ވަޓްސްއެޕުން އޭއައި ޖެނެރޭޓޭޑް ސްޓިކާ ޓެސްޓްކުރަނީ

އަޙްމަދު ދާއޫދު 19 އޯގަސްޓު 2023

ވަޓްސްއެޕުން ބީޓާގައި ކަސްޓަމް އޭއައި ޖެނެރޭޓެޑް ސްޓިކާ ޓެސްޓްކުރަމުން ދާކަމަށް އޮންލައިން ރިޕޯޓްތައް ބުނެފިއެވެ.

ވަޓްސްއެޕުން އެންމެ ފަހުން ނެރުނު ބީޓާގައި މިދެންނެވި އޭއައި ފަންކްޝަން ހުރިކަމަށް ބައެއް މީހުންނަށް ފާހަގަކުރެވިފައިވާއިރު، އޭއައި ސްޓިކާ ޖެނެރޭޝަންގެ އާ ޓޫލެއް ވަނީ ތަޢާރަފްކޮށްފައެވެ. އެހެން މީހުންނާ ހިއްސާ ކުރުމަށް ކަސްޓަމް އިމޭޖްތައް ހެދުމުގެ ފުރުސަތު އެޓޫލްއިން ވަނީ ފަހިކޮށްދީފަ އެވެ.

ވަޓްސްއެޕްގެ އެންމެ ފަހުގެ ބީޓާ ވާޝަންގައި މިދެންނެވި އާ އޭއައި ޓޫލް އިމްޕްލިމެންޓް ކުރުމުގެ ޓެސްޓު ކުރިއަށްދާއިރު، އާ މެސެޖެއް ކޮމްޕޯޒް ކުރާއިރު ސްޓިކާ ޓެބްގެ ދަށުން އާ "ކްރިއޭޓް" ބަޓަނެއް ފެންނާނެއެވެ. އެގޮތުން ވަޓްސްއެޕްގެ އޭއައި މޮޑެލް އަށް ކްރިއޭޓިވް ޕްރޮމްޕްޓްތައް ޓައިޕްކޮށް ޗެޓް ކުރުމަށް ކަސްޓަމް ސްޓިކާ ހެދޭނެ ކީބޯޑެއްވެސް ހުޅުވިގެންދާނެ އެވެ.

ވަޓްސްއެޕް ބީޓާ އަކީ ގޫގުލް ޕްލޭ ސްޓޯރު ބީޓާ ޕްރޮގްރާމުގައި ތިބި މީހުންނަށް އެކަނި ހަދާފައިވާ ބީޓާއެއް ކަމަށްވާއިރު، އެއަށް ވުރެ އިތުރަށް ހީވަނީ އާ ބަދަލެއް ފެންނަނީ ވަކި ވަކި ބީޓާ ޓެސްޓަރުންނަށް އެކަނި ކަމަށެވެ. އެގޮތުން އާ އޭއައި ސްޓިކާ ބަޓަން އިތުރުކުރުމަކީ ވާޝަން 2.23.17.8 މެދުވެރިކޮށް ސާވާ ސައިޑް ޗޭންޖެއް ކަމަށް ބެލެވެ އެވެ.

ސްޓިކާ ހަދަން ހަގީގަތުގައި ވަޓްސްއެޕުން ބޭނުންކުރަނީ ކޮން ޖެނެރޭޓިވް އޭއައި ޓޫލެއް ކަމެއް އަދި ސާފެއް ނުވެ އެވެ. މި މޮޑެލް އަކީ މެޓާ އިން ސިއްރުވެރިކަމާއި އެކު އުފައްދާ މޮޑެލްއެއް ކަމަށް އެ ސޯސް އިން ބުނެ އެވެ.

ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އިމޭޖް ޖެނެރޭޝަން އޭއައި މޮޑެލްތައް ވަރަށް ގިނައިން އުފެދިފައިވާތަން އަޅުގަނޑުމެންނަށް ފެނުނު އިރު، އޭގެ ތެރޭގައި ކޮންމެ ސިފައެއްގައި ވެސް ޑީއެލް-އީ ހިމެނެ އެވެ.

ޑީއޭއެލް-އީ އަކީ ގުދުރަތީ ބަހުރުވައިން ފޯރުކޮށްދޭ ތަފްސީލަކުން ރިއަލިސްޓިކް ފޮޓޯތަކާއި އާޓް އުފައްދައިދޭ އޭއައި ސިސްޓަމެކެވެ.

އަލަށް ތަޢާރަފްކުރާ މި އައު ޚިދުމަތަށް ވަޓްސްއެޕުން ބޭނުންކުރަނީ ކޮން މޮޑެލްއެއްކަން ދެނެގަތުމަކީ ވަޓްސްއެޕް ބޭނުންކުރާ މީހުންނަށް މެސެޖިން އެޕްލިކޭޝަނުން ދޭ އެއްޗެއްގެ އުފެއްދުންތެރި ލިމިޓޭޝަންތައް ދެނެގަނެވޭނެ ކަމެކެވެ.

އެންމެ މޮޅު މޮޑެލްތަކަށް ވެސް ކްރިއޭޓިވް ހުރަސްތައް ހުރިއިރު، މި އަޕްޑޭޓް އަޅުގަނޑުމެންނާއި ހަމައަށް އަންނަންދެން ކެތްތެރިކަމާއެކު އިންތިޒާރުކޮށްލަމާ ހިންގަވާށެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.