއި ރައްކާތެރިކަމާއި ސަސްޓެއިނަބިލިޓީ ދައްކުވައިދޭނެ." ކަމަށެވެ.

މިއީ ދުބާއީގެ ސްމާޓް ސިޓީ އެޖެންޑާގެ ތެރެއިން އެ ޤަޢުމުގައި ދިރިއުޅޭ ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް އިންޓަލިޖަންޓް ދިރިއުޅުމާއި މަސައްކަތުގެ މާހައުލެއްވެސް ފޯރުކޮށްދިނުމަށް ފެށިފައިވާ މަސައްކަތް ކަމަށް ޗީފް އޮފިސާރ ހާމަކޮށްފައިވެއެވެ.

ދުބާއީގައި މި ތަޢާރަފްކޮށްފައިވާ ސިސްޓަމްގެ އެހީގައި އޭ.އައި އަލްގޯރިދަމްއިން ދުއްވާ އުޅަނދުތައް ދެނެގަނެ ޓްރެކް ކުރުމަށްފަހު ޒިބްރާ ކްރޮސްއަށް މީހަކު އަރާނަމަ ދެނެގަނެވޭނެއެވެ.

ކަނެކްޓެޑް އެންޑް އޮޓޯނޯމަސް ވެހިކަލްތަކަށް އެލާޓް - ޑާކް ސެންސް

މި ސިސްޓަމްގެ އަލްގޯރިދަމްއިން އެލާޓްތައް އެކްޓިވޭޓްކޮށް، ޑީއެކްޓިވޭޓްކޮށް އަދި އެލާޓްތަކުގެ ދިގުމިން ކަނޑައެޅޭނެއެވެ. މިއީ ހިނގާފައި އުޅޭ މީހުންގެ ރައްކާތެރިކަން ކަށަވަރުކޮށް މިފަދަ އޭރިއާތަކުގެ ޓްރެފިކް ބެލެހެއްޓުމަށް އިތުރު ލުޔަކަށް ވެގެންދާނެކަމެއް ކަމަށް ދުބާއީ އިންޓަގްރޭޓެޑް ޒޯންސް އޮތޯރިޓީ އިން ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން ފާހަގަކޮށްލެވެނީ މި ސިސްޓަމަކީ އަލްޓްރާ-ހައި ސްޕީޑްގެ ލޯ ލޭޓެންސީ 5ޖީ ކަނެކްށަނަކާއި އެކު އިމްޕްލިމެންޓް ކުރެވިފައިވާ ސިސްޓަމެކެވެ. މިއީ މެދުކެނޑުމެއްނެތި ކަނެކްޝަން ކަށަވަރުކޮށް ފުންމިނެއްގައި ޑޭޓާ ނެގުމަށެވެ. މި ސިސްޓަމްގެ މެއިންޓަނަންސާއި ކޮންފިގަރޭޝަން އަދި އޮފަރޭޝަންތައް ރިމޯޓްކޮށް ކުރެވެއެވެ.

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.